މިދިޔަ ހޮނިހިރު ދުވަހު ކޮވިޑް-19 ފެނުނު، ލ. މާންދޫއާ ގުޅުން ހުރި އިހަލުން އިތުރު 69 މީހަކު ފައްސިވެއްޖެ އެވެ.

މިއާއެކު އެ އިހަލުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 217 އަށް އަރާފައެވެ.

މިމައުލޫމާތު ހާމަކޮށްފައި ވަނީ ގަން ރީޖަނަލް ހޮސްޕިޓަލުންނެވެ.

އެ އިހަލާއި ގުޅުން ހުރި ބަޔަކު މިހާރު ގަމުންނާއި، ފޮނަދޫގެ އިތުރުން ދަނބިދޫންވެސް ފައްސިވެފައި ވެއެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ މައުލޫމާތު ގަން ރީޖަނަލް ހޮސްޕިޓަލުން އާއްމު ކުރާއިރު ކޮވިޑަށް މީހުން ފައްސިވި ރަށްތަކަށް ވަކިވަކިން ހާމައެއް ނުކުރެއެވެ. ގަމު ރީޖަނަލް ހޮސްޕިޓަލާއި އެޗްޕީއޭ އިން އާއްމުކުރާ މައުލޫމާތުތަކުގައި ވެސް ފުށުއެރުންތަކެއް ހުރެއެވެ. އެހެންކަމުން ބައެއް މައުލޫމާތުތައް ރިޕީޓްވުމާއި، އޮޅުންއެރުން ފަދަ ކަންކަން ކުރިމަތިވެއެވެ.

މާންދޫ އިހަލާއި ގުޅިގެން ގަމުން 130 އަށްވުރެ ގިނަ ގެއެއް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ. އަދި ގަމުގެ ކެފޭތަކާއި ރެސްޓޯރެންޓްތަކުންގެ ހިދުމަތް ވެސް މިހާރު ވަނީ ހުއްޓުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު