ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ގެއަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން އަންނަ ކަމަށާއި އެމަނިކުފާނަށް ދެރަ ގޮތެއް ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ. އެމަނިކުފާނު ޖަލުގައި ހުންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ދަށުން ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ދާދި ފަހުން ވަނީ ހުކުމް ދަމަހައްޓައިފައެވެ.
އެހެންވެ، ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ޔާމީން ޖަލަށްލާފައި ނުހައްގު ހުކުމަކުންނެވެ. އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ކުރި ހުކުމެއް ނޫން ކަމަށާއި ޔާމީން މިހާރުން މިހާރަށް މިނިވަން ކުރަން ޖެހޭނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރެެއެވެ.
އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް ބޮޑު ތާއީދެއް ލިބުނީ ވެސް ރައްޔިތުން ޔާމީން މިނިވަން ކުރަން ބޭނުންވާތީއެވެ. އެހެންވެ، ރައްޔިތުންގެ ބަސް ސަރުކާރުން ގަބޫލު ކުރަން ޖެހޭ ކަމަށް އެ ފަރާތްތަކުން ދެކެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އެދި ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ސިޓީގައި ޔާމީންގެ ސިއްހީ ހާލުކޮޅު ގޯސްކަން ފާހަގަކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މީގެ ހަތަރު ދުވަސް ކުރިން ޕީޕީއެމް ލިޑަޝިޕްގެ ބައެއް ބޭފުޅުންނާ ބައްދަލު ކުރެއްވި ކަމަށް ރައީސް ވިދާޅުވީ އެ ބޭފުޅުންގެ ކަންބޮޑުވުމަކީ ރައީސް ޔާމީން ގެއަށް ބަދަލުނުކޮށް ލަސް ކުރަމުންދާތީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެކަމަކު، ޔާމީންގެ ފަރާތްޕުޅުން އެނގިވަޑައިގެންނެވި ގޮތުން އެމަނިކުފާނަށް ސިއްހީ މައްސަލައެއް ކުރިމަތިވެފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިކަމުގައި ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަކަށް ދެރަ ގޮތެއް ނުވާނެ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް، އެ މަނިކުފާނުގެ އާއިލާގެ ފަރާތުން ހޯމް މިނިސްޓްރީ އަށް ވަނީ ސިޓީއެއް ހުށަހަޅައިފައެވެ. އެކަމަކު، އެކަމާ ގުޅިގެން ހޯމް މިނިސްޓްރީން ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށްވެއެވެ.
ޔާމީން ޖަލަށްލާން ހުކުމް ކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މަނިކުފާނު ގެއަށް ބަދަލުކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެތައް ފަހަރަކު އެދުނު ނަމަވެސް ސަރުކާރުން ބޯލަނބާފައެއް ނުވެއެވެ.
ދާދި ފަހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ރައީސް ޔާމީނާއި ބައްދަލު ކުރައްވައި އެމަނިކުފާނުގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި، ރައީސް ޔާމީން އަބްދުލް ގައްޔޫމް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ސަރުކާރުން އެމަނިކުފާނަށް ހުށަހެޅި ކަމަށް "ވަގުތު"އަށް ވަނީ އެނގިފައެވެ. އެހެން ނަަމަވެސް ރައީސް ޔާމީން އެ ހުށަހެޅުން ގަބޫލުފުޅު ނުކުރައްވައެވެ.
