22:30

ދެވައްތަރުގެ ވެކްސިން ޖެހި މީހާގެ ހާލު ރަނގަޅެއް ނޫން، އެޗްޕީއޭގެ ޚަބަރެއް ނުވޭ!

21:11

20:16

ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ދިއްލީގެ ހަ ހޮސްޕިޓަލަކުން އޮކްސިޖަން ހުސްވެއްޖެ.

20:07

18:04

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ އިންޑިއާއަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި

15:04

ގަލްފުގެ ޤައުމުތަކުގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ މީހުންނާއި އެގައުމުން ގަލްފަށް ދާ މީހުން ކަރަންޓީނުވާ މަންޒިލަކަށް ރާއްޖެ ބޭނުން ކުރަން ފަށައިފި

13:40

ބ. އޭދަފުށީގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެ އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފި.

12:59

މަތިވެރިން އިތުރު އަށް މީހަކު ފައްސިވެ، ޖުމްލަ 19 އަށް އަރައިފި.

11:56

އިންޑިއާގައި ކޮވިޑްގެ 22 ބަލި މީހަކު އޮކްސިޖަން ލީކް ވެގެން މަރުވެއްޖެ.

08:41

ދިވެއްސަކަށް ފުރަތަމަ ޑޯޒް ސިނޮފާމް ވެކްސިނުން، ދެވަނަ ޑޯޒް ކޮވި ޝީލްޑުން ދީފި؟

00:24

އިންޑިއާ އިން ކޮވިޑް ފައްސި އާއި މަރު ރެކޯޑަކަށް، މިއަދު ތިންލައްކަ ފައްސި


ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނައިރު އެޗްޕީއޭ އިން އަދި އެޗްއީއޯސީ އިން ވެސް މިކަމާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކާ ހަނު ތިބޭކަން ފާހަގަ ކުރެވެއެވެ. ކުރިން އެޗްއީއޯސީ އިން ގަވައިދުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ ކޮވިޑްގެ ހާލަތު އޮޅުން ފިލުވައިދީ ލަފާކުރެވޭ ކަންކަން ރައްޔިތުންނަށް ވިދާޅުވެ ދެއްވަމުން ގެންދެވި ނަމަވެސް މިހާރު ނޫސްވެރިންގެ ބައްދަލުވުންތައް ނުބާއްވައެވެ.

މިއަދަކީ މިހާތަނަށް ދެވަނަ އަށް އެންމެ ގިނަ މީހުން ރާއްޖެ އިން ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު ފިޔަވައި ދެން އެންމެ ގިނަ މީހުން ރާއްޖެ އިން ކޮވިޑަށް ފައްސިވީ އޭޕްރީލް މަހުގެ 01 ވަނަ ދުވަހު އެވެ. އެދުވަހު 300 މީހުން ފައްސިވިއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 2905 މީހުން އެބަތިއްބެވެ. އޭޕްރީލް މަހުގެ 11 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު ދުވަހުން ދުވަހަށް މަދުވަމުން އައުމަށް ފަހު އަދަދުތައް އިތުރުވާން ފެށީ އޭޕްރީލް 15 އިން ފެށިގެންނެވެ. މިހާރު 83 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑްގެ ބަލި މީހުން އިތުރުވަމުން ދިޔަ ނަމަވެސް މާސްކް އެޅުން މަޖުބޫރު ކުރުން ފިޔަވައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް މިހާރު ނެތެވެ. މާލޭގެ ކާފިއު ވެސް މިހާރު ވަނީ އުވާލާފައެވެ. އަދި ރެސްޓޯރެންޓްތަކާއި ކެފޭތައް ވެސް ވަނީ ކުރިއެކޭ އެއްގޮތައް ހުޅުވާލާފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ލޯބިވާ ވަޠަން

  ރައްޔިތުންގ ގެ ރައްކަލަށް މަސައްކަތްކުރާނެ ސަރުކާރެއް ނެތްކަން ތިކަމުން ވަރަށް ރަގަގ ގަޅަށް އެނ ގޭ. ހުރިހާ ކަމެއް ބޮއްސުންލާފަ. މިގ ގައުމުގ ގަ ސަރުކާރެއް އޮތް ތޯ ވެސް މިއަދު ސުވާލު އުފެދޭ. ޥެރިން އެކަކަށްވުރެ އަނެކާގ ގެ ބާރު ގަދަކުރުމު ގެ މަސައްކަތު ގަ. ރައްޔިޔުން ނެތަސް ހެޔޮތާ.

