ރާއްޖޭގެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މައްސަލައިގެ ތަހުގީގަށް އޮސްޓްރޭލިއާގެ ފެޑްރަލް ޕޮލިސްގެ ފުލުހުންގެ ޓީމެއް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައާއެކު، ޤައުމާ މުޚާތަބު ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ މި ކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގަށް ބައިނަލް އަގްވާމީ ފަރާތްތަކުގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސް އިން އަންނަ ހޮނިހިރު ދުވަހު ތަހްގީގަށް ރާއްޖެ އަންނާނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސިފަކުރެއްވި ގޮތުގައި ނަޝީދަށް ދެވުނު ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އަދި ރާއްޖޭގެ އިގްތިސޯދަށް ވެސް ދެވުނު ހަމަލާއެކެވެ. އަދި އެ ކަމުގައި އަޅަން ޖެހޭ ފިޔަވަޅެއް ފަސް ޖެހުމެއް އަޅުއްވާނެ ކަމުގެ ޔަޤީން ކަން ރައީސް ދެއްވިއެވެ.

ރައީސް ނަޝީދަށް ލިބުުނު އަނިޔާތަކަށް ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ. ރައީސް ސޯލިހް ވަނީ ރައީސް ނަޝީދުގެ އަރިހަށް ޒިޔާރަތް ވެސް ކުރައްވައިފައެވެ.

ނަޝީދަށް ހަމަލާދީފައި ވަނީ، މަޖީދީ މަގާއި ނީލޯފަރު ހިނގުން ގުޅޭ ކަންމަތީގައި މިރޭ 20:30 ހާއިރެވެ. އެ ހަމަލާ ދީފައި ވަނީ ކެނެރީގެ އިން ނުކުންނަވައި، ހިންގަވާފައި ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ.

މި ހަމަލާގައި ރައީސް ނަޝީދާ އެކު، ތިއްބެވި ތިން ހަށިފާރިވެރިންނަށް ވެސް ފަރުވާ ދެމުންދާ އިރު، ސިފައިންގެ އެ މީހުނަށް ފަރުވާ ދިނުމަށް ފަހު ހާލަތު ރަނގަޅު ވުމުން ދަނީ ދޫކޮށްލައިފައެވެ.

ރައީސް ނަޝީދާއި ސިފައިންގެ މީހުންގެ އިތުރުން އެ ސަރަހައްދުގައި އޭރު ތިބި ބައެއް އާންމުންގެ މީހުންނަށް ވެސް އަނިޔާ ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި މި ނިރުބަވެރި ހަމަލާގައި ނަޝީދުގެ ބޭރު ފުށުން ވަރަށް ގިނަ ޒަހަމްތައް ފެންނަން ހުއްޓެވެ. ބައެއް ޒަހަމްތައް ފަހައި، އަނެއް ބައި ޒަހަމްތަކުގައި ވަނީ ބޭސް އަޅައިފައެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ވަރަށް ގިނަ ފަރާތްތަކުން ވަނީ ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ތައްކާނު

  އެއވެސް ޟިިހެއްގެ ފުރާނަޔަށް ގެއްލުނ ދިނުމަކީ ތާއިދު ކުރާ ކަމެއްނޫން އެކަމަކުވެސް ދީނަށް ފުރައްސާރަ ކުރާ ކޮންމެ މީހަކަށް ވެސް މާތް ރަސްކަނލާގެ ބަލާއާއި މުސީބާތާއި ކުރިމަތިލާން ޖެހެނެކަން ހަނދާން ކުރަންވާނެއެވެ.

  27
  4
 2. ޅަގުރާ

  ދިވެހި ފުލުހުންގެ ސައިޒު، ބޭރުން މީހުން ގެނެސްގެން ނޫނީ ވާނުވާއެއް ނޭނގޭ

  28
  2
 3. ޟެނ

  ނަސީބެއް އިންޑިއާ ނުގެނަައިކަން...

  23
  1
 4. އަލީ

  އަނެއްކާ އެތަށް މިލިއަން ޑޮލަރެއް އެދުއްވާލަނީ. ރައްޔިތުން އަނގަޔާ އަތާދިމާނުވެގެން މިއުޅެނީ. ދިވެހި ފުލުހުންނަށްވެސް ތިކަން ކުރެވޭނެ

  21
  1
 5. ނަގުލު ފިއްތި

  އަނެއްކާ އެތަށް މިލިއަން ޑޮލަރެއް އެދުއްވާލަނީ. ރައްޔިތުން އަނގަޔާ އަތާދިމާނުވެގެން މިއުޅެނީ. ދިވެހި ފުލުހުންނަށްވެސް ތިކަން ކުރެވޭނެ. ކަލޭމެން ތަހުގީގް ކުރުވަން ބޭނުން ނުވެފަ ހުރި މައްސަލަތަށް ދިވެހި ފުލުހުންނަށް ތަހުގީގް ނުވެގެން އުޅެނީ.

  16
  1
 6. vaanuvaa

  Hamalaa dhin meehaa cctv ah araafa hury. Emyhaa dheneganevijje. Dhen keehkuran beytun genna bae. Mithaa rf gina kun dww adhives

  15
 7. ޢައްޑު

  މަޜުކޮމިޝަންތަައްކޮބާ.
  ޢޮސްޓރްރ ރޭލިއާއަކީ މީހުނގެ ފުޜާނަތައް ދާގޮތް އެނގޭ ޑިވައިސް އެއްދޯ. ޢަފް ރާޝީމް މައްސަލަ ކޮބާ؟ ޒުވާން ނޫސްވެ ރިޔާ މަ ރު ކޮބ؟ ހަންޑިމަ ރެއްނުވޭ. ކިއްކު ރަން ގެންނަބައެއް. މގައުމު ފލުހުންނަށް ބެލޭނެ

  ޢެޖެންޑާ19އަންނަމުން ބުނި މަ ރުތައް ތަޙު ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ގީގުކު ރާނަމޭ 100ދުވަހުން. ކޮންކަމެއްވީ؟

  13
  1
 8. އެންޑީ

  އެމްސީ ހަމީދުގެ ބެސްޓް ފްރެންޑް ފައިރޫޝް ގެންނާތި

  11