އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު މެއި މަހުގެ 29 ވަނަ ދުވަހު ބާއްވާ ގޮތަށް ތާވަލުކޮށްފައި އޮތުމަށްފަހު، އިންތިހާބު ފަސްކޮށްފިއެވެ.

އެމްޑިޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިންތިހާބު ފަސް ކުރަން ނިންމާފައި ވަނީ މި މަހުގެ ހަވަނަ ދުވަހުގެރޭގެ ބޮމުގެ ހަމަލާއެއްގެ ޒަހަމްވެވަޑައިގެން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަރުވާހޯއްދަވަމުން ގެންދަވާތީ ކަމަށެވެ

އެހެންކަމުން މިވަގުތުގައި މިޕާޓީގެ ދާއިރާތަކުގެ އިންތިހާބު ބޭއްވުމުގެ މަސައްކަތައިގެން ކުރިއަށް ގޮސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހުގައި އެ އިންތިހާބު ބޭއްވުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެން ކަމަށް އެ ޕާޓީން ބުނެއެވެ.

އެ ޕާޓީން ބުނީ، ދާއިރާތަކުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކަނޑައެޅުމަށްފަހު އިޢުލާނު ކުރާނެ ކަމަށެވެ.

އިންތިހުބު ފަސްކުުރި ނަމަވެސް އެ އިންތިހާބާއި ގުޅޭގޮތުން ޕާޓީން މިވުގަތަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް މިހާރު ވެސް ބައެއް ބޭފުޅުން އަންނަނީ ކެމްޕޭން ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު