ކ. ކާށިދޫ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެެ އަދަދު ފަހަކަށް އަރައިފިއެވެ.

ކާށިދޫ ސިއްހީ މަރުކަޒުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވެފަައި ވަަނީ ގެސްޓުހައުސްތަކުން މިހާތަނަށް ހަތަަރު މީހަކު މި ބައްޔަށް ފައްސިވެފައިވާކަމަަށާއި، ހޯމް ކަރަންޓީނުގައު ހުރި އެެކަކު މިއަދާއި ހަމައަށް ވަނީ ކޮވިޑަށް ފައްްސިވފައި ކަމަށެވެެ.

އަދި މި ބަލީގެ ހާލަތު ދެނެގަތުމަށާއި ބަލި ކޮންޓްރޯލް ކުރުމަށް މި މަރުކަޒާއި ކާށިދޫގައި އުފައްދާފައިވާ ޓާސްކް ފޯހާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުން ކަމަށް އެ އިއުލާނުގައި ވެއެވެ.

މިހާރު އަތޮޅު ތެރޭގައި ގިނަ އަދަދެއްގެ ބަޔަކުވެސް ދަނީ ކޮވިޑަށް ފައްސިވަމުންނެވެ. އެގޮތުން މިހާތަނަށް އަތޮޅު ތެރޭގެ 26 ރަށެއް އޮތީ މޮނީޓަރިންގ ހާލަތުގައެވެ. އަދި މިރަށްތަކުގައި ވޭދަނަތައްވެސް ވަރަށް ގިނަ އެވެ. އެގޮތުން މިހާރުވެސް އަތޮޅު ތެރޭގައި ބަލިޖެހިފައި ތިބި 1500 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ފަރުވާދެމުން ދަނީ ފެސިލިޓީތަކުގައެވެ.

ރާއްޖެއިން މިހާރު ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ، 31،931 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު