ވަކި ނިޒާމަކަށް ވުރެ ބޮޑަށް ގައުމަށް މިވަގުތު ބޭނުންވަނީ އިހްލާސްތެރި އަދި ހިންގުންތެރި ވެރިން ކަމަށް ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.
އުގައިލް މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ހިންގުން އަންނަ އަހަރު ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިހުގައި އެދިވަޑައިގެންފައި ވާތީއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓްވީޓަކަށް ތާއީދުކޮށް އެ ޓްވީޓް ޓްވީޓާގައި ހިއްސާކުރައަވަމުން އުގައިލް ވިދާޅުވީ ގައުމަށް ކުރިމަތިވެފައިވާ މައްސަލައަކީ ވެރިކަން ކުރާ ނިޒާމް ނޫން ކަމަށެވެ. އަދި ވަކި ނިޒާމަކަށް ވުރެ ބޮޑަށް ގައުމަށް މިވަގުތު ބޭނުންވަނީ އިހްލާސްތެރި އަދި ހިންގުންތެރި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ވެރިން ކަމަށެވެ.
އުގައިލް ޓްވީޓާގައި ހިއްސާ ކުރެއްވި ރައީސް މައުމޫންގެ ޓްވީޓްގައި ވަނީ ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅަކުން ބަދަލެއް ނުކުރެވޭނެ ކަމަށެވެ. އަދި މިހާރު އޮތް ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް ކަމަށެވެ.
ވަރަށް ބޮޑު ތެދުފުޅެއް. ވަކި ނިޒާމަކަށް ވުރެ ބޮޑަށް ގައުމަށް މިވަގުތު ބޭނުންވަނީ އިހްލާސްތެރި އަދި ހިންގުންތެރި ވެރިން. https://t.co/SKpobHaPW2
— Professor Ugail (@ugail) April 19, 2021
ފެހި ގާނޫނުއަސާސީ އެކުލަވާލާނީ ވެރިކަމުގެ ކޮން ނިޒާމަކަށް ކަން ކަނޑައެޅުމަށް 2007 ގައި ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ނިމިގެން ދިޔައީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ބޭއްވުމަށެވެ. ރިޔާސީ ނިޒާމަށް 60 އިންސައްތައަށް ވުރެ ގިނަ ރައްޔިތުން ވޯޓު ދީފައިވާއިރު މި ނިޒާމް ގެނެއުމަށް އިމްރާންވެސް މަސައްކަތް ކޮށްފައިވެއެވެ.
އޭރުވެސް ބަރުލަމާނީ ނިޒާމެއް ރާއްޖެ ގެނެއުމަށް މަސައްކަތް ކުރި ރައީސް ނަޝީދު އިއްޔަރައީސް ޞާލިޙާށް ފޮނުއްވެވި މެސެޖުގައި ވަނީ 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކޮށް އަލުން ސަރުކާރެއް އެކުލަވާލުމަށް ބޭނުންފުޅުވާކަށެވެ. އަދި ޖެހިގެން އަންނަ 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާއިރު، ޤާނޫނުގައި ވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ރައީސް ނަޝީދު އެދިވަޑައިގެންފައެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ނަޝީދު ކުރެއްވެވި މެސެޖް ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވިއެވެ. އަދި މިހާރު އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށްވާތީ މިކަމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.