ރައީސް ޔާމިނަށް ހަދައުފައި އެވަނީ ކަލޭމެން އެދޭ މޮޅުގޮތް، ދިވެހިންގެ ތަރައްގީގެ ރައީސް އަށް ކަލޭމެން ދީގެން އުޅެނީ ކޮންފަދަ ދެރަޔަކާއި ހިތާމައެއް. ޢެކަމަކު ކިތަމްމެ ދެރައެއްދޭން އުޅުނަސް އާހިރުގަ ކަލޭމެން ހީނުކުރާފަދަ މޮޅުގޮތް ވަމުންމިދަނީ އިދިކޮޅު މީހުންނަށް
މިއަނިޔާވެރި ވަގު ސަރުކާރަށް ރައްޔިޔުން އެވަނީ ވަރަށް ސާފުކޮށް ނޫނެކޭ ބުނެފަ މިނެގި ކައުންސިލް އިންތިޚާބުގައި!! މިއީ ދެބަސް ވެވޭނެ ކަމެއްނޫން!! އިދިކޮޅަށް ސަރުކާރުން ދިޔައީ އެތައްގޮތަކުން ދުއްޕާންކުރަމުން!! ކެމްޕޭން ކުރަން ހަމަހަމަ ފުރުސަތެއް ސަރުކާރުން އިދިކޮޅަށް ފަހިކޮށްނުދީ ސަރުކާރުންދިޔައީ މާކުރީއްސުރެ ކެމްޕޭންފަށާ ކުރިންވެސް ހެދިފަދަ އެތައް ދޮގުވަޢުދުތައްވަމުން! ރައްޔިތުންނަށް އެތައް ދޮގެއްހަދާ ރައްޔިތުން ވާ ވައްދައިގެން ރިޔާސީ އިންތިޚާބު ކާމިޔާބުކުރީ!! ހަމަ އެގޮތަށް ރައްޔިތުންގެ މަޖްލީހުގެ ސުޕަ މެޖޯރިޓީ ނެގީ!! ރައްޔިތުން ސަރުކާރާ މަޖްލިސްގެ ހުރިހާ ގޮނޑިތަކެއް އެމްޑީޕީއަށް ދިނީމާވެސް އެއްކަމެއްވެސް ނުކުރެވުނު!! ރައްޔިތުންގެ ޖީބުތައް ހުސްވެއްޖެ!! ކުރާނެ މަސައްކަތެއްނެތް!! ތަރައްގީއެއްނުފެނުނު!! ބެންކް އޮފް މޯލްޑިވެސްއިން ދީފައިވާ ކްރެޑިޓް ކާޑުތައް ވޮލެޓްގައި އޮންނަ ޕްލާސްޓިކް ކޮޅަކަށް ބަދަލުވެެއްޖެ!! އެކާޑް ބޭނުންކޮށްގެން އޮންލައިންކޮށް ޓިކެޓެއް ނަގާނުލެވޭ!! ބޭރުގެ ހޮޓަލެއްގެ ކޮޓަރި ބުކްކޮށް ނުލެވޭ!! މަހަކު ނެގެނީ 250 ޑޮލަރު!! މިއީ ވެސް ގިނަ ރައްޔިތުންނަށް ލިބުނު ބޮޑުތަކުލީފެއް!! ޔާމީންގެ ސަރުކާރުގައި މިކަން އޮތްގޮތެއްނޫން މިއީ! މުޅި ގައުމުގެ އިގުތިސޯދު މިސަރުކާރުން ފުނޑާލައިފި!! ވައްކަން ކުރަނީ އިންތިހާއަށް!! ރައްޔިތުންގެ ނޭވާހޮޅިންވެސް ކުރީ ބޮޑު ވައްކަމެއް އެއީ ވެންޓިލޭޓަރުގެ ވައްކަން! އިންޑިޔާއާއެކު އަޑިނޭގޭ އަދި ގާނޫނާ ޚިލާފު އެއްބަސްވުންތައް ހަދާ އެމީހުންދިން ރިޝްވަރުގެ ފައިސާގައިވެސް ވަނީ މިސަރުކާރުގެ އިސް މަދު ބަޔަކު ވަނީ ހިފާފަ!! މިނިވަންކަމާ އިސްތިގުލާލު ފުނޑާލައިފި!! ޔާމީންގެ ސަރުކާރުން ރައްޔިތުންގެ ބޯހިޔާވަހިކަން ފަހިކޮށްދިބުނަށް ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކާ އެޅި 7000 ފުލެޓުންވެސް މިސަރުކަރުން ކުރީ ވައްކަން!! ޙައްގުވެރިން އަތުން ފޭރިގަތީ!! އެތަން ނުނިންމާ އެއުޅެނީ މިނާގާބިލް ސަރުކާރުން ބޮޑު އަގުގަ ރައްޔިތުން އެތަނަށް ވައްދަން!! ރައްޔިތުން އެބަޖެހޭ މިސަރުކާރު ބަދަލުކުރަން!! މިއީ ނާގާބިލް ސަރުކާރެއް!! ވައްކަމާ ކޮރަޕްޝަނާ އަނިޔާވެރި ސަރިކާރެއް!! ޖޭއެސްސީއޭ ކިޔާ އެމްޑީޕީގެ ގޮތްޕަކުން އެގެންދަނީ ކޯޓްތައް މެދުވެރިކޮށް ރައިސް ޔާމީނަށާ އިދިކޮޅަށް އަނިޔާވެރިވަމުން!! އެކަން އެނގޭނެ އެމްއެމްޕީއާރުސީގެ މައްސަލަ ހިނގާ ދިޔަގޮތާ އެކަމުގައި ބައިވެރިވި ފަރާތްތަކާ ދޭތެރޭ ޢަމަލުކުރާ ގޮތުންވެސް!! 2023 ގައި މިސަރުކާރު ބޭރުކޮށްގެން މެނުވީ ރާއްޖެއަށް ހަމަޖެހުމެއް، ތަރައްގީއެއް، މިނިވަންކަމެއް އަދި ރައްޔިތުންނަށް އުފާ ފާގަތިކަމެއްވެސް ނުލިބޭނެ!!
ކޮން މޮޅެއްވީ؟ އެހެން ނޫނަސް އުލު ބައިންދާންވެފަ ހުރި މީހެއް ޔާމީނަކީ. އޭނަ އެހެން މީހުން ބޭއްވީ ސިމެންތި އަށީގަ. އިބޫ ރަނގަޅު އޭނަޔަށް ގޮތެއް ނަހަދާކަން. އިބޫއަށް ޔާމީނު ޖަލުގަ ކަންކުރި ގޮތް ޔާމީނު ގާތު އަހައިބަލަ. އެހެންވެ ބުނަނީ އަބަދު ބާރަކު ނޫޅެވޭނެޔޭ. ޔާމީނު ހީކުރީ 1000 އަހަރު އަދީބު ލައިގެން ވެރިކަމުގަ ހުރެ ވައްކަން ކުރެވޭނެ ކަމަށް.
ކަލޭ ހުރޭ ބަލަން!! އިރާދަކުރެއްވިއްޔާ މިނާގާބިލް ވަގު އަދި އަނިޔާވެރި ސަރުކާރު އުލު ބައިންދާނެ!! ކަލެއަށް ފެންނާނެ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި މިސަތުކާރު އުލު ބައިންދާނެ މިރާއްޖޭގެ ރައްޔިތުން!!
އަދިވެސް ހަޖަމެއް ނުވޭ މީއްޗެހިތަކަށް
އަންނި ބުނި އަދީބަކީ ޔާމީނު ސަރުކާރުގަ އަންނި އެޅުވި ފަންޏެކޭ އޭގެ ހެކިތަކެއްވެސް އެބަހުރި އެއީ، ބޮންގޮއްވާ ޔާމީނު މަރާލަން އުޅުން އެހެންވެ ގަބޫލް ކުރެވެނީ ޔާމީނު ބޮލުގަ އަޅުވަން އަދީބާއި ޒިއަތު ކޮއްގެން އުޅޭ ކަމެކޭ
އުއްމީދަކީ ތަރއްގީގެރައީސް މިހާރު މިނިވައްވުން ދެރަގޮތެއްނުވާނެއެކޭނޫން ވިދާޅުވަންވީ ކޮބާތޯ ދެރަގޮތެއްްނުވުމަކީ އަނިޔާވެރިކަމުގަ އެމަނިކުފާނު ޖަލުގަ ހުންނަވާތާ ދޮޅުއަނހަރުވީ
ޔާނުއަށް ތިދެނީހުސްއަނިޔާ ، ޔާނުއާއިއެކު ވައްކަންކުރިއެންމެން މިނިވަނުންގެގޮތުގައި ހުއްޓުމެއްނެތި ފަސާދަކުރަން . ދެންތިބިވަގުން ޖަލަށްނުލަންޏާ ޔާނުދޫކޮށްލާ . އަދި އަބުރުވެރި ރައިއްޔަތުން ޖަލައްލާ.
