ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ހޯދުމަށް ދިވެހިރާއްޖެ އިން އިސްރާއީލް ސަރުކާރުގައި އެދިފައި އޮތްކަމުގެ މައުލޫމާތު އަދި މިހާތަނަށް ލިބިވަޑައިގެންފައި ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ އިސްރާއީލުން ކޮވިޑް ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އިސްރާއީލްގެ މީޑިއާ އިން ރިޕޯޓް ކޮށްފައިވާތީ ނޫސްވެރިޔަކު މިރޭ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް ވެކްސިން އިސްރާއީލުން ހޯދަން ރާއްޖެ އިން އެދުނުކަން އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އިތުރު މައުލޫމާތު ސާފުކޮށްދިނުމަށް ފަހު ފުރިހަމަ ޖަވާބެއް ދެއްވާނެ ކަމަށެވެ.

ހެލްތު މިނިސްޓަރ އަހްމަދު ނަސީމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަމުގައި ހުންނެވިއިރު އިސްރާއީލާއި އެކު ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ. އޭނާ އަކީ އިސްރާއީލަށް ޒިޔާރަތެއް ކުރެއްވި ރާއްޖޭގެ ފުރަތަމަ ފޮރިން މިނިސްޓަރެވެ.

އިސްރާއީލުން ބުނެފައިވާ ގޮތުގައި އެގައުމުން ގަނެފައިވާ ކޮވިޑް ވެކްސިންތަކުގެ ތެރެއިން މިލިއަނެއްކާ ޑޯޒްގެ ވެކްސިން 19 ގައުމަކަށް ބަހާލުމަށް ވަނީ ނިންމާފައެވެ. ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި އިޓަލީ، ޗާޑް، ޗެކްރިޕަބްލިކް، ހޮންޑިއުރަސް، ހަންގޭރީ އަދި މޮރިޝަސް ވެސް ހިމެނެއެވެ. މީގެ ތެރެއިން ބައެއް ގައުމުތަކުން ވަނީ ވެކްސިން ފޯރުކޮށްދިނުމަށް އިސްރާއީލް ސަރުކާރުގައި ރަސްމީކޮށް އެދިފައެވެ.

އިސްރާއީލުން ބުނެފައި ވަނީ އެގައުމުން އެކި ގައުމުތަކަށް ހަދިޔާ ކުރާނީ މޮޑާނާގެ ވެކްސިން ކަމަށެވެ.

އިސްރާއީލުން މިހާތަނަށް ވަނީ ގިނަ އަދަދެއްގެ މީހުންނަށް ވެކްސިން ދީފައެވެ. ވެކްސިން އާބާދީގެ ބޮޑު ބަޔަކަށް ދީފައި ވާތީ އިސްރާއީލުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ވެސް އިސްރާއީލްގައި މިހާރު ވަނީ ލުއިތައް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. Anonymous

  މީނައަށް ދުވަހަކުވެސް ކަމެއް އިނގޭ ކަމަކަށް ނުވާނެ. ދެން އިރުކޮޅަކުން ބަލައިލާއިރު އޮންނާނެ ކޮންމެވެސް ބޮޑު ދޮގެއް ހަދައިގެން އެ ފަޅާ އަރައިގެން.

  28
  • ޢަހޫ

   މަބުރޫކު ނޫސްކޮންފަރެންސްގައި ބުނި ފޮރިންމިނިސްޓްރީން ޔަގީންކަންދޭކަމަށް ވެކްސިން ހޯދަން އިޒުރޭލުގަ ނޭދޭކަމަށް. ސާނީ ތި ހުންނެވީ ކިހިނެއްވެފަތޯ.ތީތޯނުސްވެރިކަމަކީ. މިކޮމެންޓް ނުޖަ ހާނެކަންވެސް އެގޭ އެކަމަކު ދޮގުހަދައިގެން ލިބޭ ފާފައަކުން ސަލާމަތެއްނުވާނެ އެގޭތޯ.

 2. މަބޭ

  ބަދަލުދިނުންނޫން އެއްވެސްކަމެއް ނޭންގޭނެ

  23
 3. އަހްމަދު

  މަބްރޫކު ނޫސްވެރިންކުރާސުވާލުތަކަށް ފުރިހަމަޔަށް ޖަވާބުދޭން ފަސްޖެހުމަކީތިމާގެއިތުބާރު ރައްޔިތުންގެކުރިމަތީގައި އިތުބާރިގެއްލޭނެކަމެއް ކުރިޔަށްއޮތްތަނުގައި އިތުރުވިސްނުމަކަށް ދިއުންރަނގަޅު

  25
 4. ކިނބޫ

  ކަލެއަކަށް ނޭނގޭނެ އެނގެންވާ ކަމެއް. ނޭނގޭ ކަންކަން އެނގިގެން އުޅެނީ. ވެންޓިލޭޓަރު އަންނަނީ އަންނަނީ ކީއިރު އެއިން ވައްކަން ކުރަމުން ދިޔަކަން އެނގުނުތަ؟ ކޮބާ އަންނަނީ އަންނަނީ ގޮވި ވެންޓިލޭޓަރު!

  23
 5. Anonymous

  ؟؟؟؟؟؟؟؟؟؟؟؟؟

  13
 6. އިޒްރޭލް ފަޅޯ

  ކޮވިޑް ވެކްސިން ހޯދުމަށް ނަތަންޔާހޫ އަދުރޭ ނުގުޅާކަން ކަށަވަރު ކޮށްދޭން ޖެހޭ !

  9
  13
 7. ފަގީރު ކޮއި

  ކަލޭމެންނަށް އިނގޭ އެއ އް ޗެ އް އޮވޭތަ؟ ގަ އުމު ފުނޑިގެން ދިޔަ އިރު ވެސް. އޭނ؟؟؟؟

  24
 8. ކަހުރަބު

  އެނގޭނެ އެމް ޑީ ޕީ އަކީ ޔަހޫދީ ލާދީނީ ބާޣީ ވަގު ފިތުނަ ޕާރޓީއެއް

  28
  1
 9. ާހިޔާލު

  ވަލުތެރޭ ސަރުކާރު
  އިސްތިއުފާ

  18
 10. ނަފީސާ

  ނޭގެޔޭ ބުނާކަންތައްތަކަކީ އާންމުކޮށް އެނގޭ އެކަމަކު ހާމަކުރަން ބޭނުން ނުވާ ކަނތައްތައް. އަހަރެމެންގެ މުސްލިމް އަޚުންނާއި އުޚުތުންނަށް އަނިޔާ ކުރާބައެއްގެ އެއްވެސް އެއްޗެއް އަހަރެމެން ބޭނުމެއްނޫން.

  31
 11. ފާތުމަ އެޅި މިސްކިތް ހުޅުމާލެ

  ތިބުނާ އެމްޑީޕީ އެއ އް ވެސް ވެރިކަމަށް އާދެވުނީ ރަ އްޔިތުން ތަކެ އް ވޯޓް ލަ އި ގެން.. އެހެން ވީމާ އިސް ތި އުފާ އަށް ގޮވުމުގެ ބޭނުމަކީ ކޮބާ...5 އަހަރު އށް މަޑުކުރުން އޮތީ... ބަގާވަތަކީ ސަރުކާރު ބަދަލު ކުރަން އޮތް ހަ އްލެ އް ނޫން

  2
  25
  • Anonymous

   ވޯޓް ވަގުން. ވޯޓް އޮޅުވާލައިގެން ވެރިކަމަށް އާދެވުނީ. ވަކި ފަސޭހައިން ވެރިކަން ކުރެވޭތަ އެބަ؟

 12. ޖަނާޒާ

  މަބްރޫބް! ކޮބާތޯ ކޮވިޑްގެ ހާލަތު ޤައުމުގައި ދެމި އޮތްކަމަށްވަންޏާ ދެއްވާނެކަމަށް ވަޢުދުވި އެލަވަންސް ! ބެންކްތަކުން ރައްޔިތުން ފެލަނީ! އިނގޭތޯ!

 13. ޞާރި

  ނޭގެންޏާ އިސްތިއުފާ ދީފަ ގޭގަ ހުރެބަލަ ނިކަން

 14. ޢައިމިނަ

  ޢެތަނުން އެއްވެސް އެއްޗެއް އެތެކުރި ބަޔަކަށް ވެސް ހަލާކު ހުރި