ބޮމުގެ ހަމަލާއެއްގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ފޮޓޯތައް އާންމު ކޮށްފިއެވެ.
އެމަނިކުފާނުގެ އެދިލެއްވުމުގެ މަތިން މި ފޮޓޯތައް އާންމު ކުރެއްވީ، ރައީސް ނަޝީދުގެ ބޭބެ ޑރ. އިބްރާހިމް ނާޝިދެވެ. ޓްވީޓާގައި އޭނާ އެ ފޮޓޯތައް ޚިއްސާ ކުރެއްވުމަށް ފަހު ވިދާޅުވީ ރައީސް ނަޝީދުގެ ހަށިކޮޅަށް ލިބިވަޑައިގަތީ ނުރައްކާތެރި ޒަޚަމްތަކެއް ކަމަށާއި، އެކަމަކު ހާލުކޮޅު ގަދަފަދަ ވަމުން އަންނަ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ.
Anni asked me to share these photos with wveryone. They are as they are. Damage to the body is serious, but I feel the will has got stronger. @MohamedNasheed pic.twitter.com/q66BkIvzpc
— Nash (@i_nashid) May 15, 2021
ޑރ. ނާޝިދު އެ ފޮޓޯތައް އާއްމުކުރެއްވިތާ މާ ގިނަ އިރުތަކެއް ނުވެ ރަައްޔިތުންގެ މަޖިލީހުގެ އިދާރާއިންވެސް ވަނީ އެ ފޮޓޯތައް އާންމު ކުރައްވާފައެވެ. މަޖިލީހުން ކުރި ޓްވީޓެއްގައި ވެސް ވިދާޅުވީ، އެ ފޮޓޯތައް އާންމުކޮށްފައި މި ވަނީ އެމަނިކުފާނުގެ އިޒުނަފުޅާ އެކުގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް ލިބިވަޑައިގެންފައިވާ ޒަޚަމްތައް. މި ފޮޓޯތައް އާންމުކޮށްފައި މި ވަނީ އެމަނިކުފާނުގެ އިޒުނަފުޅާއެކު ގައެވެ. pic.twitter.com/OEwe60FQKi
— People's Majlis (@mvpeoplesmajlis) May 15, 2021
މަޖިލީހުގެ އިދާރާއިންނާއި ރައީސް ނަޝީދުގެ ބޭބޭފުޅު މި ފޮޓޯތައް އާންމު ކުރައްވާފައި މިވަނީ، މީގެ ކުރިން އޭޑީކޭގެ ބައެއް ސިއްޚީ ޚިދުމަތްތެރިންނާ އެކު ގަދަފަދަކޮށް ރައީސް ނަޝީދު ހުންނެވި ފޮޓޯއަކާ އެކު، އެމަނިކުފާނަށް ޒަޚަމްތަކެއް ލިބިފައިވާ ހެނެއް ހީނުވާ ކަމަށް މީސް މީޑިއާގައި ބައެއް މީހުން ވާހަކަ ދައްކާފައި ވަނިކޮށެވެ. މި ފޮޓޯއަކީ، އޭޑީކޭގައި ހަފުތާއެއްހާ ދުވަހު އޮޕަރޭޝަންތަކެއް ކުރުމަށް ފަހު، އެމަނިކުފާނު ގަދަފަދަވި ފަހުން ނެންގެވި ފޮޓޯއެކެވެ.
ނާޝިދު މިއަދު ޚިއްސާ ކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި އަދި އޭޑީކޭގެ ޑޮކްޓަރުން ވެސް ކުރިން މައުލޫމާތު ދެއްވި ގޮތުގައި، ނަޝީދުގެ ގޮހޮރަށް ރޭޒާ އަމާޒުވެފައި އޮތުމުން ބަނޑު ވަނީ އޮޕަރޭޝަންކޮށް ފަހައިފައެވެ. އަދި ފުއްޕާ މޭ ކައިރިން ވެސް އޮޕަރޭޝަން ކުރުމަށް ފަހު، ފަހާފައި ހުރިކަން ފެނެއެވެ. ހަށިކޮޅުގެ އެހާ ހިސާބުގައި އެކިވަރުގެ ޒަޚަމްތައް ލިބިވަޑައިގެންފައި ހުރި ކަން ފެނެއެވެ.
