އއ. ރަސްދޫން ފްލޫ ކްލިނިކަށް ދެއްކި ގިނަބަޔަކު ފައްސިވުމާއި ގުޅިގެން އެރަށަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ރަސްދޫ ކައުންސިލްގެ ރައީސް އަބްދުލްޖަލީލް މޫސާ ވިދާޅުވީ، ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން އެރަށުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް ދައްކަން ދިޔަ ފަސް މީހަކު އެރަށުން މިހާތަނަށް ފައްސިވެފައިވާކަމަށެވެ. މި މީހުންގެ ނަތީޖާ ލިބިފައިވަނީ މިއަދު ކަމަށާއި، އެއާއި އެކު ރަސްދޫ މިހާރު މޮނިޓަރިންގެ ހާލަތަށް ލާފައިވާ ކަމަށް އަބްދުލް ޖަލީލް ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ ފައްސިވި މީހުންގެ މާބޮޑު މައުލޫމާތެެއް އަދި ނޭނގޭ ކަމަށާއި، ނަމަވެސް މި ފަސް މީހުންނަކީވެސް އެއް ގެއެއްގެެ ފަސް މީހުން ކަމަށެވެެ. މީގެ ތެރޭގައި ހިމެނެނީ ދެެ އަންހެނުންނާއި ދެ ފިރިހެނުން އަދި ކުޑަކުއްޖެެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުލްޖަލީލް ވިދާޅުވީ، މި ފަސް މީހުންނަކީވެސްް މީގެ ކުރިން މާލެ ގޮސްފައިވާ ބައެއް ނޫން ކަމަށާއި، ބަލި ޖެހިފައިވަނީ ރަށުގައި ތިއްބާ ކަމަށެެވެެ.

"އެމީހުންނަކީ މާލެ ގޮސް ކަރަންޓީނުގަ ތިބި ބައެއް ނޫން. ފަސް މީހުންނަކީވެސް ރަށުގައި ތިބި ފަސް މީހުން. މިހާރު އަންނަނީ ބަލި ފެތުރިފަ އޮތް މިންވަރ ދެނެެގަތުމަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން" އަބްދުލްޖަލީލް ވިދާޅުވިއެވެެ.

ކިޔުންތެރިންގެ ހިޔާލު