މާލެ ސިޓީގެ ހަތަރުވަނަ ކައުންސިލަކީ މާލޭހެ ހުރިހާ ފިކުރެއްގެ ރައްޔިތުންނަށް ވެސް ޚިދުމަތް ދޭން އޮތް ކައުންސިލެއް ކަމަށާއި، އާ ސިޓީ ކައުންސިލަކީ ސިޔާސީ ޖަގަހައަކަށް ނުވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާ ދައުރަށް އިންތިޚާބު ވެފައިވާ ކައުންސިލަރުން މިއަދު މަގާމުގެ ހުވާ ކޮށްފައިވެއެވެ. މާލޭގެ ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވީ އޮންލައިންކޮށެވެ. މާލޭގެ އާ މޭޔަރު މުއިއްޒު ހުންނެވީ ސިޓީ ކައުންސިލްގައެވެ.
މާލެ ސިޓީގެ ހަތަރުވަނަ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މުއިއްