މާލެސިޓީގައި ކޮވިޑް-19 ފެތުރެމުން އަންނަ މިންވަރު ކޮންޓްރޯލް ނުވާވަރަށް އިތުރުވެ ބައްޔަަށް ފައްސިވާ މީހުންގެ ކޮންޓެެކްޓު ޓްރޭސިން ހެދުަމަށް ނުކުޅަދާނަވެ އާންމު ހިދުމަތްތައްވެސް ހުއްޓާލަން ޖެހިފައިވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ޑރ.މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ފައްސިވަމުން އަންްނަ މިންްވަރު ދަށް ނުވެ އިތުރުވަމުންް އަންްނަ ކަމަށާއި، އައިޖީއެމްއެޗްގެ އާންމު ހިދުމަތްތައްވެސް ވަނީ ހުއްޓުމަކަށް އައިސްފައި ކަމަށެވެެ. އަދި ހޮސްޕިޓަލުގެ މުވައްޒަފުންގެ ޑިއުޓީ ވެެސް ވަނީ 12 ގަޑިއިރަށް ދަމާލައިފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ހާލަތުގައި މުވައްޒަފުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވަރުގަދަ ވާން ޖެހޭ ކަމަށާއި، މި ބަލިން އަރައިގަނެވޭތޯ ދުއާ ކުރުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

އިއްޔެ އަކީ ފާއިތުވި އަށް ދުވަހުގެ ތެރޭގައި ރާއްޖެއިން އެންމެ މަދުން މީހުން މި ބައްޔަށް ފައްްސިވެފައިވާ ދުވަހެވެ. އިއްްޔެ ފައްސިިވި މީހުންގެ އަދަދުތައްވެސް ހުރީ 700 އިން މަތީގައެވެ. އިއްޔެ ފައްސި މަދުވިއިރު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު ވެސް ވަނީ ފާއިތުވި ދެހަފްތާ ދުވަހުގެ ތެރޭގައި މަދުނުވާ މިންވަރަށް މަދުވެފައެވެ.

މިހާރު ރާއްޖޭގައި 16000 ގާތް ކުރާ އަދަދަކަށް ކޮވިޑް ބަލި މީހުން އެބަތިއްބެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ހަވީރު 16:00 އިން ފެށިގެން ފަތިހު 04:00 އާއި ހަމައަށް މިހާރު މާލޭގައި އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ. އަދި ކެފޭތަކާއި ރެސްޓޯރެންޓްތައް ވެސް ބަންދުކޮށް ޖަމާއަތުގައި ނަމާދު ކުރުން ވެސް ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް މިފިޔަވަޅުތަކުގެ ސަބަބުން އަދި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަކަމަކަށް ފާހަގައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ސސ

  ކޮންޓެކްޓް ޓުރެސިންއަކީ މިހާރު ބޭކާރު ކަމެއް، މިހާރު ގިނައީ ބަލި ޖެހި ރަގަޅުވެފައިވާ މީހުން، ވެކްސިން ޖަހާފައިވާ މީހުން، އެމެރިކާގައި މާސްކުވެސް ނާޅާ އުޅެނީ!

  5
  8
 2. ޢިސްލާހު

  މިއީ މިނުލަފާ ނާގާބިލް ސަރުކާރުން ވޯޓުގެ ދަހިވެތި ކަމުގާ މިގައުުުމު ހަލާކުގެ ތެރެއްވައްޓާލާފައި މިހާރު ހުރިހާކަމެއްރައްޔަތުންގެބޮލައް މިހާރު ސިފައންނާ ފުލުހުނެރެގެން ރައްޔަތުން ޖޫރިމަނާކޮއްގެފައިސާހޯދުން އެހެންވީމާ ރައީސް ނަސީދުގެމަތިންހަދާންވަނީ ރައްޔަތުން ދެކެލޯބިވާ ތެދުވެރިވެރިއެއް އަވަސްސިފާއަކަންއެދެން އާމީން

  21
  4
  • ރާގޮޑިރާޖަ

   ކަލޯމެނަށްވިސްނޭނީ ތަންކޮޅެއްބޮޑުވީމަ. ޢަދި ތީ ވާނުވާ ނެގޭ ކުޑަކުދިން.

 3. ކިޔުންތެރިއެއް

  ލޮލް. ކުރިންވެސް ނުކުރޭ.

 4. ކާފަ

  މިޤައުމުގަ ނަސީދުގެ ފުރާނަ ސަލާމަތްވީމަ އެނިމުނީ، އެހެން އެއްވެސް ފުރާނަޔަކީ އަގެއް ހުރި އެއްޗަކަށް ނަހަދާ. 100 މީހުން ފުރާނަ އެދިޔައީ... ހަމަ ދޯފިޔާކަމުން.

 5. ރާގޮޑިރާޖަ

  ކަލޯމެނަށްވިސްނޭނީ ތަންކޮޅެއްބޮޑުވީމަ. ޢަދި ތީ ވާނުވާ ނެގޭ ކުޑަކުދިން.

 6. ވަށަފަރު މުދިމު

  މާލެ އިން ފުރަތަމަ ބަލިޖެހުނު މީހާ އަށް ބަލިޖެހެން ދިމާވި ގޮތާ ކޮންޓެކްޓް ވިބަޔަކު ނުހޯދުނު އިރު މިހާރު އަދި ހޯދޭނެތަ ...ދުނިޔޭ ގެ އެހެން ގައުމުތަކުން ކޯވިޑް ފެނުން ހުއްޓުނަސް ރާއްޖެ އަކުން މިބަލި ނުފިލާނެ އެއީ ބޮޑުން ގެ ޖީބު ތަކައް ވަންނަ ފައިސާ މަދުވާނެ ތީ

 7. ގާދިރު

  ކޮން އިރަކުބާ ކޮންޓެކްޓް ޓްރޭސިން ހެދީ މިކަމަށް ނުކުޅަދާނަވާން