އާންމުކޮށްފައިވާ އެއް ފޮޓޯއިން ފެންނަ ގޮތުގައި، ރައީސް ނަޝީދުގެ ވާތުގެ ބޮޑު ބަޔަކުން އަތްތިލައާ ހަމައަށް ބެންޑޭޖްކޮށްފައި އޮތެވެ. އަދި ވާތާ ދިމާއިން މޭ މަތީގައި އެއްކޮށްހެން ބެންޑޭޖްކޮށްފައިވެއެވެ. ވާތާ ދިމާއިން ބަނޑު ކައިރީ ވެސް ބެންޑޭޖްކޮށްފައިވެއެވެ. ވާތު ފައިގެ ބޮޑު ބައެއްގައި ވެސް ބެންޑޭޖް ކޮށްފައި ހުއްޓެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. އެއީ އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުންނަވައި ނީލޯފަރު ހިނގުން މަގުން ހިންގަވާފައި، މަޖީދީ މަގުގައި މަޑުކޮށްގެން އޮތް އެމަނިކުފާނުގެ ކާރުކޮޅާ ހަމައަށް ވަޑައިގެންނެވުމާ އެކު، ބޮމެއް ގޮއްވާލައިގެނެވެ. އެ ބޮން ހަރުކޮށްފައި އޮތީ ނީލޯފަރު ހިނގުމާއި މަޖީދީ މަގާ ކަންމައްޗަށްވާ ގޮތަށް ޕާކްކޮށްފައި ހުރި ސައިކަލެއްގައެވެ.
ނަޝީދު އިތުރު ފަރުވާއަށް ޖަރުމަން ވިލާތަށް ވަޑައިގެންފައިވާއިރު އެ ގައުމުގައި އެމަނިކުފާނަށް ފަރުވާ ދެއްވަމުން ގެންދަވަނީ މިލިޓަރީ ހޮސްޕިޓަލެއްގައި ކަމަށް އެނގިފައިވެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، ހައްޔަރު ކޮށްފައިވާ ތިން މީހުންނަކީ ހަރުކަށި ފިކުރުގެ ވިސްނުންތަކެއް ހުރި ބައެއް ކަމަށް ފުލުހުން ވިދާޅުވެއެވެ. ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޝަރީއަތުން ވަނީ ޖަހައިފައެވެ.
ތީ ނަށީދު ގެ ބޮޑީ އެއް ނޫން!
މަށަކަށްވެސް ހިއެއް ނުވޭ. ކީއްވެ މޫނު ނޭރުވީ. ކީއްވެ މުންޑު ކޮޅުގަ އޮންނެވީ. ކޮބާ ހޮސްޕިޓަލްގެ ހެދުން. މޫނު ދެއްކިނަމަ ގަބޫލު ކުރެވުނީސް. މީ ހިންދީ ޑުރާމާ އެއްތަ. ހެޔޮ މީހުން ރުޅި އަޔަސް. މަށަކަށް ގަބޫލެއް ނުކުރެވޭނެ މޫނު ނުފެނި.
އެހެންވިއްޔާމުން ކިހިނެއްބާ މަގުމަތިން ހިގާފައި ދާއިރު އަންހެނުންނާއި ފިރިހެނުން ވަކިކުރަނީ ؟ މިހެންމިބުނީ ހެދުންލައިގެންތިބޭތީ، އެއްޗެހިބޭލީމަ ތާދޮވަކިކުރަން އެގޭނީ .
އެއީ ނަޝީދު.. ޚިޔާލު ތަފާތުވިޔަސް މަރައިގެން ނުވާނެ.
ފަހާ ފޮށިން ތަ ފެހީ... ވަރަށް ދެރަވަރު ފެހުން
ތިކަން ކު ރި ބަޔަކު ހޯދާ މަ ރާލަންވީ
ކޮބާ މޫނު! ތި ހަމަ އެހެންމީހެއްގެ ހަށިގަނޑު ކަމަށްވެސް ވެދާނެ! މޫނާއެކީ 1 ފޮޓޯ ބަލާލަން ބޭނުން..
ނަޝީދަށް ތާއިދު ނުކިރިއަސް މިގޮތަށް މީހަކަށް ހަދާކަށްނުވާނެ އިގޭ. އިންސާނެއް.މަގުފުރެދި ދިޔަޔަސް ދެނެތި ބީން ކަންކުރަންވާގޮތަކީ މިއެއްނޫން.
އަހަރެންނަކީ ނަޝީދުގެ ސަޕޯޓަރެއްނުން އެކަމަކު މަގުފުރެދުނީ ނަޝީދުބާ؟ ނޫނީ ތިމަލާދިން މިހުންބާ ؟ ނުނީ ތިހަމަލާގެ އަޑިގައި ތިބިމީހުންބާ؟
މިފޮޓޯތަކުގެހަގީގަތް އޭޑީކޭ އިންއެބަޖެހޭޔަގީންކޮށްދޭން މިއީނަޝީދުގެފޮޓޯތަކެއްތޯ ނުވަތަނޫންތޯ ކޮންއިރަކުންބާ އޭޑީކޭއިން މިކަންރައްޔިތުންނައް ސާފުކޮށްދޭނީ
ނަތިންގް ގާޒާ މުސްލިމުންނައް ވާގޮތައް ބަލާފަ. ބަޓް ގެޓްވެލް ސޫން.
