ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ބާ އިންޖީނުގޭ ހުންނަ އަލިކިލެފާނު މަގުގައި ހުންނަ ގެއެއް ފުލުހުން ބަލައި ފާސްކުރަމުންދާއިރު، އެ ސަރަހައްދުގައި ހުރި "ވަގުތު" ގެ ނޫސްވެރިއަކު ރިޕޯޓް ކުރި ގޮތުގައި ދެ މީހުން ހައްޔަރު ކުރި ކަމަށް ފުލުހުން ބުނި ފަހުން އިތުރު މީހަކު ހައްޔަރުކޮށްގެން ފުލުހުންގެ ޖިޕަށް އެރުވި ކަމަށެވެ. އެ ގެއަކުން އެ މީހާ ގެންދިޔައިރު ހުރީ މޫނު ނުފެންނަ ގޮތަށް އެއްޗެއް އަޅުވައިގެން ކަމަށް މައުލޫމާތު ދިނެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން އިރު އެ ވަގުތު މީހަކު ދުވެފައިދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޫޖްގެ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވިއިރު އެ ފުޓޫޖްތަކަކީ އަތަމާ ޕެލެސްގެ ސީސީޓީވީއާއި ބާ އިންޖީނުގޭ ހުންނަ މަގުގައި ހުންނަ ސީސީޓީވީއެއްގެ ފުޓޭޖެއްގެ ފޮޓޯ ކަން ވަނީ ކަށަވަރު ކުރެވިފައެވެ. އެ މީހަކު ދުވެފައި ދަނީ ވެސް ބާ އިންޖީނުގޭ ހުންނަ މަގުންނެވެ.

އެ މަގުގައި ހުންނަ ގ. ގަދަފެހި ގެއިން ތިން މީހަކު ހައްޔަރު ކުރިއިރު އެ މީހުންގެ ތެރޭގައި ސީސީޓީވީ ފުޓޭޖުން ފެނުނު މީހާ ވެސް ހިމެނޭ ކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ބައިނަލްއަގްވާމީ އެހީތެރިކަން ވެސް ލިބިގެންނެވެ. މި ގޮތުން މި ތަހުގީގުގައި އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސްގެ ފަރާތުން އިނގިރޭސިވިލާތުގެ ދެ މާހިރުން ބައިވެރިވާއިރު، މިއަދުގެ ވަގުތެއްގައި އޮސްޓްރޭލިއާގެ ފުލުހުންގެ ދެ ފެޑެރަލް އޮފިސަރަކު ރާއްޖެ އައިސް ތަހުގީގުގައި ބައިވެރިވާނެއެވެ. އެމެރިކާއިން ވެސް ވަނީ އެހީތެރިކަން ދޭނެ ކަމަށް ބުނެފައެވެ.

ރައީސް ނަޝީދަށް މިހާރު ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމަށާއި މިހާރު ވާހަކަފުޅު ދެކެވެމުން އަންނަ ކަމަށް އާއިލާއިން ބުނެއެވެ. އެމަނިކުފާނު އިތުރު ފަރުވާއަށް ސިންގަޕޫރަށް ގެންދިއުމަށް ވެސް މަޝްވަރާ ކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ކޮތަރު

  އާވައްތަ ރެއްގެ ކޮވިޑެއްފެނުނީދޯ ؟

  26
  10
 2. ރޭވަން ޓޫ

  ޖޯންއޮފްކެނެޑީއަވަހާކޮށްލިދުވަހު އިއްތިފާގަކުން އެތާކައި ރީގަ
  އަހަންނަށްހު ރެވުނު .. އެކަމަކު
  މިހާވަ ރުވެގެންއުޅުނުތަނެއްނުދެކެން. މިމީހުންހާދަސުމާޓޭދޯ ؟؟ ހިތަށްމިއަ ރަނީ ހަމަ ރޫހާނީލީޑަ ރުވީމަބާއޭ މިހާވަ ރުމިވަނީ؟

  27
  17
  • ސަކޫން

   ޜޫހާނީ ލީޑަ ރ ވީމައެއްް ނޫން ޑޮކްޓަރުންނަނީ ފުރާނަ ސަލާމަތްް ކުރަން ތިބޭ ބައެއް އަނެއްކާ މިފަދަ ބޮޑު ނުރަްްކާތެތި ކަމަކުން މީހަކު ސަލާމަތްް ކުރުމަކީ އެކަމުގަ ބައިވެރިވި ޑ ރ. ނަށާ ހޮސްޕިޓަލް އަށް ވެސްް ދުނިޔޭގެ ސަމާލުކަން ވެސް ލިބޭނެ ކަމެއް އަދި އަންނި ކަހަލަ ފަރަންޖީންގެ ގާތުގަ މަގުބޫލު މީހެއްގެ ފުރާނަ ސަލާމަތް ކުރުމަކީ އެއަށްވުރެވެސް ބޮޑު ސަމާލު ކަމެއް ލިބޭނެ ކަމެއް

   11
   11
  • ޜޯނު

   ބޭކާރު ގަޅިނުތަޅާ ހުރެވޭތޯބަލާ.

   6
   1
 3. ވެރިން

  ހަށިކޮޅު ،ކާ ރުކޮޅު، ފު ރާނަ ފުޅު، ހާލުކޮލު،ވާހަކަފުޅު ހަމަ ހިނި އައްނަނީ

  42
  15
  • އައިލް

   މިއަދު އިން ނޫހުގަ "ބަނޑުކޮޅު". މަ ހީހީ ހީ

 4. ގެރި

  އެހެންތާ ވާނީ ރޫހާނީއެއްޗެއް
  ވިއްޔާ

  8
  3
 5. ޕޮގުބާ

  އަވަހަށްބުނޭ ރައީސްޔާމީން ބުނެގެންކު ރިކަމެކެ އޭ ރަށް ސަލާމަތްވާނީ އެންމެ އަވަހަށް

  7
  4
 6. އަބްސީ

  މިޤައުމުގެ ބަޖެޓް ކާލި ވަގުން ތަށް ބޭރުގެ އެހީގަ ތިގޮތަށް ނުހޯދިގެން މިއުޅެނީ ކީއްވެގެންބާ؟

  9
  2
  • ފުންވާޑު

   ކަލެއަށް އެކަނި ވަގު ނޭންގިގެން ތިއުޅެނީ....

 7. Anonymous

  މީހުންނަށްމަލާމަތްކުރިޔަސްތިތިއިބޮޑުވަރެއް. ކަލޯމެއްނޭ....