ހއ. ދިއްދޫން އިތުރު އަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 65 އަށް އަރާފައެވެ.

މިފަހަކުން އެރަށުގައި އެންމެ ފުރަތަމަ ކޮވިޑްގެ ވޭދަނައެއް ފެނުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭގެ ފަހުން އެ މިހާއާ ގާތުން އެއްތާވި މީހުން ދިޔައީ ކޮވިޑަށް ފައްސިވަމުންނެވެ.

މިހާރު އެރަށުން ފައްސިވި 61 މީހުންނަކީ ފުރަތަމަ ފައްސިވި މީހާއާ ގުޅުން ހުރި ވޭދަނަތަކެވެ.

ދެން ތިބި ހަތަރު މީހުންނަކީ އެރަށުގައި ކަރަންޓީން މުއްދަތު ހަމަކުރުމަށްފަހު ނެގި ސުންކުތަކުން ފައްސިވި މީހުންނެވެ.

އެރަށުން ގިނަބަޔަކު ފައްސިވަމުންދާތީ އެރަށުގައި ހަރުކަށި ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަ

    އަދިވެސް ވޯޓުލާން އަންނަންވާނެ. މީ ކެނެރީގެ ބުއްޅަބޭ ބޭނުންވެގެން އުޅުނުކަތަށް.. ކޮބާހެެޭ މޑޕ ސިރާޖު. ހޮވުނީމަ ފިލީދޯ.. ހެހެހެހެހ