މީގެ ކުރިން ފައިސާ ދައްކާފައި ހުރި ކޮވިޑް-19އިން ރައްކާތެރިވާ ވެކްސިން ނުލިބެނިސް އިތުރު ވެކްސިން ގަންނަން ނިންމައިފިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކޮވިޑް ވެކްސިން ހޯދުމަށް އެސްޓްރާޒެނެކާ އާއެކު އެއްބަސްވުމެއްގައި ސޮއިކުރެވިފައި ވެއެވެ. އެ އެއްބަސްވުމުގެ ދަށުން 700،000 ޑޯޒްގެ ވެކްސިން ގެންނާނެ ކަމަށް މީގެ ތިންމަސް ކުރިން އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ. އެހެން ނަމަވެސް އެ ވެކްސިން އަދި ރާއްޖެއަށް ލިބިފައެއް ނުވެއެވެ.

މިއަދު އެޗްއީއޯސީގައި ކުރިއަށް ގެެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެެ ތެރެއިން ނޫސްވެރިއަކު އެދުމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ، އިންޑިއާއިން މިހާރު ވެކްސިން އެކްސްޕޯޓު ނުކުރާ ކަމަށާއި، އެހެން ނަމަވެސް މިވަގުތު ހުރި ވެކްސިނުން ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދެވިދާނެ ކަމަށެވެ.

މިހާރު ހުރި ވެކްސިން ޖަހާ އޭގެ ފައިދާ ފުރިހަމަ އަށް ނެގުމަކީ އަމާޒެއް ކަމަށް ފާހަގަަކުރައްވާ ޝާހް ވިދާޅުވީ، މިހާރު ހުރި ވެކްސިން ހުސްވާއިރަށް އެހެން ވެކްސިން ލިބޭނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށެވެ. އެގޮތުން ކޮވެކްސް ފެސިލިޓީން އިތުރަށް ވެކްސިން ގަތުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެެހެންވީ ވެކްސިން ހުސްވެގެެން ޕްރޮގްރާމެއް ކުރިއަށް ނުގޮހެއް ނޯންނާނެ. އެެހެންވީމަ އެ އިތުބާރު އަޅުގަނޑުމެެންނަށް އެބަ އޮތް. ސްޓޮކް މިހާރުވެސް ހުރި މިންވަރުން މެނޭޖްކުރަމުން މިދަނީ" ޑރ. ޝާހް ވިދާޅުވިއެވެ.

ރާއްޖޭގެ ޖުމްލަ އާބާދީގެ 52 އިންސައްތަ އަށް މިހާރު ވަނީ ވެކްސިންދީފައެެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި އަމާޒަކީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި އަދަދު 70 އިންސައްތައަށް އިތުރުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ކިސަޑު

  ކޮއްކޮއަށް އެބައިގޭތަ ކިޔޭއެއްޗެއް އިންޑިޔާއިން އެްސްޕޯޓ ނުކުރޭ އެކަމަކު ލިބޭނެ މިހާރު ވެކްސިން ޖަހަން މީހުންތެޅޭ ހާލު ނޭގޭތަ ރޭ އަޅުކަން ހުއްޓާލާފަ 3 ގަޑި އިރު ކިޔުގަ

  20
  1
 2. ދަރަނި ދަންތުރަ

  ވެންޓިލޭޓަރަށްވީހެން ތިޔަވީ ރުފިޔާކޮޅު ކާލީ ، އަނެއްކާ ވެކުސިން ގަންނާށޭ ކިޔާފައި ދެންހުރި ރުފިޔާކޮޅުވެސް ކާލަން ތިޔައުޅެނީ ގައުމު ދަވާލައިފި ދޮންހޮޅީގެ އަވާގައި ނުޖެހޭށޭ ކިޔާފައި ސޯލިބޭ ދުންހޮޅި ވެސް ވިއްކާލައިފި އިރާ ވީދާ ނޮޅާ ކަނީ

  10
 3. ރެފްރީ

  ކޮބާ އަމީނު ؟؟؟؟؟،،،،

 4. ދުންމާރި

  ސަރުކާރުނ އޮޅުވާލާ މަކަރުހަދަނީ އެންމެ ފުރތަމަ ސިންގަޕޫރުގެ ކުންފުންޏަކާއެކު އެއްބަސްވުމެއްވެ ވެކްޝިން ގަންނަވާހކަ މީޑިޔާގަ ކިޔާ ފޮނިކެނޑީ އަނެއްކާ އެ ވެކްޝިން ހުދުކާފޫރަށްހަދާފަ އިންދިޔާ އާއެކު ވެކްސިން ގަތުމަށް އެއްބަސްވުމެއްވީކަމަށް މީޑިޔާގަ ފޮނިކެނޑީ ގަންނަ އެއްބަސްވުންހެދި އެއްވެސް ވެކްޝިނެއްނުލިބޭ އެކަމަށް ހޭދަކުރިމިންވަރު ހާމަކުރަން އެދުމުން އެކަންވެސް ސިއްރުކޮށްގެން އުޅެނީ މީ ކޮންކހަލަ އަޑިނޭގޭ ކަންތައްގަނޑެއްބާ މި ހިންގަނީ؟؟؟

  11
  1
 5. ރާއްޖޭ މީހާ

  ކަނޑައެޅިގެން ތިހެދީ ދޮގެޢް. ކޮވިޝިލްޑުގެ ދެވަނަ ޑޯޒް ދޭކަށް ރާއްޖޭގައި ވެކްސިނެއްނެތް. 2ވަނަޑޯޒް ދޭންޖެހޭ މީހުންގެ ދެބައި ކުޅަ އެއްބަޔައް ވެސް ރާއްޖޭގައި ކޮވިޝިލްޑުގެ ވެކްސިންނެތް. އޮޅުވާލައިގެން އުޅުމުގެ ބޭނުމަކީ ކޮބާ،

  9
  1
 6. ށުުނެެރާ

  ޢެއީ އިޤްތހިސަަދހުކުރަނީ. 23 އަށް ރައްކާކުރާހާަ ފައިސާ.

 7. ޥާވޭ

  23 އަށް ތަޅާ ބުރުއްސާ ބައި، އެއީ ފަހަށް ރައްކާކުރަނީ. ޢިޤްތިޞާދު ކުރަނީ،