ކ. މާފުށިން ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މި ވޭދަނައާއެކު މިހާރު އެރަށަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

އެރަށު ސިއްހީ މަރުކަޒުން ބުނީ އެރަށުން މި މަހުގެ 18 ވަނަ ދުވަހު ބަލީގެ އަލާމަތްތައް ނެގި ސުންކެއް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.

އަދި މިހާރު އެ މީހާއާ ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.

އެ ރަށް މޮނީޓަރިންގއަށް ލައި އެޗްޕީއޭއިން ފޮނުވި އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ.

އެ އެންގުމުގައި ވަނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެ ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު