އއ. މަތިވެރިން އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ފައްސިވެ، ޖުމްލަ އަދަދު 232 އަށް އަރައިފިއެވެ.

އެރަށަކީ މިހާރު ބަލީގެ ނުރައްކާ އެންމެ ބޮޑު ވެފައިވާ އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން ރަށެކެވެ. އެރަށުގައި މިހާރު ކޮވިޑް ޖެހިފައި 219 މީހަކު އެބަ ތިއްބެވެ. އެހެންކަމުން އެރަށުން ބަލި ޖެހުނު 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެެވެ.

އެރަށުން ލިބުނު މައުލޫމާތަށް ބަލާއިރު، އެރަށުގެ އަބާދީގެ 30% މީހުންނަށް މިހާރު ވަނީ ކޮވިޑް ޖެހިފައެވެ. އަދި އެރަށުގެ 40% ގޭބިސީތައް ހުރީ ކަރަންޓީން ކޮށްފައެވެ.

މަތިވެރީގައި ހިފެހެއްޓުމެއް ނެތި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ފައްސިވަމުންދާއިރު، އެރަށުން ކޮންމެ ދުވަަހަކު ކަހަލަ ގޮތަަކަށް ވޭދަނަތައް މިހާރު ދަނީ ފެންނަމުންނެވެ.

އެރަށުން ވޭދަނަތައް ފެންނަން ފެށީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އެ އަަށަށް ވަނީ އަރާ ފޭބުން މަނާކޮށްފައެވެ.

މިހާރު ރާއްޖޭގެ 25 ރަށަކަށް އަރާ ފޭބުން މަނާކޮށްފައިވާއިރު، ބައެއް ރަށްތަކުގެ ހާލަތު އިންތިހާއަށް ގޯހެވެ.

ކިޔުންތެރިންގެ ހިޔާލު