މިސްކިތްތަކުގައި ނަމާދު ކުރާއިރު ގައިދުރުކަން ބަަހައްޓަން ޖެހޭ ގޮތަށް ޖަމާއަތުގައި ނަމާދު ކުރެވޭ ގޮތަށް ބަދަލު ގެނައުމަށް މިއަދު ނިންމައިފިއެވެ.

މި ނިންމުން ނިންމާފައި ވަނީ ކޮވިޑާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްއާއެކު ޓެގް ޓީމުން ބޭއްވި ބައްދަލުވުމުގައެވެ.

މި ނިންމުމަށް އަމަލު ކުރަން ފަށާނެ ކަމަށް ބުނެފައި ވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

އެ ބައްދަލުވުމުގައި ނިންމި ނިންމުތަކުގެ ތަފްސީލު "ވަގުތު"އަށް ލިބިފައިވާއިރު، އޭގައި މިސްކިތްތަކުގައި ނަމާދު ކުރާއިރު، ނޭފަތާއި، އަނގަ ނިވާވާގޮތަށް މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުން ހިމެނެއެވެ.

އަދި އަމިއްލަ މުސައްލާ ގެންދިއުމަށް އިލްތިމާސްކޮށްފައި ވެއެވެ.

މީގެ ކުރިންވެސް ރާއްޖޭގެ މިސްކިތްތަނުގައި ގައިދުރުކަން ބަހައްޓައިގެން ނަމާދު ކޮށްފައި ވެއެވެ. އަދި އެގޮތަށް ނަމާދު ކުރުމަށް މިސްކިތްތައް ތައްޔާރުވެސް ކޮށްފައި ވެއެވެ. އެއިރު އެގޮތަށް ނަމާދު ކުރުމަށް އަންގާފައި ވަނީ ކޮވިޑް 19 ފެތުރިގަތުމުންނެވެ. އަނެއްކާވެސް އަދަދުތައް މަޑުޖެހުމުން، ގައިދުރުކޮށްގެން ނަމާދު ކުރުމަށް ނިމުމެއް ގެނައެވެ.

ގައިދުރުކޮށްގެން ނަމާދު ކުރަމުންދިޔަ ކުރުމަށް ނިމުމެއް ގެނައީ އޭޕްރިލް ދެ ވަނަ ދުވަހުން ފެށިގެންނެވެ.

ރާއްޖެ އިން މިހާތަނަށް 30،745 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 74 މީހަކު ވަނީ ނިޔާވެފައެވެ. މި ބަލީގައި މިވަގުތު ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވެސް 5،500 އަށް ވުރެ މައްޗަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ކޮރަލް

  މިއީ ފަހު ދިހަ އެވެ.

  28
  1
  • ބަކަރި

   ރައީސް ކިޔަންވެސް ފަކުރުގަނޭ މީނައަށް

   15
   2
  • ސަޓޯ

   މުސްލިމުންނަށް ދޯ ؟؟؟

   8
   2
 2. ހާމާން

  ވޯޓުލާން ބައްދައިގެން ތިއްބަސް މައްސަލައެއް ނެތެވެ.

  31
  1
 3. އަޙްމަދް

  މިސްކިތުގައި ޖަމާޢަތް ހަދައިގެން ނާމާދުކުރާތި ކަންތަށް ބޮޑުވާ ބަޔަކުވެސް އުޅެއެވެ.

  39
  3
 4. ޜެކިބެ

  ދޫ ދޭއިރު ހަމައެއް ނެތުމުން ތިދައްކަނީ މިހާރު އަނެއްކާވެސް އަކުން ބަކުން ކުޅޭވާހަކަ! ތިކަމުގައި އޮތީ އެއްމެގޮތެއް! ޥެރިމީހާ ގޮޑިން ފޭބުން!

  18
  1
 5. ސަޓޯ

  އިންޑިޔާއިން ކޮރޯނާ ގެނެސް ދެން ކޯޗެކޭތަ ތިވީދެނީ... މިއީވެސް ބީޖޭޕީ ސަރުކާރެއް... އަންނިއަކީ ގެރި

  23
  4
 6. ނަމިކާޒޭ މިނަޓޯ

  ކަލޭމެން ހިތު ހުރިހާ ގޮތަކައް ނަމާދު ކުރާ ގަވައިދު ހަދާކަށް ބިރު ނުގަނޭތަ؟

  8
  1
 7. ސުޖާ ހުޅުމާލެ ވަކަރުގެ

  ވެ ކްސިން ކިއުތަ ކުގަ ތިބެނީ ބައްދައިގެން ؛ ހަމަ އޯ ކޭ ދެއްތޯ

  6
  1
 8. ނާޅި

  ތިޔަބުނާ ކޮވިޑް ފެތުރެނީ ނަމާދު ކުރާއިރު ގައިދުރުކަމެއް ނެތި ނަމާދު ކޮށްގެންތޯ ؟ ބައްލިފެތުރެނީއޭ ކިޔާފަ ދީނީ އަޅުކަންތަކާއި ވެސް ކުޅެނީ އެކަމުގެ އިލްމު ލިބިފައި ނުވާމީހުން !

 9. ނޫރު

  ނޫރު މިސްކިއް ފިޔަވާ.....މި އީ ހާއްސަ މީހުން އަރާ މިސްކިތެއް.

 10. ކޮތަރު

  މިހާރުވެސް މިސްކިތްތައް ފުރިބާރުވެފަ އޮންނަނީ. ބަންގި ގޮވާއިރު މިސްކިތުގަ ނުހުރެވުނިއްޔާ ޖާގައެއް ނުލިބޭ އެއްވެސް މިސްކިތަކުން. ދެން ތިބުނާ ގައިދުރެއް ކުރީމަ މިއޮއްފަދަ ރަމަޟާން މަހުގެ ފަހުދިހައިގަ މީހުން ނަމާދުކޮށް އުޅޭނީ ކިހިނެއް. މިސްކިތްތަކުގަ ޖަމާޢަތުގަ މާތްﷲ އަށް އަޅުކަން ކުރާތީ ދޯ ކޮވިޑް ފެތުރެނީ. "ހިތުން ބޮޑުވަޒީރު" ގެ މަޖިލީހުގަ އާއި ހޮޓާ ތަކާއި ބާޒާރު މަތީގަ އާއި ފިހާރަ ތައް ފަދަ ތަންތަނުގައި ބަނޑުމުސާރަ އަށް ބައްދައިގެން ތިއްބަސް އަދި ދެއިރު ދެދަޅައަށް އިންތިޚާބުތައް ބާއްވައިގެން ފިތިބާރުވެގެން ކިޔު ހަދައިގެންތިބެ ވޯޓު ލިއަކަސް ބައްޔެއް ނުފެތުރޭނެދޯ. މިބަރަކާތްތެރި ރަމަޟާން މަސް ނިމެންދެންވެސް މިސްކިތްތަކާ ބެހިނުގަނެ ތިބިއްުޔާ ވާނީ ކީއްބާ؟