ކޮވިޑް ޖެހިގެން ރާއްޖެ އިން އިތުރު ދެމީހަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮޮތުގައި ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ ދެމީހުންނެވެ.

އެއީ 85 އަހަރުގެ ފިރިހެނަކާއި 64 އަހަރުގެ ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެޗްޕީއޭ އިން ވެސް ވަނީ ކޮވިޑް ޖެހިގެން ރާއްޖެ އިން އިތުރު ދެމީހަކު ނިޔާވެފައިވާކަން ދެންމެ ކަށަވަރު ކޮށްދީފައެވެ.

އެޗްޕީއޭ އިން ވިދާޅުވީ 86 އަހަރުގެ މީހާ ނިޔާވީ ރޭ 02:24 ގައި ކަމަށާއި 64 އަހަރުގެ މީހާ ނިޔާވީ މިއަދު ހެނދުނު 06:30 ގައި ކަމަށެވެ.

މިއަދު ކޮވިޑް ޖެހިގެން ނިޔާވި ދެމީހުންނާއިއެކު ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 89 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ ނިސްބަތް ވެސް އަންނަނީ އިތުރުވަމުންނެވެ.