ސްޓީލް ހާޑްވެއާ ހިންގާ ކުންފުނީގެ ޑިރެކްޓަރުން ހައްޔަރުކޮށްފައިވާކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނީގެ ރަސްމީ ޓްވިޓާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެހެން ދުވަސްތަކެކޭ އެއްގޮތަށް ޑިރެކްޓަރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއްވެސް ޑިރެކްޓަރެއް ހައްޔަރު ނުކުރާ ކަމަށެވެ.

އެފަދަ ވާހަކަތަކެއް މީޑިއާއާއި މީސްމީޑިއާގައި ފެތުރުނި އިރު، އެވާހަކަ ފެތުރުނީ ރިޝްވަތު ދިނުމުގެ ކުށުގައި ސަސްޕެންޑު ކޮށް، ހައްޔަރުކޮށްފައިވާ، ސުޕްރީމް ކޯޓުގެ ޖަޖު، އަލީ ހަމީދާ އެކުންފުންޏާ ގުޅުން އޮންނަ ކަމަށް ބުނެ އެވެ.

ރިޝްވަތުގެ ތުހުމަތުގައި އަލީ ހަމީދު ހައްޔަރުކުރުމުގެ އިތުރުން ފުލުހުން ވަނީ ހަމަ އެފަދަ ތުހުމަތުތަކެއްގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އާއިލާގެ ތިން މެމްބަރަކު ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޣާދިރު މަނަދޫ

    މިރާއްޖޭގެ މީހުން ހަމަ އެއްވެސް ޖެހިލުމެއްނެތި މީހުންގެ އަބުރު ކަތިލަމުން ދުވަނީ މަޖަލަކައް ހަދައިގެން.. މީ ވަރައް ހިތާމަ ހުރި ކަމެއް.. މިބާވަތުގެ ދޮގުހަބަރު ފަތުރާ މީހުންނައް ގާނޫނު ބަދަލް ކޮއްގެންވެސް ހަރުކަށި އަދަބު ލިބެން ޖެހެ..

  2. ވަތަނަބޭ

    ކީއްކުރާނީ. އެކަހަލަ ކަންކަމާ އަޅާލާނެ މީހަކު ނުވަތަ ބަޔަކުނެތީމަ. ބައެއްގެ އަބުރު ނަގާލުން ވަރަށް ފަސޭހަ. އެކަމަކު އެކަން ކުރާމީހުން ބުނާނެ ހަގީގަތް ހާމަކުރަނިއްޔޭ ނޫނީ މީހަކުބުނިކަމެއް ކުރަނިއްޔޭ؟ ތިމާގެ ޒިންމާއިން ރެކެންބުނާއެއްޗެއްބާ؟ ކުރީޒަމާނުގަވެސް އެކަހަލަ ކަންތައްކުރޭ؟ މީހަކު ބުނިކަމެއްކޮށްލަނިއްޔޭކިޔާފަ ބިހެއް ހިފައިގެންގޮސް ކަމެއްކޮށްލީ އެކަހެރިކޮށްހުރެ؟ ދެން އޭނަވެސް ބުނީ މީހަކުބުނި ކަމެއް ކޮށްލަނިއްޔޭ ވާގޮތެއް ބަލައިލަން

  3. Anonymous

    މިހިރީ ބުހުތާން ދޮގުހަދާވަރު، މުޅި އެއްއާއިލާއަކަށް ރައްދުކޮށް ފެތުރި ދޮގުޚަބަރު. އިދިކޮޅުމީހުންގެ، މިފަދަ ނިއައްގާނި ނުބައި އަމަލުތަކާއި ޖަރީމާގެސަބަބުން ރައްޔިތުނެްގެ ކުރިމަތީގަ އެމީހުންގެ އިތުބާރުގެއްލި ފެއިލްވެއްޖެ، ދެންއެމީހުން ތެދުވާހަކަތައް އިޢުލާންކުރިޔަސް ގަބޫލުކުރާނީ ކާކު، އަހަރެންނަކީ އެމްޑީޕީ މީހެއްނަމަވެސް މިމީހުން ރައްޔިތުންނަށް ތެދުމަޢުލޫމާތު ގެނެސްނުދީ އޮޅުވާލުމުގެ ސިޔާސަތު ހިންގާތީ މިހާރު ރާ ޓީވީ ވެސް ނުބަލަން.