މީނަކިޔަނެ ދެރެގޮތެއްނޫނޭހަދަނީ އެއީވެސްދޮގެއް ހަދަނީ ދެރަގޮތެއް ނޫނިއްޔާ ވަގުތުން މިހާރުން މިހާރަށް ޔާމީނު ދޫކޮށްލީސް. އެއީ ކުއްވެރިއެއްނޫން އެއީ ރައްޔިތުންލޯބިވާ ވެރިއެއް
ޔަގީން އަނެއް ޙުކުމް ތައްޔާރު ކޮއް ނިއްމީ ތި. ޢެހާފަސޭހައިން ތި ހެން ތި ބުނިީ
މަނިކުފާނު ޖަލަށްލައި ފިއްޔާ އެއީ މަނިކުފާނަށް ލިބުނު އެންމެމޮޅުކަންތައްކަމުގައި ބުނާނަންތޯ؟
ޔާމިނުގެއަށްބަދަލުކުރަންޏާއާއިލާއިންއެދުނީމަކޮންމެކުއްވެރިއަކުވެސްގެއަށްބަދަލުކުރަންޖެހޭނީޖަލުގައެއްވެސްކުއްވެރިއަކުއޭރުންނުހުންނާނެ
ކަލޭއަކީ އަނގަފޮޑިއެއް މަޑުންހުންނަ ގުރާ ބާރަށް ދައިގަންނާނެއޭބުނެއެއްނު މީނަވެސް މީ ވަރަށް ނުލަފާމީހެއް
ރައީސްޔާމީން ދޫ ކޮއްލާ އެއަށްވުރެ ބޮޑެތި ކުއްވެރިން ތިބީގޭގަ
ޔާމީނު ވީ އުމުރަށް ޖަލުގަ ބަހައްޓަން
ގފ ކަލެޔާ، ކަލޭގެ އާއިލާވެސް ބަހައްޓަންވީ ޖަލުގަ.
ﷲ ގެ ރަޙުމަތް ފުޅުން ރައީސް ޔާމީން އަށް ދެރަގޮތެއް ނުވެސް ހެދޭނެ އިންޝާ ﷲ.
އަދި ކިރިޔާދޯ ކަލާންގެ މަތިން ހަދާންވީ. އިންތިހާބު ކަހީނުން ބުނިގޮތައް ނުދިޔާމަ. ކަހީނުންކޮޅު ބަލިއެދުގަ އޮތީމަ. ތީވާނެގޮތް
ގެޔަށް ބަދަލުކުރުމުގެ ހިތްވަރެއް މިސަރުކަަރަކު ނެތް. ތިހުރީ އިންޑިއާގެ ހުއްދައިގެ އިންތިޒާރުގަ. ފަޅާފަވެސް ޕީޕީއެމް ފަހުލަވާލުން ރ.ޔާމިންް ނެރޭނެ.
ލަދެެއްވެސްް ނުގަނޭތޯ. މުޅި ރާއްޖޭގެ 65% ބުނީ ޖަލުން ދޫކުރާށޭ. ބަރުމާގެ ސަރުކާރާއި އެއްފަދަ . ޚޮދު މުޚުތާރު ސަރުކާރު.
65% ނަމަ ދެން ތިބި މީހުންނަށް ލިބުނީ ކިހާ ވަރެއް. މިހެން މިބުނީ އަހަރެމެން ހިސާބުގަ އެންމެ އާންމުކޮށް %100 ބޮޑު އަދަދަކަށް ބަލާތީ. ތީ އަދުރޭ ދޯ އެހެން ނަމެއްގަ ކޮމެންޓު ތިކުރަނީ
ސަރުކާރަށް މަޖްބޫރު ވާނެ ދެން ތިކަން ކުރަން...ރައްޔިތުން ޔާމީން ބޭނުންވާކަން ވޯޓްއިން އެ ބުނެދިނީ
އިބުރާހީމާއި ، މުހައްމަދާއި، އަބުދުއްﷲ، ވެސް ހަމަ އެގޮޅީގައި އޮންނަން ޖެހިދާނެ..އެންމެނެއް އަބަދަ ކު ވެރި ކަމުގަ ތިބޭނެ ކަމަށް އަޅުގަޑުމެން ހަމައިގަ ތިބޭމީހުން ދެ ކިގެނެއް ނުވާނެ..
