19:51

ކ. އަތޮޅު ކާފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 15 އަށް އަރައިފި.

15:31

ކ.އަތޮޅު ހިންމަފުށިން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

15:02

މަހަރަޝްތްރާގެ ހޮސްޕިޓަލެއްގައި ބޭނުންވާ ވަރަށް އޮކްސިޖެން ފޯރުކޮށް ނުދެވުނު ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދިޔަ 11 މީހަކު މަރުވެއްޖެ

01:14

ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އަށް އިއްޔެ އިންޑިއާއިން ތިންލައްކައެއްހައި މީހުން ފައްސިވެ، ދެހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި


ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. މިއަދު ވެސް 162 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާ ސަބަބާއި ގުޅޭ ގޮތުން އެޗްޕީއޭ އިން އެއްވެސް އެއްޗެއް ނުބުނި ނަމަވެސް ބެލެވޭ ގޮތުގައި މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދަނީ ކައުންސިލް އިންތިހާބަށް ދިން ލުއިތަކުގެ ސަބަބުންނާއި ގައިދުރުކަމެއް ނެތި އިންތިހާބު އޮތް ދުވަހު ގިނަ ބަޔަކު އެއްތަންވެގެން އުޅުމުންނެވެ.

މިއަދު މާލެ އިން 76 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވީ 68 މީހުންނެވެ. އިތުރު 14 މީހުން ރިސޯޓްތަކުން އަދި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށަކުން ހަތަރު މީހަކު މިއަދު ވަނީ ފައްސިވެފައެވެ.

ރާއްޖެ އިން މިއަދު 162 މީހުން ކޮވިޑަށް ފައްސިވެފައި ވަނީ 2873 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރު ވަމުންނެވެ. މިހާރު 74 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު