ރޭ މާލޭ ނިލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައިގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނިރުބަވެރި ހަމަލާއަށް 24 ގަޑިއިރުވެގެން ދިޔަ އިރުވެސް ފުލުހުންގެ ހައްޔަރަށް މީހަކު ގެންގޮސްފައިނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ނަޝިދަަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި ހާދިސާ ގައި އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނާއި، އިނގިރޭސިވިލާތުގެ ފިރިހެނެއްގެ އިތުރުން ދިވެހި ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ. ނަޝީދަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ސާޖަރީތަކެއް ހެދުމަށް ފަހުވެސް ނަޝީދުގެ ހާލު ސީރިޔަސް ކަމަށް އޭޑީކޭއިން ވަނީ ވިދާޅުވެފައެވެ. މި މައްސަލާއާ ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށް މިއަދު މެންދުރު ބޭއްވި ޕްރެސްކޮންފަރެންސެއްގައި ފުލުހުން ވަނީ ވިދާޅުވެފައެވެ. އިތުރު މައުލޫމާތު ފުލުހުނެއް ނުދެއެވެ.

ނަޝީދަށް ދިން ހަމަލާގެ ފަހުގެ މައުލޫމާތު ހޯދުމަށް ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން މީޑިއާ އޮފިޝަލް ވިދާޅުވީ، އަދި މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިނުވާ ކަމަށެވެ. މި ހާދިސާއާ ގުޅޭ މައުލޫމާތު ފުލުހުންގެ ޝޯޝަލް މީޑިއާ މެދުވެރިކޮށްދެމުންދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އިންޓެލިޖެންސަށް އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމަނިކުފާނަށް ދިން ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ހޯދާ ވީހާވެސް އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސިޔާސީ ފަރާތްތަކުގެ އިތުރުން އާއްމު ރައްޔިތުން ދަނީ ގޮވާލަމުންނެވެ. މި ހަމަލާ އަކީ ރާއްޖޭގެ ޑިމޮކްރަސީގެ އިތުރުން އިގްތިސާދަށްވެސް ދިން ހަމަލާއެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސިފަކުރައްވާފައެވެ. ހާދިސާ ތަހުގީގަށް އޮސްޓްރޭލިޔާގެ ފުލުހުން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޖ7060ހ

  އަލީ ވަހީދު ފު ރުވާލިގޮތަށް ހިމާޔަތްދީ ފު ރުވާލީތަ؟
  މިކަން ކު ރީ ކޮންބައެއްކަން ޝައްކުވިޔަސް ހައްޔަ ރުކު ރަންޖެހޭނެ.
  24 ގަޑިއި ރުވީއި ރު ރާއްޖޭގަ ހު ރެގެންނުވާނެ ފުލުހުންނަށް މިކަމުގަ ނުވަދެވޭނެ ގެއެއް އިމާ ރާތެއް. ކިތަންމެ ސަ ރުކާ ރުގެ ބޮޑު މީހެއްގެ ގެޔަށްވިޔަސް.

 2. ޓިނޭ

  ގައިމު މީގޮލާގެ 2 ފައިވާން ކިބައޯ މަގުމަތީ އޮތީ..އެކަމު މިހަބަ ރު ގަ އެއޮތީ ފައިގައެ 2ކިބަވެސް🤨

  12
  1
  • ހިމާ

   ނަޝީދު ގެންދިޔައީ ކާ ރުގަ، ތިޔަކީ ބޮޑީގާޑެއް.

 3. ކަޅުބެ

  އެތެރޭގެ ކަމެއްކަމުގައި ނުވެހިގައިދާނެބާ ...

 4. ޅަބޭ

  ތިމައްސަލާގަ އެކެއްވެސް ހައްޔަރުކުރާކައް ނުކެރޭނެ. ތިސަކަރާތް ޖަހާފަ ތިއޮތީ އެމްޑީޕީ އެތެރޭން. ސަރުކާރައް ކެރޭނެތަ އެމްޑީޕީ ސަރުކާރު ވައްޓާލަން؟؟ ....... އޭ ނަޝީދު ކަލޯ ޙާދަ އަރާމުކޮއް ތިއޮތީ އެމްބިއުލާންސުތެރޭ ޖައްސާލައިގެން؟ ތީތަ މީޙުން އެމަޖެންސީގަ އެމްބިއުލާންސުތެރޭ އޮންނަގޮތަކީ؟؟؟ ޕޮޕޮޕޯ

 5. މޫސާ

  24 ގަޑިއިރުވީ އިރުވެސް މީހަކު ހައްޔަރު ނުކުރުމުން އެބަ އެނގޭ ކަންތައްތަށް ތަހުގީގު ކުރެވޭ ފެންވަރު. ސިފައިންނާ ޕޮލިހުން ތިބެނީ ބޮޑު މުސާރަނަގައިގެން ކައިގެން ފަލަވާން.

 6. ސަހަރޯ

  ދެން ޑީއެޗްއެލް އިން ނޫނީ އަލީ އެކްސްޕްރެސް އިން ގެނެވޭތަ

 7. ސަހަރޯ

  ސަހަރޯ އެއީ ނަޝީދުގެ ބޮޑީ ގާޑު. ނަޝީދު ގެންދިޔައީ ހުދު ކާރެއްގައި. އޭނާ ހުރީވެސް ހުދު ގަމީހެއް ލަައިގެން. މީހަކު ހީހީ ހޭބަލިވެދާނެ ނަޝީދު ހޮސްޕިޓަލްއަށް ގެންދަނީ އޯ. ނޭނގުނަސް ދޮގެއް ވިޔަސް ލިޔާތި

  3
  1
 8. އުމަރު

  އެމް ސީ ހަމީދު ފުލުހުން ލައްވާ ކުރުވަނީ ކީއްބާއޭ ހިތައްއަރާ، އަދި ވާހަކަ ދެއްކި އިރުވެސް ތިމާ މެންގެ އެއްވެސް ޒިއްމާއެއް މިގަވްމާމެދު އޮތްކަން ކުޑަކޮށް ވެސް ހިޙްސާސް އޭނާއަށް ވާހެނެއް ހީއެއްނުވޭ. މި ކޯރވިޑްގެ ދުވަސްވަރު ވެސް މިމީހުންގެ އެއްވެސް ދަވްރެއް ނުފެނޭ.. ހަލާކުހުރި، ދަވްލަތުން ކުރާހާ ހަރަދު ދެކިބަލަ.

 9. ޅައިމަގު

  ކޮބާ ފަހުން އުފެއްދި ޕޮލިސް ބޯޑު. މަނާަގޭ ފާއިޒު، ނިދާފަފަތަ ތިބީ