ގާޒާ މުސްލިމުންނަށް ހަމަލާދެނީ ނަސީދުތަ؟!؟!؟
ގައިމު އޭނަ އެއްވެސް.. އޭނާގެ ގާތް މީހެއް ވެސް.. އޭނާގެ ޕާޓީ އިސް ސަފުގަ އުޅޭ މީހެއްވެސް.. އިސްރާއީލް އާ ދެކޮޅަށް އެއްޗެކޭ ބުނާ ތަނެއް ނުފެނޭ
ތީ ނަޝީދުގެ ބޮޑީގެ ފޮޓޯތަކެއް ނޫން. ހަޤީޤަތް ހާމަވާނެ ވަަރަށް އަވަހަށް ހަހަހަހަހަހަހަހަ
ދޮގު ފޮޓޯ ތަކެއް އާއްމުކުރުމަށްވުރެ މަޑުން ތިބި ނަމަވެސް މާ ތާހިރުވިސް.
މުޅިން އެޑިޓް.. ވ ވ ފެންވަރުދަށް ފެހުންތަކެއް.. ސުމެއްގެ އޮޅުވާލުމެއް.
ލަދުންބާ މޫނު ނުދައްކައެއީ އެއްވެސް ފޮޓޮއެއްގަ
ނަޝީދުގެ ތުނ ބުޅި އެވަރަށް ދިގުވެފައެއް ނުހުންނާނެ. އަދި މޭމަތީގަ އެވަރަށް ނުރައެއްވެސް ނުހުންނާނެ. ޙަށިގަނޑުވެސް ކާޑަށް ގޮއްސަ އޮތްހެން ހީވަނީ.
އެންމެ ފުރަތަމަ އަޑުއިވުނީ ބޮލަށް އަނިޔާވެ ބީތާވެފައިވާކަމަށް. ކޮބާތޯ ބޮލަށް ލިބުނު އަނިޔާ. ކީއްވެތޯ ތި އަނިޔާތައް ފުލުހުންގެ ފޮރެންސިކް ކެމެރާ އާއި ނޫސްވެރިންގެ ކެމެރާއާއި އޭޑީކޭގެ ކެމެރާތަކަށް ނާރައި ހަމައެކަނި ނާޝިދުގެ ފޮޓޯޝޮޕް ކެމެރާ އާއި އޭޑީކޭ އެންޑް ނަޝީދުގެ ފޭކްޑްރާމާ ކެމެރާއަށް އެރީ. ތިއިން އެއްވެސް ފޮޓޯއެއް އެއްވެސް އިތުރުތާކުނެތް. ކުރިންވެސް ތިފަދަ ޑްރާމާކުޅެ ފޭކް މޭކަޕްކޮށް ފޭކްފޮޓޯ ނަގައި މީޑިއާއަށް ދޫކޮށްގެން ބަޔެއްގެ ސަމާލުކަން ހޯދަން އުޅުނު. އެމްޑީޕީ ގެ ފިކުރަނީ ފޭކް ހައްދައިގެން ރައްޔިތުން ގުނބޯ ހެއްދުމުގެ ޔަހޫދީ ފިކުރު. މިވެސް ލޯކަލް ކައުންސިލް އިންތިހާބުން އަންނިގެ ސަޕޯރޓް ގެއްލޭތީ ކުރެވުނު ޑްރާމާ އެއް.
ކިހާ ބޮޑު އަނިޔާއެއް، ރައީސް ނަސީދުއަށް ތިޔަ ދިނީ. ހެޔޮނުވާނެ އެހެން ހަދާކަށް. ހެޔޮވެރިކަމެއް ރާއްޖޭގެ ރައްޔިތުންނައް ކޮއްދިނީ، ރައީސް ނަސީދުކަން އެންމެން ގަބޫލު ކުރޭ. ބައެކު ނަސީދަށް، ބޮޑު ތާއީދު އޮތީމާ ހަސަދަވެރި ވިޔަސް. ތިވަރުގެ އަނިޔާއެއް ދޭކައް ނުވާނެ. ރައީސް ނަސީދަކީ ރަނގަޅު މީހެއް ވީމާ. އަނިޔާވެރި 30 އަހަރު ވެރިކަން ކުރި މީހާޔައް، އެއްވެސް އަދަބެއް ނުދީ އެހެރީ މުސާރަ ދީފަ، ބަހައްޓާފަ.
