މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އުތުރުގެ ހަތް އަތޮޅަަކަށް ހަތް އަތޮޅަކަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން އޮރެންޖް އިންޒާރު ނެރެފި އެވެ.

މެޓް އިން ނެރުނު އިންޒާރުގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެެން ޅ އަތޮޅާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ.

އަދި އެ އިންޒާރުގައި ބުނެފައި ވަނީ ގަޑިއަކު 34 މޭލާއި 40 މޭލު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.

އެ އިންޒާރުގެ މުއްދަތު ހަމަވާނީ އިރުއޮއްސި 6:30 އަށެވެ.

ރާއްޖޭގެ ބައެއް ސަރަހައްދު ތަކުގެ މޫސުން ވަަރަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ބުނެފައި ވެއެވެ.