ކޮވިޑް-19 ގެ ވެކްސިން ޖައްސަވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންކާރު ކުރައްވައިފި ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ މިރޭ 21:40 ހާއިރު ރައީސް ޔާމީން ވެކްސިން ޖެއްސެވުމަށް މާލެ ގެނައި ކަމަށާއި ނަމަވެސް ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން އިންކާރު ކުރެއްވުމުން މިހާރު އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

ވެކްސިން ޖައްސަވަން ރައީސް ޔާމީން އިންކާރު ކުރެއްވި ސަބަބެއް ނޭނގޭ ކަމަށް ވެސް ކަރެކްޝަނަލް ސާވިސް އިން ބުނެއެވެ.

ރައީސް ޔާމީން ވެކްސިން ޖެއްސެވުމަށް އިންކާރު ކުރެއްވި ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނި ނަމަވެސް މިކަމާއި ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ބަހެއް އަދި ނުލިބެއެވެ.

ރައީސް ޔާމީން މިރޭ މާލެ ގެނައުމަށްފަހު އަނބުރާ ޖަލަށް ގެންގޮސްފައި ވާއިރު އެމަނިކުފާނު ގެއަށް ބަދަލު ކޮށްދިނުމަށް އާއިލާ އިންނާއި އިދިކޮޅު ޕީޕީއެމް އިން އެދުނުތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް އެމަނިކުފާނު ގެއަށް ބަދަލުކުރުމާއިމެދު ސަރުކާރުން ގޮތެއް ނުނިންމައެވެ.

މީގެ ހަތަރު ދުވަސް ކުރިން ވެސް ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުން އެދި ކަމާބެހޭ އިދާރާތަކަށް ސިޓީއެއް ފޮނުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ސަރޭ

    މާލެ ގެނައި އިރު ޔާމީނަކަށް ވެކުސިން ޖަހަން ކަމެއް ނޭގޭބާ. ނޭގޭނަމަ އިންކާރު ކުރެވިދާނެ.ހަމަ

    37
    3
  2. ނަރުސް

    ވެކްސިނާއިބެހޭގޮތުން ދުނިޔޭގެ ކަމާއިބެހޭ ފަރާތްތަކުން ނެރެފައިވާ ޕިއަރ ރިވީވް ރިސަރޗްތައް ބަލާ ކިޔުން މުހިއްމު. ޢެމެރިކާގައި އެކަނިވެސް ވެކްސިން އަމިޔާތަކަށް ވެކްސިން ކޯޓުން ހަތަރު ބިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާގެ ބަދަލު ދީފައިވޭ. މިއިން އެނގެނީ ވެކްސިނުން އަނިޔާ ލިބޭކަން.

    34
  3. ޙ

    ޔާމީނު މަރާލަން ބޮންގޮއްވާ ހަތިޔާރު އެތެރެކޮށް ސުނައިޕަރުގެނަސް މުލިއާގޭކައިރީގަ ގޮވާތަކެތި ބެހެއްޓި ބަޔަކު ނުރައްކާތެރި ވިހަ ވެކުސިނެއްދީ އޭނާ މަރާނުލާނެ ކަމުގެ ޔަގީންކަމެއްނެތް.

    19 ދިވެހިން މެރި ބާގީ ކެރަފާ އާއއިލާ ދުވަހަކުވެސް ދިވެހިންނަށް އަދި އިސްލާމްދީނަށް ހެވެއްނޭދޭނެ.

    ހުރިހާ ޖަރީމާއެއް ހިންގި އެންމެން މިސަރުކާރުންވަނީ މިނިވަންކޮށްފަ.

    72
    3
    • ތިޔަ ވިދާޅުވީ

      ޔާމީން އަމިއްލައަށް މީހުންގެ ހަމްދަރުދީ ހޯދުމަށް ޖެއްސި ސްޓަންޓް ތަކުގެ ވާހަކަ ދެއްތޮ؟

      4
      18
  4. އަހަރެން

    ޖަހާނެ ކަމެއްނެތް ކޮންމެ ފަދަ އެއްޗެއްވެސް އަޅާފަ ޖަހާފާނެ

    59
    2
  5. ފާރޫޤް

    ބޮޑެތި ވައްކަންކުރާ މީހުން ތިބެނީ ގޭގާ

    35
    5
  6. މާނަކާ

    ޗައިނާ ވެކްސިންވީމަ ނުޖެހީ، ފެންވަރު އެނގޭނު، ރަން އިލޮށިން ކަ ދުރުކާންހުރޭ ބޮޑާބެ

    12
    73
  7. ފާތި

    ފައިޒާ ނޫނީ ނުޖަހަން.. ކިބުރުވެރިކަން ހައް ދުފަހަނަ އަޅާފަ

    11
    78
    • Anonymous

      ސާބަހޭ. މިއީ ރޯދަމަހޭ. މީހުންނާ ދިމާއަށް އެއްޗެހި ގޮވާ އަދިވެސް. ހޫނ. ރޯދަނުހިފާގްރޫޕްދޯ މީ.ސޮރީ.މަށަށްއޮޅުނީ.