ނަޝީފުކުރި ވެރިކަމަކީ މިހާތަނަށް އަހަރެން ދުއް އެއްމެ ފީކަޅާވެރިކަން. ޢެހެންވެ އިސްތިއުފާދޭން ޖެހުނީވެސް.
ނަމަވެސް އިންސާނަކަށް ތިވަރު އަނިޔާއެއް ދިނުން ހައްގެއްނޫން.
ހެޔޮ ވެރިކަމެއް ނޫން ކޮށް ދިނީކީ އެކަމަކު އެއްވެސް މީހަކަށް އެފަދަ އަނިޔާއެއް ދީގެން ނުވާނެ . ކޮ ބާބ ތިޔަ ހަމަލާދިން މީހުނާ ޔަހޫދީންނާ ހުރި ތަފާތަކީ.
ޖަރުމަނުން މިފޮޓޯތައް ލައިގެން ބަރުލަމާނީ ޕޯސްޓަރާއި 2023 ގެ ޕޯސްޓަރު ވާނެ ޕްރިންޓްކޮށްގެން ގެންނަން. ޖަރުމަނު މީހާގެ ހަރަދުގައި
ހެޔޮވެރި ކަމެއްކުރިޔަސް ނުކުރިޔަސް އެކަހަލަ ހަމަލާއެއް ދިނުން އެއީ ފިނޑި ޢަމަލެއް ސިފައިންނާި ފުލުހުންގެ ފެއިލި ވުމެއް މާރިޔާ އރން އިމްރާން އިސްތިއުފާ
ނަސީދުގެ ފޮޓޯއެއްނޫން ތިޔައްކީ އޮޅުވާނުލާ ތިޔައްކީ މުހައްމަދު ހުސައިން ކިޔާމީހެއްގެ ފޮޓޯ.
މިޚަބަތަށް ކޮމެންޓު ކޮށްފަ ތިބި ބައެއް މީހުންނެކޭ ރަސޫލާގެ ހައްޤުބަސްފުޅުކަންއިނގި އެއީ ކަނޑައެޅިގެން ދޮގުކަމަށް ބުނި މައްކާގެ ކާފިރުންނެކޭ އެއްވެސް ތަފާތެއްނެތް! ކަނޑައެޅިގެން ތެދުކަން އިނގޭއިރުވެސް އެބައިމީހުންގެ ނުބައި ނުލަފާކަމުން ދިޔައީ ދޮގުކުރަމުން. އަނެއްކާ މިއީ ހަރުކަށި ފިކުރޭ އެކިޔާ ޒާތުގެ މީހުންގެ ކޮމެންޓުތަކެއްބާ؟
ވަޅިންވެސް ހަމަލާދީފަ ތިއޮތީ.
ޢެއްޗެއް ހެރިފަ އިންނަމަ ޒަހަމް ތައް ތިގޮތަށްބާ ހުންނާނީ.
އެތެރެ ހަށީގަ ހުރި ރޭޒާތައް ނެގުމާ އެތެރެހައްޓަށް ލިބިފަ ހުރި ގެއްލުން ތަކަށް ފަރުވާ ދިނުމަށް ބަނޑުފެޅި ވާހަކަ ނިޔާފް ބުނެދިނެއްނު ވަޅިޔަ ކުންހަމަލާ ނުދިނަކަސް .
ހަސަދަ ވެރި ވިޔަސް ތިޔައީ ބޮޑުވަރު . އެއީ ހަމަ އަންނި
މީގެ ކުރިންބފޭރާމެއް ނެތި އޮއްވާ ކަލޭމެން ދުށިންތަ. މިހާރު ފެނުނީމަ ޔަގީން ނުވެގެން ތިޔަ އުޅެނީ
އެޑިޓްކޮއްފަާ ހުރި ފޮޓޯއެއް
މޫނު ނުދައްކަންވީ ސަ ބަ ބެއް ނެތް. އޭނަ ނަމަ
ރައްޔަތުން ގެ މަޖިލިހުން ، ރައްޔަތުން ގުނބޯ ހައްދަން މަސައްކަތް ކުރާނެ ކަމެއްނެތް. ތި ފޮޓޯއިން ތިފެންންނީކީ އަންނި ގެ ބޮޱީ ކަމަށް ގަބޫލު ނުކުރެވެ. ކީއްވެ މޫނު ދައްކަން ނުކެރުނީ. ހުސް ސިޔާސީ ސްޓަންޓް. ފޮޓޯއިން ފެންނަ މީހައަށް. އަވަސް ޝިފާ އަކަށް އެދެން