ގައުމުގެ ހުރިހާ ރައްޔިތުން ނުކުމެގެން މި ނުލަފާ ނުބައި ޑިކްޓޭޓަރުގެ ކިބައިން މިގައުމު ސަލާމަތްކުރަންވެއްޖެ. ރައްޔިތުން ހަނާވެފައި ތިބި ދުވަސްވަރެއްގައި ގައުމުގައި ހުރި ލާރިކޮޅު ޚަރަދުކޮށްގެން ފުލުން ވޯޓުނަގައި މީނާއަށް ހުރިހާ ބާރެއް ލިބޭނެހެން ކަންކަންކުރަން ހިފާފައި މިހުރީ ހުރި ނުބައި ނުލަފާކަމުން. ރައްޔިތުންގެ މައްޗަށް ހަމްދަރުދީއެއް ކުލުނެއް ނެތިގެން. މި ގައުމު މިދަނީ ބޭންކްރަޕްޓްވަމުން. މައުމޫން ފޭބިއިރު ދައުލަތުގެ ދަރަނި ހުރީ 12 ބިލިއަން ރުފިޔާގައި. މިހާރު މިވީ 12 ވަރަކަށް އަހަރުގެ ތެރޭގައި ދަރަނި 80 ބިލިއަން ރުފިޔާއާ ގާތަށް ޖެހިލައިފި. ޔާމީން ވެރިކަމުން ފޭބިއިރު ހުރި 700 ބިލިޔަން ޑޮލަރުގެ ރިޒާވް ހަތަރުބައިކުޅަ އެއްބައިވެސް މިހާރު ނެތް. މިވަރުންވެސް ރައްޔިތުން ހޭއަރާކަށް ނުވޭތަ!
ޢެއްކަލަ އުގައިލު ކޮންތާކު ފިލާ އޮވެފާ ނުކުތީ
ކޮބައިތަ އ. ޜަސްދޫގައި ދެއްކި ފޮނި ވާހަކަތައް
މީ އަދި އެއަތު މީހެއް.
ބަލަ ހިންގުންތެރި ވީކަމަށްވާނީ އިންޑިޔާ ސިފައިން މިތަނަށް އަރާ ހުރިހާ ފިރިހެނުންމަރާ ދަރިން ކުރިމަތީގާ އެދަރިންގެ މައިން ރޭޕު ކުރީމާތަ؟ ތައްބައްލަކަ
އަންނި އަކީ އެންމެ ހިންގުންތެރި އިޚްލާސްތެރި ވެރިމީހާތަ؟
ތައްބައްލަކަ
ރިޔާސީނިޒާމަކުންވެސް ނޫނީ ބަރުލަމާނީ ނިޒާމަކުން ވިޔަސް ޚިދުމަތްދެވޭނީ ރޫޙެއްހުރެގެން.
އެހެންނޫނީޔާ ވާނީ އަތައް ގޮވާނިޒާމަކަށް.
ކުއްލިޔަކާއި އަނގަފުޅެއް! ކަމަކުނުދެ ! ދެއްތޮ އަބަދުވެސް ޤައުމާއިއެކުހުންނަވާ !
އިޚްލާސް ތެރި އެކަންޏެއްނޫން. ކަންކުރެވޭ، ދުރު ވިސްނޭ ވެރިން.
މީނަވެސް ސިޔާސީ އަނގަ ހުޅުވައިގެން މިއުޅެނީ އެދުމެއް އޮތީމަ ބާ؟
ޢިރުއިރުކޮޅުން ވޯޓްލާންޖެހޭތަ ބަރުޒަމާނޭ ތޯ ރަނގަޅީބަލަން. ޥޯޓްލައިގެން އެއޮތީ ނޫނެކޭބުނެފަ ދެން ކޮންވޯޓެއްލާވާހަކައެއް. ތިމަން ވެރިކަމެއްބޭނުމެއްނޫނޭކިޔާފަ މޮޔަވަނީ ވެރިކަމާހެދި
ކަލޭ ޕު ރޮފިސަ ރު ޕިޔާ ރީ ލާލު ހެދިގެ ކަލޭގެ މަސަތްކަތާއިގެން ކު ރިޔަށް ދިއުން އެއީ ކަލެއަށް އެންމެ ފައިދާހު ރިގޮތް..ކަލެއަކީވެސް ހިހޫ ތަނުން ނުކެވިގެން އުޅޭ މީހެއް..ކޮން ސިޔާސީ ވާހަކައެއް ދައްކާކަށް..ގައުމުގެ ހައްގުގަ ކަލޭ ކު ރިކަމެއް ނެތް..މުޅި އުމު ރު ތިހޭދަކުރަނީ ގައުމުގެ ހައްގުގަ ހައްގުބަސްބުނަމުންތަ..ކަލެއަކީވެސް ހަމަ އަމިއްލަ އެދުންބޮޑު މީހެއް...ވީއި ރު ކަލޭ މިހާ ރުވެސް ތިކު ރާ ބު ރަ މަސަތްކަތުގަ ތި އުޅޭ ތަނެއްގަ ރީއްޗަށް އުޅުން އެެއީ ކަލޭގެ މުސްތަގުބަލަށާއި ރާ
ކަލޭ ޕު ރޮފިސަ ރު ޕިޔާ ރީ ލާލު ހެދިގެ ކަލޭގެ މަސަތްކަތާއިގެން ކު ރިޔަށް ދިއުން އެއީ ކަލެއަށް އެންމެ ފައިދާހު ރިގޮތް..ކަލެއަކީވެސް ހިހޫ ތަނުން ނުކެވިގެން އުޅޭ މީހެއް..ކޮން ސިޔާސީ ވާހަކައެއް ދައްކާކަށް..ގައުމުގެ ހައްގުގަ ކަލޭ ކު ރިކަމެއް ނެތް..މުޅި އުމު ރު ތިހޭދަކުރަނީ ގައުމުގެ ހައްގުގަ ހައްގުބަސްބުނަމުންތަ..ކަލެއަކީވެސް ހަމަ އަމިއްލަ އެދުންބޮޑު މީހެއް...ވީއި ރު ކަލޭ މިހާ ރުވެސް ތިކު ރާ ބު ރަ މަސަތްކަތުގަ ތި އުޅޭ ތަނެއްގަ ރީއްޗަށް އުޅުން އެެއީ ކަލޭގެ މުސްތަގުބަލަށާއި އަބުރަށްވެސް އެންމެ ރަގަޅު ގޮތްކަމުގަ ދެކެން...ވަރަށް ސަލާމް
ކާކަައްތޯ މިކަން ނޭގެނީ، ޕޮރޮފެސަރަކު ޓުވީޓް ނުކުރެއްވިޔަސް މީ އިގޭކަމެއް
ޕްރޮފެސަރ އުގޭލް އަށް ވެދުން ސަލާމް. ތިޔަ ވިދާޅު ވާފަދަ އިޙްލާސް ތެރިއަކު ރައީސް އެއްގެ މަޤާމު ގައި ހުރި ޤައުމެއް ނެތް. އިންސާނުންނަކީ އަބަދު ވެސް ފާފައިގެ ތެރެއަށް ތަޙައްމަލު ވެފައިވާ ބައެއް. ތިޔަ ވިދާޅުވާ ފަދަ އިންސާނަކު ޖެހޭނީ ލެބޯޓަރީ އެއްގައި އުފައްދަން ! ރައީސް އަކަށް ހުރި މީހަކު ކުރަން ބުނި ހުވާތައް ނުފުއްދީމާ ޖަވާބު ދާރީ ކުރުވޭނެ ގޮތްތަކެއް ހޯދަން އެބަ ޖެހޭ. އެއީ ބަރުލަމާނީ ވިޔަސް، ކޮންމެ ނިޒާމަކަށް ވިޔަސް. އިބޫ ވެރިކަމަށް އައީ އިންސާފު ހޯދާދޭނަމޭ ކިޔައިގެން. ނަމަވެސް އެކަމެއް އިބޫ ނުއެއް ކުރޭ. ވީމާ ނިޒާމް ބަދަލު ކޮށްގެން ނަމަވެސް އިބޫ ބޭރުކުރަން އެބަޖެހޭ.
ޥެރިމީހާ ނާގާބިލު ވީމަ ބަދަލުކުރަންޖެހެނީ ވެރިކަމުގެ ނިޒާމުތަ؟ ބަލަ ވެރިމީހާ ބަދަލު ކޮއްބާ.
ރާއްޖޭގައި އެނިޒާމް އޮވެއްޖެނަމަ ވެރި ކަމަށް އަންނަން ބޭނުންވާނީ 50 ވަރަ ކަށް ވޯޓް.. އެއީ 50 މެމްވަރުން ކޮށްމެ މީހަކަށް މިލިއަނެއް.