      22
      1
  8. މުއީދު

    ކޮންތާކު މިޖެހުނި، އެންމެ މޮޅުކުރާ ޗައިނާގެ ވެކްސިން ވީމަ ޖަހަންނުކެރުނު

    10
    59
  9. ޗަޗޫ

    ގުޑް ތިންކިން. ✅ ޔޫއާ އަވާރ ހީރޯ 😘

    61
    9
    • ޔޫމީން

      ޒީރޯ

      3
      8
  10. ވިސްނާލުމަށް އެދެމޭ

    ރަގަޅު ޖަހާނެކަ މެނެތް...ސަރުކާރަކުން ކޮއް މެފަދަ ނުބައެއްވެސް މިސަރުކާރުން ރޔާ މީންގަޔަށް ޖަހާފާނެ... ރޔާ މީންގެ ހަށިފުރާނައަށް ނުރައްކާބައެއް މިސަރުކާރުގަތިބީ...ނުހައްގުން ޖަލުގަ އެގެންގުޅެނީ..ކޯޓުތެރެއަށް ހަތެރެސްފައި ބާނާއިގެން ފަޑިޔާރުންނަ ބިރުދައްކައިގެން ނުހައްގު ހުކު މެ ނެރުނުކަން ހުރިހާ ރައްޔިތުން ހެކިވޭ..ރޔާ މީން އެއްގޮތަކަށްވެސް ސަރުކާރުން ބޭނުންހާގޮތެ ހެދިޔަނުދޭތި..

    45
    3
  11. ޛފހހ

    އާދެ ތި ހެއްދެވީ ރަނގަޅަށް... އެމީހުން ވެކްސިނޭ ކިޔައިން ކޮންމެ އެއްޗެއްވެސް ދީފާނެ.

    47
    5
  12. ޙަފޯ

    ވެކްސިނޭ ކިޔާފަ ކޮންމެނއެއްޗެއްވެސް ޖަހަން އޮކޭވާން ޖެހޭތަ. ޜޔ އަށް ބޭނުން އެއްޗެއް ހަދަން ފުރުސަތުގެ ބޭނުން ހިފަންއުޅުނަސް އެމނިކުފާނު ރައްކާތެރިކުރައްވާން ދޭވެ.

    43
    5
  13. ހުވަދު އަތޮޅުން : ދޮން އަޙައްމަދާގެ މުކުރިޔާ / ދޮން އަޙުމަދު އާބެ

    ރަނގަޅު ވިސްނުންފުޅެއް. މިދުވަސްވަރަށް ބަލާއިރު އެންމެ ރަނގަޅު ނިންމެވުމެއް.

    48
    5
  14. 👎👎

    ފިނޑި ޔާމިން 👎

    12
    65
    • Anonymous

      ޔާމީންގެވެސް މައިބަދަ ބިނދިގެން އިނގިރޭސިވިލާތަށް ގޮނޑި ދުއްވަން ދިޔައީތަ؟ ތީ މަށަށް ނޭނގޭ ވާހަކައެއް އަދި

      20
      2
  15. ނިޒާމު

    ހަ މަތިޔަ ގޮތައް އަދި ތިޔައްތުރެއް ވޭނުގައި ތިޔަ ސޯލިހު ގެންގުޅޭތި ނޫނީ އެއްވެސް އިންސާފެއްނެއް ސޯލިހު ހުރީ ބިލިއަނުން ކައިގެން ފިލަންތައްޔާރު ވެގެން...

    38
    4
  16. ޏެހެރާޒު / ޒެންނާރު

    ކުއްވެރިން ގެޔަށް ބަދަލުކުރާއުސޫލު ޔާ މީނުގެ މައްޗަށް ހިންގަންވާނެ . އެ އުސޫލުބުނާއެއްވެސް ސަރުތެއް ހަ މަތޯ

    6
    8
  17. އަލްޖިބްރާ

    އޭނަ އިންކާރު ނުކުރާ ކަމެއް އެބަ އޮތްތަ ؟

    12
    43
    • އަންނިބްރާ

      ދުލުގަ ހިފާފަ ދަމަން ނޫޅޭތި

      16
      2
  18. ޢަހުމަދު1

    ޢިންތިޙާބުން އެ މްޑީޕީ ނާކާ މިޔާބުވީ މަ ގޭސްގަނޑެއް އަނބުރަން މިއުޅެނީ. މިމީސްމީހުން ހެޔޮއެދޭނަމަ ވެކްސިން ކުރިންޖެހީސް.

    18
    1
  19. ޏުޖައްސަވާތި

    ތިހެއްދެވީ ރަނގަޅައް އިންޖެކުޝަން ނުޖައްސަވާތި ކޮންމެފަދައެއްޗެއްވެސް އިންޖެކުޝަނުގެނަމުގަ ޖަހާފާނެ

    19
    1
    • ލޮލް

      ޖަލުގަ އޮއްވާ ބޭނުން ކަމެއް ކުރެވޭނެ. ދެން ކީއްކުރަން އެންމެނަށް އެނގިގެން މާލެ ގެނެސް ކަމެއް ކުރަންވީ؟ ތި ނެތް ސިކުޑިން ވިސްނަބަލަ.

      6
      2
  20. ޔަގީން ނުވާނަމަ

    ރަގަޅު ނިންމުމެއް. އިންޑިއާ އަޑީގަ ހުރެގެން ގޯހެއް ހަދާފައި އޮވެދާނެ.

    20
    1
  21. ބޮކި

    އަހަރުމެންނަށް ވަރިހަމަ ކަލޭ ވެއްސިން ނުޖެހިޔަސް......

    3
    9
  22. ކަމަކުނުދޭ

    އޮބި އަޅާފަ ބާއްވާފަ ދީބަލަ!

    4
    11
  23. މޭޑަމް

    ނުޖަހާ ހުރެބަލަ ކާކަށްތަ ދެރަވާނީ