މޫނު ނާރާގޮތަށްލާ ފޮޓޯތައް ގަ ބޫލެއް ނުކުރަން. ބޮޑަށް ވައްތަރީ އިންޑިއާ މީހަކާ
މަށަށް މަގޭ ފިރިމީހާވެސް މިހާރު އޮޅިއްޖެ. ފޮޓޯގަ ތި އޮތީކީ މަ ފިރިސޮރެއްނޫން
ނަޝީދު އޭ.ޑީ.ކޭ ސްޓާފުންނާއެއްކޮން ނަގާފައިން ފޮޓޯގައެއްނެތް އޭނާގެ ކަދުދޮށްހަލާކުވެފައެއް. ތިފޮޓޯއިން ފެންނަމީހާ އޮތްހާލުގައޮވެެން ނުވެސްތެދުވެވޭނެ. ނަޝީދުއޭ ކިޔާފަ ޔޫރަޕްމީހެއް ގެ ފޮޓޯއެއްޖެހިނަމަ އެންމެންޤަބޫލުކުރީސް ފޮޓޯއިން ފެންނަނީ ނަޝީދު ކަމަށް
ރައީސް ނަޝީދު ހާދަ މުސްކުޅި އޭ. ކަރުގެ ހަންގަނޑުވެސް ދޫވެ މުޅިން ރޫ
ސަމާ ބުނެލަންއޮތީ 30 އަހަރު ވެރިކަންކުރި މީހާއަށް ޖެހޭތަ އަނިޔާދޭން.. ތިހެން އަނގަ ގަދާވާތީ މައްސަލަ އަކީ.. މީހާއަށްވުރެޢަގަނުތަޅާ ހުރޭ ރަގަޅުވާނީ.. ފޭކް ފޮޓޯކަން އެގޭ.. ބޯޓަށް އެރިގޮތުން ވެސް ނިޔާފްގެ މައުލޫތު ރަގަޅު ބާ.. އެވަރުވީ މީހަކަށް އެގޮތަށްތޯ ބޯޓަށް އަރުވަނީ ނިޔާފް ޖަވާ ބުދީ
ޙާދަ މުސްކުޅި ބޮޑީ އެކޭ .
ފޭކު ފޮޓޯ
ތުނބުޅި ބާލާ އޮމާންކޮށްފަ ހުންނަ ބޭފުޅެއް ހާދަ އަވަހޭ ދެތިން ދުވަސް ތެރޭ ތުނބުޅި ދިގުވިލެއް. ނަޝީދުގެ ހަށިގަނޑަށްވުރެ ނިކަމެތި މީހެއްގެ ހަށިގަނޑާއި ވައްތަރީ.
މޫނާ ނުދެއްކީ ކީއްވެބާ. ކޮންމެ ފޮޓެެެއެެއްގައިވެސް ނަޝީދުގެ މޫނު ފެންނަން ހުރޭ
އަނެއްކާ އަނެއް ދޮގު ފަޅާއެރީ ތީ ނަޟީދެއް ނޫން އަމިއްލައަށް އޮރިއާން ނުވެ މަޑުން ތިބިއްޔާމާ ރަގަޅުވާނެ މިހާރު މީހުން ކަލޭމެން ގެ ތިމަޅިތަކަށް ކަލޭމެންނަށް ވުރެމާފަރިތަ ވާނެ ލަދުން ހަލާކު މީ2021 އިގޭދެން އަނެއްކާ ބޯ ވަކިން ގުނަވަންތައް ވަކީންލާ
އެބޭފުޅާގެ ހަށިގަނޑަކީ ވަރަށް ދޮން ހަށިގަނޑެއް.
ﷲ ގަންދީ ބުނަން މީ ނަށީދުގެ ފޮޓޯއެއްނޫން މިފޮޓޯއިން ފެނން މީހާގެ އަތާ އަތުގެ އިނގިލީ މޭމަތީ ދަތްދޮޅި ކޮޅުން ފެންނަތަންކޮޅު (އަނެއްކާ ކިހިނެއް ވާން ނޫނީ ކިހިނެއް ހަދަންބާ މިއުޅެނީ) ﷲ އާ ވަކީލު
އޭޑީކޭގެ އެގްޒެކްޓިވް ރޫމްތައް އެތެރެ ހުންނަނީ ތޭރި ޖަހާފަތޯ. އަދި ނަޝީދު ބާއްވާފައި އެއޮންނެވީ ހާދަކުޑަ އެގްޒެކްޓިވް ރޫމެއްގައޭ. އެތާ ނަރުހުންވެސް ތިބެނީ ސޯޓުބުރި ލައިގެންތޯ. ހާދަ އާދައިގެ ގޮނޑިއެކޭ އެތަހުރީ.
އޭޑީކޭގެ އެގްޒެކްޓިވް ރޫމްތައް އެހާ ފެންވަރު ދަށީތޯ.
