ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދޭ ވީޑިއޯ އާއި އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ މައުލޫމާތު ފުލުހުން އާއްމުކޮށްފިއެވެ.

ފުލުހުން އެ ވީޑިއޯ އާންމު ކޮށްފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާރު ފުލުހުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން ފުލުހުން މިއަދު އާންމު ކުރި ވީޑީއޯ ފުޓޭޖުން ފެނިގެން ދަނީ ރައީސް ނަޝީދު ގެކޮޅުން ނުކުމެ ވަޑައިގެން ކާރަށް އަރާ ވަޑައިގަތުމަށް ހިންގަވާފައި ގޮސް މަޖީދީ މަގާއި ނީލޯފަރު ގުޅޭ ކަންމައްޗާ ހިސާބުން އެތަނުގައި ޕާކު ކޮށްފައި ހުރި ސައިކަލާއި އަރާ ހަމަވި ވަގުތު ގޮއްވާލާ މަންޒަރެވެ.

މި ބައްދަލުވުމުގައި ފުލުހުން ވަނީ މި ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައިވާ ދެ މީހުންގެ ވަނަވަރު ވެސް އާންމު ކޮށްފައެވެ.

އެގޮތުން ހައްޔަރު ކޮށްފައިވާ ދެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޫޅުމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ.

ފުލުހުން ވިދާޅުވީ، ތަހުގީގަށް ހައްޔަރު ކޮށްފައިވާ ދެމީހުންނަކީ އެކި ކަހަލަ ތުހުމަތު ތަކުގައި މީގެ ކުރިން ހައްޔަރު ކޮށްފައިވާ މީހުން ކަމަށެވެ. މި ހާދިސާ އާއި ގުޅިގެން ފުލުހުން މީގެ ކުރިން ވިދާޅުވީ، ހަތަރު މީހަކަށް ތުހުމަތު ކުރެވޭ ކަމަށެވެވެ.

މިދެމީހުންގެ އިތުރުން މިމައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދާ އެންމެ މުހިންމު މާހާ ފެންނަ ސީސީޓީވީ ފުޓޭޖެއްވެސް ފުލުހުންވަނީ ޢާއްމުކޮށްފައެވެ.

ފުލުހުން ވަނީ ހަމަލާއާއި ގުޅިގެން މައުލޫމާތު ނުވަތަ ހެކި ހުށަހަޅަން ބޭނުންވާ ނަމަ ފުލުހުންގެ ޙާއްސަ ޕޯޓަލް އާއި ހޮޓްލައިނަށް ގުޅުއްވުމަށް އިލްތިމާސް ކޮށްފައެވެ. މި ގޮތުން 9704000 އަށް ގުޅުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ﷲގެ އަޅާ

  މާތް ރަސޫލް ސައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށްވެސް ހުތު ރު އަ ރުވަން އުޅޭ މަގު ގެއްލިފައިވާ ބައެއް .

  42
  15
 2. ބޮލުރޮދި

  ފުލުހުންގެ އިލްތިމާސަކީ ހަމަލާގެ ވީޑިއޯ އާއި ފޮޓޯ މީސްމީޑިއާގައި ނުފެތުރުން (މީގެ 2 ގަޑިއިރު ކުރިން

  27
  5
 3. ގަދޮދި907

  ހުސް އެމްޑީޕީ މެންބަ ރުންދޯ.. އަންނިގެ ދަ ރި ބުނިގޮތަށް އެތެ ރޭގެ ރޭވުމެއްކަން ތިއޮތީ ފަޅާއަ ރާފަ... ދެން ބަލަންވީ ކޮން ބު ރޯ އެއްތޯ ތިކަމަށް
  ހަ ރަދުކު ރީ.

  51
  4
  • ޢަހޮމަދު

   ކިހިނެއްތޯ އެގޭނީ ވަގައްނެގި ފައިސާ ގޯނިގޯނީގަ ބަހާމިހުން ފައިސާގޯންޏެއް ދީގެންނޫންކަމެއްވެސް.

   13
   19
   • Anonymous

    އެފައިސާ ނެގީވެސް ތި މޑޕ މުއްލާއިން.

   • Anonymous

    މމޕރސ ގެ ފައިސާ އެންމެ ގިނައިން ނެގިކަމަށް ލިސްޓުގަ އޮތީ މޑޕ މީހުން. ގޯނި ފެނުނީމަ ހެއެއްނެތް. ތިކަހަލަ ގްރާސްލެވަލް ސޮރަކަށް ކަރުތެއްމާލަންވެސް ނުލިބުނުދޯ؟

 4. ޢަގީލަންބާ

  މިއަށްވުރެ ކަންނެތް ފުލުހުން އުޅޭ ޤައުމެއް މުޅި ދުނިޔޭގަވެސް ނޯންނާނެ. މިމީހުންނަށް ހޭލެވޭނީ ސިޔާސީ މީހަކަށް ކަމެއްވެއްޖެއްޔާ

  67
  6
 5. އަޅު

  😦 ޔާﷲ

 6. ގުއިނިއްކުރި

  ޢަވަހަށް މަ ރުގެ 25ޖަހާފަ ޖަލަށްލާ ޕެ ރޯލް ނުލިބޭނެހެން

  3
  2
 7. އާވިމް

  ވީޑިއޯނޭގީ ކިހިނެތް؟ ސަޕޯޓަރެއްބާ؟ ނޭގެ.

  22
 8. އާލިމް

  މިހާރު ކެމެރާތައްވެސް ބަރާބަރަށް މަސައްކަތް ކުރޭތާ އެބަ. ކިހާ އަވަސް މީހުން ހޯދުނުލެއް. ކޮންމެ ކުށެއްވެސް މިހާ އަވަހަށް ހޯދޭ ހިސާބަށް ދިޔައިމަ ދިވެހިން ފުލުހުން ބަލައިގަންނަން ފަށާނީ ދެން.

  16
  1
 9. ކަލަމިންޖާ

  މިވީޑިއޯ ފެންނަގޮތުން ހީއެއްނުވޭ މިއީ ސެކިއުރިޓީކެމެރާއެއް ނުވަތަ ތަނެއްގަ ހަރުކޮށްފައިހުރި ކެމެރާއެއްގެ ފުޓޭޖެއް ހެނެއް..

  9
  2
  • ބްލެކް ނިންޖާ

   ވެދާނެއެއްނު ފޯނުން ފުޓޭޖުގެ ވީޑިއޯ ކޮށްފަކަމަށް.

 10. ރައްޔަތުން

  ހަގީ ބަޔަކީ އަންނި އަށް އެވެސް ގެއްލުމެއް ނުވޭ. އޭޑީކޭ ތީ އެމްޑީޕީ ބޯޑެއްގެ ހޮސްޕިޓަލެއް. މީ ހަމަ ކުޅުނު ފިލްމެއް

  15
  2
 11. Anonymous

  ޕީޕީއެމްގެ ރޭވުމެއްގެ ވަސް އަރާހެން ހީވަނީ. ބަދަލު ހިފުމެއް 🤔 ޕްލޭން ފްލޮޕް ވެފަ އެކަމަކު ތިއޮތީ

  3
  21
 12. Anonymous

  ފޮރޭމް ކޮއްފައިވާ 2 މީހުން. ސަރުކާރު އަޑީގައި އޮވެގެން ކުރާ ކަމެއް