  13
 2. ރޔ

  ވާ ނުވާ ނޭނގި ގޮއި ހުސްވަނީ

  10
 3. އެމަންޖެ

  އެޗްޕީއޭ އެއްނޫން ކުއްވެރި ވަނީކީ ކެނެރީ ނަޝީދުއާ ކެރަފާޔާ ދެމީހުން.

  18
 4. ކެތި

  އެޗްޕީއޭ އޮންނާނީހަނުތާ މައިމޫނާއާއި ނަސީމު ބޭނުންފުޅުވާ ގޮތަށް ރާއްޖޭތެރެއަށް ބަލިއެބަފެތުރޭވިއްޔާ ދެއްތޯ ؟
  ނަޒުލާމެންޓީމުންވެސް
  އަރާތިބެ ގެންކިޔާއެއްޗަކާ ލިޔާއެއްޗަކާދިމާވަނީކީއެއްނޫން. ބޮޑުވަޒީރަށްސަލާމް

  14
 5. އަހްމަދު

  އެޗުޕީއޭ އިން މިހާރު ދިރާސާކުރަނީ މާނުރައްކާ
  ވައްތަރު ވައިރަހެއް އެއީ ކެނެރީ19 މިވައިރަސް
  ޖެހުނީމަ މީހާދުނިޔެއިން މޮޔަވާކަމަށްވަނީ

  18
 6. ޙައްވަ

  ތިޔަ ފިޔަވަޅުވެސް އުވާނުލާކަންވާ ނަސީބު. ހެޔޮއެއްގޮތެއްނެތް. ރައްޔިތުންނަކީ އެއްވެސް ކަމެއް ސީރިއަސް ކޮށްނަގާބައެއްނޫން. ކޮންމެ ބަޔަކުވެސް އެބަޔަކަށްމޮޅެއް ނުވެގެން ސަކުވާކުރަނީ.ޒިންމާތައް ލާހޫރެނީ.

  6
  1
 7. ގެރި

  ހަނުހުއްޓަސް ނުހުއްޓަސް ލޮކްޑައުންކޮށްފިއްޔާ މުޒާހަރާކުރަން ފަށާނަން.. މިހާރު އެޗްޕީއޭގެ ބަލާވެރިކަން މިނަށްވުރެ ބޮޑުވަނީ

  11
  2
 8. ސީނު

  ރާއްޖޭގަ ދެންހުރިބަލިތަކުގެ އަދަދުވެސް ބަލަންޖެހޭދޯ. އެބަލިތަކަށްވެސް ފަރުވާކުރެވި ކޮންޓޮރޯލް ކުރެވެނޖެހޭ. ކޮން ކޮވިޑެއް . ލޮކްޑައިންވެގެން ލިބުނީ ކޮންފައިދާ އެއްތޯ ބަލާލަންވެސް އެބަޖެހޭ....ގޭގަ ބައިތިއްބައިގެން ދަރިންކޮޅުގެ ކިޔެވުން ނަގާލާ ފަގީރުމީހާ އިތުރަށް ނިކަމެތި ކުރުން ނޫންކަމެއްނުވާނެ

 9. އަހްމަދު

  ކޮވިޑްކޭސް ގިނަވުމަކީ ހަމައެކަނިސަރުކާރުޒިންމާވާންޖެހޭކަމެއްނޫން ރައްކާތެރިކަމުގެފިޔަވަޅުތައް އަޅައިގެންއެންމެންވެސް އުޅެންވީއޭރުން ކޭސްތައްއިތުރުވުންމަދުވާނެ މިސްކިތްތައްހުޅުވާލާފަ މުސައްލަހިފައިގެން މާސްކުއަޅައިގެން މިސްކިތައްދާން އެދުނީމަ މުސައްލައެއްނުގެންދޭ މާސްކުވެސް ނާޅާއެއްބަޔަކުއެބަތިބޭ އެހެންވީމަ އެއީސަރުކާރުގެމައްސަލައެއްކަމަކަށް ނުބެލޭނެ ދެންފުލުހުމްވީމިސްކިތައްއަރައި އެމީހުންޖޫރިމަނާކުރަންތަ ކޮންމެމީހަކުވެސް އެމީހެއްގެޒިންމާއަދާކުރާނަމަ މިއައްވުރެ ރަނގަޅުވާނެ