އެބޭފުޅާގެ ހަށިގަނޑަކީ ވަރަށް ދޮން ހަށިގަނޑެއް. ކާންނުދީތޯ ބޭއްވީ ހަނގަނޑު ކުރަކިވެ ދޮން ހަންގަނޑު ކަޅުވެ މީހާ އަނަރޫފަވެފަ
ރަސޫލާގެ އިސާރާތަށް ހަނދު ދެފަޅިވީމަވެސް ބުނީ ފޭކޭ....ހެ ހެ ހެ....ވަރަށް ސަލާން ....
ތިފޮޓޯއިން ފެންނަނީ އަންނިއެްނޫ. ސީދާ ކަނޑައެޅިގެން ދޮގެއްތީ. ކީއްވެ މޫނު ނުދެއްކީ..ދޮގުހެދިޔަސް ބޮޑުވަރު.
ތީ ނަޝީދުގެ ފޮޓޯއެއްނޫން.
ލިވާ އަށް އަނިޔާވި ވާހަކަ ބުނި އެކަމް ކަނާތް ފަރާތުން ޒަހަމެއް ނުފެނޭ، ލިވާ އޮޕްރޭޝަން ކުރަން ބަނޑުން މަތިން ތިރިއަށް ފަޅާލާނެހެން ހިޔެއް ނުވޭ، މޭމަތީ ވާއަތް ފަރާތު ކަށިގަނޑުގެ 4 ވަނަ ރިބްއާ ހިސާބަށް ހަމަލާ އެރިވާހަކަ އޮތީ އެކަމް ހީވަނީ 6 ވަނަ ރިބްއާ ހިސާބުހެން އެފޮޓޯގަ އޮތްމީހާ ފަޅާލާފަ އޮތީ، ކަރުގަވެސް ޒަހަމެއް އެބަހުރި،،،، 🤔🤔🤔 ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
މިވަރުވެފައޮތް މީހެއް ކިހިނެތް ފްލައިޓަށް އަމިއްލަޔަށް ސިޑިންއަރައިގެން ދިޔައީ ހިގާފަ..ވީލްޗެއާއެއްވެސް ބޭނުމެނުވި..ސިޒޭރިއަށް ހަދާފައޮންނަ މީހަކަށް ހަފްތާއެއްވާއިރު އެއްފުށުން އަނެއްފުށަށް ނުޖެހެވޭ ކެއްސާނުލެވޭ އެހެންވީއިރު އައްނި މިވަރުގެ ބޮޑެތި ފަޅާލުންތަކެ ފަޅާފައޮތްމީހަކަށް ވީލްޗެއާރގަވެސް ނުއިށީދެވޭނެ ދެހަފްތާނުވަނީސް..ގުޅާފަހުންނަ ހޮޅިތައްވެސް ނުނައްޓާނެ އެހެންމީހުންގެ ތިވަރުވެފައޮއްވާ..އައްނިގެ އެކްސްރޭ ތައްޔާރުކުރީ މިފޮޓޯގެ ބޮޑީ ބަލައިގެން ކަމަށްވެދާނެ..ތިއީ އައްނިކަމަށް ގަ ބޫލެނުކުރެވޭ..
ހީވަނީ ޓެކްނޮލޮޖީގެ އެހީގައި ހަދާފައި ހުރި ފޮޓޯ ތަކެއްހެން...
މަކަރުވެރިންގެ މަކަރުން މިގައުމު ސަލާމަތް ކުރައްވާށި ؛ އައނިއޭ ކިޔާގެން ފަތުރާފޭކު ފޮތޮތަކުގެ މައްސަލަބަލާ އެބަޔަކާދޭތެރޭގަ ވަގުތުން ހަރުކަށި ފިޔަވަޅު އަޅަން ގޮވާލަން އެފަދަ ބޮޑެތި ދޮގުތައްހަދާ މީހުންގެ މައްޗައް ހުކުންކުރުމަކީ ހަމަ އިންސާފުތޯ
ރައީސް ނަޝީދު ޖަރުމަނަށް ފުރާ ވަޑައިގަތް ދުވަހު އެމަނިކުފާނުގެ އަނގަމައްޗަށް ލިބިފަ ހުނި އަނިޔާ ބައްލަވާ.. ތި ތަނުން އެއް ފޮޓޯގަ ވެސް ހަމަ އެފެންނަނީ އަނގަމައްޗަށް އަނިޔާވފައި ހުއްޓާ..ތުނބުޅީގަ ނުރަ ހުއްޓާ... ތިއީ ރައީސް ނަޝީދުގެ ފޮޓޯތައް..މި ވަރުގެ ބޮޑު އަނިޔާއެއް މީހަކަށްދޭން ހެޔޮނުވާނެ..
އަބަދުވެސް އޮޅުވާލުމާއި މަކަރު މިދަޑިވަޅޫގަވެސް މަކަރު ބޮޑެތި އޮޅުވާލުން މީތަ ހެޔޮ ވެރިކަމަކީ މިއައްކިޔަނީ ހެޔޮނުވާ ވެރިކަން ހުސް މަކަރު މިހާލުގަވެސް އޮޅުވާލުން މީނާބުނެދެން މީނާގެ އައުވާނުން އޯޅުވާލަނީ ހުސްމަކަރު ރައްޔިތުންވިސްނާ
އޮޅުވާލުމަކާ ވަރަށް ބޮޑަށް ވައްތަރު އެންމެ ފޮޓޯއެއްގަވެސް މޫނެއް ނުފެނޭ؟؟؟؟ ފޭކެއް
ތިބާއަށް، އަނބި ދަރިންނަށް، ގާތް ތިމާގެ މީހަކަށް ނުވަތަ ޙައްގެއް ނެތި އިންސާނަކަށް މިފަދަ ލާއިންސާނީ އަނިޔާއެއް ދޭން ހަމަބުއްދި ހުރި އިންސާނަކަށް ރުހެވޭނެތަ؟
މިފޮޓޯތައް ފެނި ލައިލާ އަނެއްކާވެސް ޔާގޫތުގެއިން ފުރުސަތެއްދީފާނެ. ލަައިލާގެ ސިމްޕަތީ މިވަރުން ލިބޭނެ
ރައީސް ނަޝީދު ތުނބުޅި ކޮޅެއް ލާފަ ހުރި ކަމަށް އެބަ ފެނޭ ފޮޓޯއިން މިވީ ކިހިނެއް ކަމެއް ނޭގެ
ބަލަ ބަލި އެނދުގަ އޮންނަ މީހަކަށް ތުނބުޅި ނުބޭލި ހުރެދާނެ
ފަޅާފަ ފެހީމަ މާ ބޮޑު ވަރު ވީ ކަމަށް ދައްކަނީ.
މީހުންގެ ސިމްޕަތީއާ ސަޕޯޓު ހޯދަންވެގެން އުޅޭ ވައްތަރު އަމިއްލަ މީހާ ގެ ފޮޓޯ ތައް ޝެއާ ކޮށް.
މިއަށްވުރެ މާތް ހެޔޮ ލަފާ ސަހާބީންނާ އެ ބޭކަލުންނަށް ތަބާވީ މީސްތަކުން ﷲ ގެ މަގުގަ ލިބޭ އަނިޔާ ތަކަށް ކެތް ކޮށް ﷲ ގެ ހަޒްރަތުން އަޖުރަށް އެދުނީ، އެ ކަންތަކުގެ ވާހަކަ ދައްކައި މަޝްހޫރުވާކަށް ނޫޅޭ.
މަޖްލީހުގެ ރައީސް ނަޝީދަށް ދިން ވަރުގަދަ ހަމަލާ މަމެން ކުށްވެރި ކުރަމޭ މީ ސީދާ ސިޔާސީ ހަމަލާ އެއް ކަމަށޭ މަމެން ދެކެނީ މީ ސީދާ ޑިފެންސް މިނިސްޓަރު ފެއިލް ވުމުގެ އަލާމާތް ތަކޭ ޑިފެންސް މިނިސްޓަރު މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ
އޭޑީކޭގަ ރޫމުތަކުގާ ބާއްވަނީމުންޑުކޮޅެއްލައްވާފަތޯ؟ ކޮ ބާތޯއޮޕަރޭސަންކުރާއިރުލައްވާހެދުން ؟ ނިއާފޫތި ބޭފުޅާއަކީގިނަބައަކުވަރައްއިހުތިރާކުރާ ބޭފުޅެކެވެ ނަމަވެސްމިފަހަރުތިކުރިކަމަކުންތި ބޭފުޅާގެއަގު ރައްޔަތުންގެ ގިނަ ބައރއްގެކުރިމަތީގާވެއްޓިއްޖެކަންޔަގީނެވެ
ތިޔައީ ބޯކަނޑާފަ އޮތް މީހެއް.ތިޔައީ ޑޮކްޓަރުކަން ކިޔަވާކުދިން އޮޕަރޭސަން ޑޮކްޓަރުން ތަމްރީނުހަދަން ފަޅާފަ އޮތް ބޮޑި އެެއް ކަމަށް ހީވަނީ. ތިޔައީ ނަސީދެއް ނޫން.
ތީ ދެން މާބޮޑު ކަމަކަ ހަދައިގެއް ގޮތްބޮޑުކު ރަންވެގެން ސަމާލުކަން ހޯދަންވެގެން އަހަ ރުމެން ނޯޅެން ތިމާބޮޑު ކަމަކަށް ހަދާކައް
ސިޔާސީގޮތުން ހިޔާލު ތަފާތުވުމަކީ ތިބާގެ އިންސާނިއްޔަތުކަން ގެއްލެން ޖެހޭ ސަބަބެއްކަމުގައި ނަހަދާށެވެ. ދައްކާނެ ވާހަކައެއް ނުވަތަ ދޭނެ ރައްދެއް ނެތުމަކީ އަނެކާއާ ދިމާލަށް ލާދީނީއޭ ގޮވަންޖެހޭ ސަބަބެއްކަމުގައި ވެސް ނުހަދަމާތޯ!
ނަޝީދުގެ ޒަހަމްތައް ފެންނަ ފޮޓޯތަކެއް އާންމުކޮށްފި ނަމަ މަމެން ގައިން ހީބިހި ނަގައިގެން ދެއޭ އެފަކީރު މުޅިން ދުއްވާލާ ފުރޭންޏެއް ހެން ނޫންތޭ ހަދާފައި ތިޔާއޮތީ މީ ހަރުކަށި ފިކުރުގެ މީހުން ކުރި ކަމެއް ކަމަށް ދައްކަން ރާއްޖޭގެ ދިފާއި ވުޒާރާ އާއި އަދި ޕޮލިހުން ވަރަށް ބޮޑަށް މަސައްކަތް ކޮށް މި ހަމަލާގެ އަސްލު ގެއްލުވާލަން އުޅޭ ތަނޭ ފެންނަނީ މަމެން ހުވައޭ މީ ސީދާ ސިޔާސީ ގޮތުން ނަޝީދު ފަކީރަށް ދިން ހަމަލާ އެކޭ މީ ހަރުކަށި ދީނީ ފިކުރުގެ މީހުން ދިން ހަމަލާ އެއް ނޫނޭ ދެން އަނެއް ކޮޅުން ނަޝީދުގެ ފޮޓޯއޭ ކިޔާ ދައްކާ ފޮޓޯ ތަކަކީ އެއީ ނަޝީދުގެ ފޮޓޯ ތަކެއް ނޫނޭ ސަބަބަކީ ނަޝީދުގެ ތުނބުޅި އެއް ނުހުންނާނެއޭ ތިޔާއީ މާލޭގައި ވަޅިން ހަމަލާ ދިން މީހެއްގެ ހަށިގަނޑުގެ ފޮޓޯ އެކޭ...
والله اعلم
މީ ނަޝދުއެއްނޫން. އެއްވެސް ފޮޓޯއަކުން މޫނެއް ނުފެނޭ. ދެން އެންމެންނަށްވެސް އެނގޭނެ ނަޝީދުއަކީ މުޅިގައިގަ ކެހެރި ފަޅާފަ ހުރި މީހެއަކަން
ނަސީދުގެ ފޮޓޯއެއްނޫން ތިޔައްކީ އޮޅުވާނުލާ ތިޔައްކީ މުހައްމަދު ހުސައިން ކިޔާމީހެއްގެ ފޮޓޯ.
ތީ ނަށީދު ގެ ބޮޑީ އެއް ނޫން!
ތިޔަ ހާލަތުގައި ބޮޑީ އޮތް މީހަކަށް އަމިއްލައަށް ހިނގާފަގޮސް ޖެޓަކަށް ނޭރޭނެ ރިބް ކަށި ފުނޑިފަ ބަނޑު ފަޅާފަ ހުރި މީހަކު އެއްވެސް ސަޕޯޓެއް ނެތި ތެދުވެގެން ނުއުޅެވޭނެ ބުހުތާނު ދޮގު ވާހަކަ ދިވެހިރާއްޖޭގެ އޑޕ ރައްޔިތުން ތިޔަކަން ގަބޫލުކޮށްފާނެ އެހެން ބަޔަކު ނުކުރާނެ
ކަލޯ އަހަންނަށް އެބަ ފެނޭ ކަރުގަ ހުރި ޒަހަމް ވެސް ކުރިން ނަރުހުންނާ އެކީ ހުރި އިރު ގަ ވެސް ހުރި ތުނބުޅީގަ ނުރަ ވެސް... ރުޅި އަންނަ ބަޔަކު ދޮގުކުރާނެ ދެން
ނަޝީދެއް ނުން ތީ! ގަބޫލެއް ނުކުރެވޭނެ! ނަޝީދަށް ވުރެން ދޮށީ މީހެއް! އަނެއްކާ ބޮޑީ ގެ ސައިޒު ވެސް ނުފެތޭ! މާ އަނަރޫފަ! ލޮލް