ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހުކުރު ވިލޭރޭ ދިން ނިރުބަވެރި ހަމަލާ އާއި ގުޅޭ އެއްވެސް ހެއްކެއް، ނުވަތަ މައުލޫމާތެއް އެނގޭ ފަރާތެއް ހުރިނަމަ އެކަން އޮންލައިންކޮށް ފުލުހުންނަށް ހުށަހެޅޭނެ އިންތިޒާމް ފުލުހުން ހަމަޖައްސައިފިއެވެ.

ފުލުހުން ވިދާޅުވީ އޮންލައިންކޮށް ފުލުހުންނަށް މައުލޫމާތު ހުށަހަޅާ ފަރާތްތަކުގެ ވަނަވަރު ސިއްރު ކުރާނެ ކަމަށެވެ.

ފުލުހުން ވިދާޅުވީ މެއި 06 ވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާ އާއި ގުޅުންހުރި މައުލޫމާތެއް، ފޮޓޯއެއް، ވީޑިއޯއެއް ނުވަތަ ޝައްކު ކުރެވޭ އެއްވެސް މައުލޫމަތެއް ހުރިނަމަ ފުލުހުންނަށް ހުށަހެޅުން އެދޭކަމަށެވެ.

އޮންލައިންކޮށް މައުލޫމާތު ހުށަހަޅާ ލިންކް

ފުލުހުން ވަނީ ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރަމަށް ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. محمد نسيم

    ނުކު ރެވޭނެ ތިމީހުންނަކަށް އެއްވެސް މީހެއްގެ ވަނަވަ ރު ސިއްރެއް

  2. އަބްދުﷲ

    ތިގޮތަށް ސިއް. ރުކު...ރަން ބުނާ ކަންކަން އޮންނަނީ ފަޅާއަ..ރާފަ. އަހަރުމެންގެ ޢާއިލާތަކާއި އަނބިދަ ރިން ގަޔަށް ވަޅިހަ ރާތަން ދެންފެންނާނީ.

  3. ޕޮގުބާ

    ކާކުތަ.. ތިކަމުގެތެރެއަށ..ވަންނަހިތުން ...އުޅެނީ..ތިކަންބަލަންޖެހޭމީހުންނަށް ..ނުބެލުނީމަ ..ދެން.ކާކަށް..ފެންނަންޖެހެނީ

  4. ޝައްފަ

    ފޯނު ނަންބަރެއް ނެތް ތަ ؟