މާނަޔަކީ 50 މިލިއަނުން މައްޗަންގޯޅި ރައްޔތުންގެ ތެރެއިން 2500 ރައްޔިތުން ބުނާ މީހަކަށް ވެރިކަމަށް އާދެވޭނެ ފޯމިއުލާ އެ ކޭ އެއީ.
ފަޅު ރަށެ އްގެ މަ އްސަލާ ގަ އި މީނާ ވެސް ކުރީ ސަރުކާރު ދެކެ ރުޅި އަޢީ
މި ރާއްޖޭގައި މިއޮތީ ދިވެހިން ބޭނުންވާ ގޮތައް. ކުރީގެ ވެރިން ފޭހުނު އިލޮށީގެ ވާނުގަ. މުޅި ގައުމު ދަވާލާފަ ދާއިރުވެސް ލޯ މަރައިގެން، އެމީހަކައްވެސް ކޮޅުދާލި ކޮޅެއް ލިބޭތޯ ބަލާ މީހުން ގިނައީ! މިގޮތައް ބާއްވާ! ކޮންމެ މީހަކުވެސް އަނގަ ފަޅަނީ ލިބޭ ކޮޅު ބަނދު ވީމަ!
މިކަހަލަ ބުރާންތިން ގިނަވީމައޭ ޤައުމަށް ހަމަނޭވާ ނުލެވިގެން މިއުޅެނީ.
ތިޔަ ވިދާޅުވިފަދަ ވެރިޔެއް 2014 އިން 2018 ގެ ނިޔަލަށް އެހުރީ! އެކަމަކު ވަށްވަރުގައި ޢުޤައިލަށް ވަށްވަރު ދޫކުރި ބޭނުންފިޔަވައި ވަގުޓުއަރިޒަމް ހިންގާކަން ފަޅާއެރުމުން ވަށްވަރު އަތުލުމުން ޖެހުނީ ސަރުކަރާ އިދިކޮޅަށް! މުޅިންވެސް މި ކަންތައް ރާއްޖޭގަ އޮތީ! ތިމާގެ ބޭނުމަށް ސަރުކާރާއެކު! ބޭނުމެއް ނުފުއްދާދީފިނަމަ އިދިކޮޅާއެކު!
ރައީސް ޞާލިޙެވެ. ތިއުޅޭ އަންނީގެ ވާހަކަތަކަށް މަނިކުފާނު އަޅާ ނުލައްވާށެވެ. އަދި މަނިކުފާނު ގެ ބާރު ކަނޑުވާލުމަށް އަންނި ކުރަމުންދާ މަސައްކަތަކީ ފާޅުގައި މިހާރުކުރާ މަސައްކަތެއްހެން ހީވެއެވެ. އެހެންކަމުން ރަނގަޅަށް ވިސަނަވާށެވެ. ރިޔާސީ ނިޒާމަކީ ވަކިމީހަކަށް ވަކި ޕާޓީއަކަށް މޮޅަކަށް ގެނައި ނިޒާމެއްނޫނެވެ. ހުރިހާ އެންމެންގެ ފައިދާއަށެވެ. އެހެންކަމުން ނަޝީދު ދައްކާ ދަޅަތަކަށް ހެއްލި އެކަން އެގޮތަށް ކޮށްފިނަމަ ޤައުމަށް ވަރަށް ނިކަމެތިކަން އަތުވެދާނެއެވެ.
އުގެއިލް މާދަން ވެރިކަމައް ކުރިމަތިލިޔަސް ހޮވޭނެ . %100
އުގޭލު ގޯސްވީ މިހާރުއަރާތިބި މީހުން ނާގާބިލުވެގެން ޤައުމު އެކޮޅުކޮޅުންޖަހައިގެން ދަށުންދަމާ ކުޅެގެން ވެސް ހިންނުފުރުނު ދެން ކީކޭބުނާނީ ! އޭ ! މޮޔައިންތައް ޤައުމު ދަވާނުލާ ރައްކާވޭ!