އއ. މަތިވެރިން އިތުުރު 21 މީހަކު ކޮވިޑް-19 އަށް ފައްސިވެ ޖުމްލަ 106 އަށް އަރައިފިއެވެ.

އެރަށު ސިއްހީ މަރުކަޒުން ބުނީ، މަތިވެރިން އިތުރު 21 މީހުން ކޮވިޑަށް ފައްސިވެ ޖުމްލަ އަދަދު 106 އަކަށް އަރާފައިވާ ކަމަށެވެ.

އަދި ސުންކު ނެގި 39 ފަރާތެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.

މަތިވެރި ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެރަށުން 19 ވަނަ ދުވަހު 11 މީހަކު ފައްސިވެފައި ވެއެވެ. އަދި 20 ވަނަ ދުވަހު އަށް މީހަކު ފައްސިވެފައިވާއިރު، 21 ވަނަ ދުވަހު ފައްސިވެފައި ވަނީ 66 މީހެކެވެ. އަދި 22 ވަނަ ދުވަހު 21 މީހަކު ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު