މޫސުން ވަރަށް ގޯސްވެ، ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ނެރުނު އޮރެންޖް އިންޒާރުގެ ވަގުތު ތިން ވަނަ ފަަހަރަށް އިތުރުކޮށްފިއެވެ.

މެޓް އޮފީހުން މިއަދު އުތުރަށް ފުރަތަމަ އިންޒާރު ނެރުނީ މިއަދު މެންދުރު 15:15 ގައެވެ. އެ މުއްދަތު މިއަދު މެންދުރު ފަހު 5:15 އަށް ވަނީ ހަމަވެފައެވެ. އަދި މިއަދު ހަވީރު ނެރުނު އިންޒާރުގެ މުއްދަތު 7:15 އަށް ހަމަވިއިރު، މީގެ އިރުކޮޅެއް ކުރިން މެޓް އިން ވަނީ އިތުރު އިންޒާރެއް ނެރެފައެވެ. އެ އިންޒާރުގެ ވަގުތު ހަމަވާނީ މިރޭ 22:15އަށެވެ.

މެޓުން އިންޒާރު ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން ޅ އަތޮޅުގެ ރަށްތަކަށެވެ.

އެ އިންޒާރުގައި ބުނެފައި ވަނީ، އމި ސަރަހައްދުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށާއި، ގަޑިއަކު 34 މޭލާއި، 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދާވެނެ ކަމަށެެވެ.

އަދި ކަނޑުތައް ގަދަވެ، ބައެއް ރަށްތަކަށް ރާޅު އަރާފާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑީމަކްރަތީ

    ބަލަ ހިންނަރު އިބުރާހިމު ހުސްއެކަނި ފޯރމުލަކުގެ ހާލުބެލީމާނިމުނީތަ؟؟ކޮބައި އެހެނިހެންއަތޮޅުތައް ؟ވެރިކަމަންގެނައީ ހުރިހާ އަތޮޅުން މުޅިގައުމުހަލާކު ކޮވެޑް ކަންޓްރޯލްނުވި މުޅިންއިނަޑިޔާ ލައްޑޫ އަވަހައްސާލްބުނެފަރަށައްދުރުވެ؟؟