މިހާރު ކޮވިޑް-19 ފެތުރެމުންދާ ފަސް ރަށެއްގައި 12 ގަޑިއިރު ވަންދެން ކާފިއު އިއުލާނުކޮށްފި އެވެ.

އެ ފަސް ރަށަކީ ޅ.ނައިފަރާއި، ކ.މާފުށްޓާއި، އއ.މަތިވެރިއާއި، އއ.އުކުޅަހާއި، ބ. އޭދަފުއްޓެވެ.

އެރަށްތަކުގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމައި އެޗްޕީއޭ އިން ނެރުނު އެންގުމުގައި ވިދާޅުވެފައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލިބިދޭ ބާރުގެ ދަށުންމާދސަމާ އިން ފެށިގެން ވަކިގޮތެއް އަންގަންދެން އެ ރަށްތަކުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ރަށްތަކުގައި ހަވީރު 4:00 އިން އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ.

އަދި އެރަށްތަކުގައި ޕާޓީތަކާއި، ޙަފްލާތަކާއި،ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، ރަށުގެ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމާއި، އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުމަށް އަންގާފައި ވެއެވެ.

އަދިސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ހުރިހާ ކުޅިވަރު ހަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓައިލުމަށާއި، ފިހާރަތަކުން ޚިދުމަތް ދޭއިރު އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ދިނުމާއި، ޓެކްސީގެ ޚިދުމަތްވެސް އެގޮތަށް ދިނުމަށާއި، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށް އަންގާފައި ވެއެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިހާރު ވެސް ބޮޑެތި ގިނަ ރަށްތަކަކުން ކޮވިޑް ފެނި ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު