ހއ.ދިއްދޫން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއާއެކު އެރަށުން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 28 އަށް އަރާފައެވެ.

މީގެ ތެރެއިން ފުރަތަމަ ފައްސިވެފައި ވަނީ ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. ދެން ފަހުން ފައްސިވެފައި ވަނީ އެ މިހާއާ ގާތުން އެއްތާވި 24 މީހެކެވެ. އަދި ކަރަންޓީން ނިންމާފައި ޓެސްޓު ހެދި ތިން މީހަކުވެސް ކޮވިޑަށް ފައްސިވެފައި ވެއެވެ.

ދިއްދޫން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން މިހާރު ދެ މީހަކަށް ފަރުވާދެމުން ދަނީ ށ. ފުނަދޫ ކޮވިޑް ފެސިލިޓީގައެވެ.

ދިއްދޫ ފުލޫ ކްލިނިކަށް ދެއްކި މީހަކު ފުރަތަމަ ކޮވިޑަށް ފައްސިވީ މީގެ ދެދުވަސް ކުރިންނެވެ. އޭނާ ކޮވިޑަށް ފައްސިވުމުން އެރަށަށް އަރައި ފޭބުން މަނާކޮށް ރަށް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފެށުމުން މިހާރު ވަނީ އަތޮޅުތެރޭގައި ވެސް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު