ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހުންނަ މަގުގައި ސައިކަލު ޕާކު ނުކުރެވޭ މަގަކަށް ހަދައިދިނުމަށް މީގެ ދެ މަހެއްހާ ދުވަސް ކުރިން އެމްއެންޑީއެފް އިން އެދިފައިވާކަން ހާމަވެއްޖެ އެވެ.
އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ހަމަލާދިން މައްސަލަ ފެންމަތިވި ފަހުން މިކަން ހާމަވެފައިވާއިރު، މިދިޔަ މާރިޗް މަސް ތެރޭގައި މާލެ ސިޓީ ކައުންސިލުން ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ރައީސް ނަޝީދު މިހާރު ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅު ކެނެރީގެ ހުންނަ ނީލޯފަރު ހިނގުން މަގަކީ ހަނި ގޯޅިއަކަށް ވެފައި އަދި އެ ގޯޅީގެ އެއްފަރާތުގައި ސައިކަލް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެ މަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވާކަމަށް ޑިފެންސް މިނިސްޓްރީން އިދާރާއަށް އަންގާފައިވާ ކަމަށެވެ.
އަދި އެ މަގު ސައިކަލް ޕާކު ނުކުރެވޭ މަގަކަށް ހަދައި ދިނުމަށްވެސް އެދިލައްވާފައިވާ ކަމަށް އެ ސިޓީގައި ވެެއެވެ.
އެހެންކަމުން، ނީލޯފަރު ހިނގުން ވެހިކަލް ޕާކު ނުކުރެވޭ މަގަކަށް ބަދަލު ކުރުމަށް އެ ސަރަހައްދުގައި ޕާކު ކޮށްފައިވާ ވެހިކަލްތަށް ޕާކުކުރުމަށް ޖާގައެއް ހޯދާ ދޭން ޖެހޭނެކަމަށް ދެކޭ ކަމަށް މާލެ ސިޓީ ކައުންސިލްގެ ސިޓީގައި ވެއެވެ.
"އެގޮތުން އެ ސަރަޙައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތަށް ޕާކުކުރުމަށް މިވަގުތު ޖާގައެއް ހެދުމަށް އެންމެ އެކަށޭނެ ޖާގައެއްގެ ގޮތުގައި ބެލެވެނީ ބިއްލޫރި ޖެހިގެއިންކަމުގައި ވާތީ އެ ސަރަޙައްދުގައި ޕާކިން ޒޯންއެއް ހެދުމުގެ ހުއްދަ ދެއްވުން އެދެމެވެ". މާލެ ސިޓީ ކައުންސިލްގެ ސިޓީގައި ވެއެވެ.
ރައީސް ނަޝީދަށް އެ ހަަމަލާ އަމާޒުވެފައި ވަނީ މަޖީދީ މަގާއި ނީލޯފަރު ހިނގުން ގުޅޭ ކަންމަތީގައި ރޭ 20:30 ހާއިރެވެ. އެ ހަމަލާ ދީފައި ވަނީ ރައީސް ނަޝީދު ކެނެރީގެ އިން ނުކުންނަވައި، ހިންގަވާފައި ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މި ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކަށް ނަޝީދު މިހާރު ގެންދަވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ.
ދެން ނުބާލާހުރި ތަރިތަށްވެސް ބާލާތި.
އަދިވެސް މާލޭގެ މަގުތަކުގައި ޖާގަ ގިނަކަމުންދޯ؟ އެމަނިކުފާނުގެ ގެ އެހެންތާކަށް ބަދަލުކުރަންވީނޫންތޯ؟
ސާބަހޭ މާލޭ ސިޓީ މޭޔަރު ޝިފާ. ރަގަޅައް އެއްކަމެއްވެސް ކުރަން އިނގޭކަމަކައް ނުހެދޭތި އިނގޭ.... އެންމެފަހުން އަނެއްދިވެހި ރާއްޖެ އެއޮތީ އައިސީޔޫގަ