ރާއްޖެ އިން ކޮވިޑް-19 އަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޓެސްޓް ކުރި މީހުންގެ އަދަދު އާދަޔާއި ހިލާފަށް މަދުވެއްޖެއެވެ.

އެޗްޕީއޭ އިން މިރޭ އާއްމުކުރި މައުލޫމާތައް ބަލާއިރު މިރޭ 741 މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ 2881 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ. އެހެންކަމުން މިއަދަކީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން އިތުރުވަމުން އައިރުވެސް ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ އަދަދު އޭޕްރީލް މަސް ނިމުނުއިރު ވެސް ވަރަށް މަދެވެ. ނަމަވެސް މެއި މަސް ފެށުނު ފަހުން ޓެސްޓް ކުރަމުން އަންނަ އަދަދު އިއްޔެ އާއި ހަމައަށް އިތުރުވަމުން އައެވެ.

އިއްޔެ ވެސް ވަނީ ކޮވިޑަށް ޓެސްޓް ކުރި އަދަދު ފާއިތުވި ހަތް ދުވަހާއި އަޅައި ބަލާއިރު މަދުވެފައެވެ. އިއްޔެ ކޮވިޑަށް ޓެސްޓް ކުރީ 3159 މީހުންނެވެ. އިއްޔެ ޓެސްޓް ކުރި މީހުންގެ ތެރެއިން %31 މީހުން ކޮވިޑަށް ފައްސިވިއެވެ. އެއީ 1007 މީހުންނެވެ.

މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %25 މީހުންނެވެ. މިމަސް ފެށުނުއިރު ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %10 މީހުންނެވެ.

އިއްޔެ އާއި މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު މަދުވި ސަބަބެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

މިހާރު ވެސް ރާއްޖޭގައި 15958 ކޮވިޑް ބަލި މީހުން އެބަތިއްބެވެ. އޭގެތެރެއިން 262 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގައެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް އެންމެ މުހިއްމު ކަމަކީ އަވަހަށް ޓެސްޓްކޮށް ބަލި ޖެހޭ މީހުން އަވަހަށް އެކަހެރި ކުރުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ާއަހުމަދު

  ޜައްޔިތުން އުފާކޮއްލަން އަދަދު މަދު ކޮއްލާ ހިއްވީ ކަންނޭންގެ

 2. ދެރަ

  ލ.މާވަށުގައި ހައިރިސްކު ބައިވަރު މީހުން ޓެސްޓު ނުކުރެވި މިތިބެނީ. އަލާމާތް ފެންނަ މީހުން ވެސް

 3. ކުޑޭ

  ތިކަމެއް ތިޔަބައި މީހުނަށް ދެން ނުވިއެއްނޫން! މޮޅުބައިސާ ކެޑުނީމާ ނިމުނީތަ!ދެން ރޯލަ ރޯލަ ތިބެން ތާވީ!

 4. ދުން އާދަނު

  ހަހަހަހަ. މިހާރު އެކަކުވެސް ބޭނުމެއް ނުވޭ ޓެސްޓް ކުރާކަށް. ގޭތެރެއިން އެކަކު ޕޮޒިޓިވް ވެފަ ދެން ތިބި އެއއްމެން ބަލި ވީމަ އެކަކުވެސް ޓެސްޓް ނުކޮށް އެއްމެން ބޭރުގަ އުޅެނީ. މިވަރު ނޭނގެ އެޗްޕީއޭ އަށް

  • ބޯހަލާކު

   އެޗްޕީއޭ ކުދިން ކާރީ ބުނެފަތަ އެމީހުން އެހެން އުޅެނީ. ފަރުވާ ކުޑަކަން އެހުންނަނީ، ގަމާރުކަން.

 5. Anonymous

  ކޮވިޑް ވެކްސިން ހޯދަން ޕީޕީއެމުގެ ނަމުގައި އަދުރޭ ނޭދޭބާ ؟

 6. ހިންނަވަރުބަޖަރާ

  ޓެސްޓްކުރުން މަދުވަނީ ޓެސްޓްކިޓްވެސް މަދުވާތީހެން ހީވަނީ.