ދެރައެއް ދެވޭނީ މީހަކައް ދެން މިވަރަށް ދެ ރަމްލޯމަސް އެމަނިކުފާނު ޖަލުގަ#
ދެރަ ގޮތެއް ވެއްޖެއްޔާ ވެރިކަން ވަގުތުން ނިމޭނެ
އެހެންވިއްޔާ އެފަދަ އުފާވެރި ތަނަކަށް މަނިކުފާނުވެސް ޢާއިލާއާއި ވަކިން ވަޑައިނުގަނެ ތިޔަ ހުންނަވަނީ ކިއެއްވެތޯ.
އުފަލުން ފޮޅޭގޮތް ބައްލަވަން ކޮންމެހެންވެސް ވަޑައިގަންނަވަންވާނެ
ބަހާއި ޢަމަލު ދިމާނުވޭ . ކަމެއް ރަނގަޅުކުރަން އުޅެންޏާ މަޤާމު ދޭނީ ރަނގަޅު މީހުންނަށް.
ޙާމިދުއަށް މަޤާމު ދިނުން މީ ލަދުވެތިކަމެއް.
މިކަހަލަ ކިތައްމެ ކަމެއް.
ދެރަގޮތެއް ނުވާންނުން ބަންދުކޮއްފައި ތިބަހައްޓަނީ ދެންކުރެވޭނެކަމަކީވެސް މިރޯދަމަހުގައި ރަގަޅައް ކާންދިނުން ، މިހާރުވެސް ޖަލުގައި އެހުންނެވީ ނުބައި އެއްޗެއް ކެވިގެން
ޔާމީނު ބޭރަށްފޮނުވަން އިމްރާނު ހާދަވަރެއް އެބަހުއްޓޭ . ޢިމްރާނުގެ މަގާމު ޔަނީނުބއަތުލަފާނެތީ ބިރުން އުޅޭހެން ހީވަނީ. ގެޔަށް ބަދަލުކުރަން އެދޭއިރަށް މީނަ މިބޭނުންވަނީ ޔާމީނު ބޭރަށްފޮނުވަން އަޖައިބެއް .
ކޮން ދެރަގޮތެއް ނުހަދާކައް މިހާރުން މިހާރައް ދޫކޮއްލާ ރައްޔިތުން ތި ސަރުކާރައް އެއޮތީ ނޫނެކޭ ބުނެ ފަ ތީ ތިތާ ބަހައްޓާ ފަ ހުރި ފައިބަރު މޮނިއުމެންޓެއް...
ހޭބަަލިވެދާނެ... އަލަކުންވާނެ ދެރަގޮތެއް ނޭންގެ. ދެރަގޮތރއްނުވާނެޔޯ..... ޕޮހް... ﷲއިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވެސްހެދޭނެ. އިދިކޮޅު ލީޑަރު ޖަލުގަ ބޭއްވީމަ ރައްޔިތުން ފިލާވަޅެއް ދީފިއެއްނު ޕޮހް ޕޮހް
ކޮވިޑް ވަގު إِنْ شَاءَ ٱللَّٰهُ, ދިގުމުއްދަތަކަށް ޖަލައްލާ ނެތަން ދެކޭނެ.
ސާބިތު ކަންމަތީ އިސްލާމްދީނުގެ ދިފަޢުގައި ހުންމެވި އެއްވެސް މީހަކަށް މާތް ﷲ ދެރަގޮތެއް މެދުވެރި ނުކުރައްވާނެ ރ ޔާމީން އަދި އެނބުރި އަންނާނެ އިންޝާﷲ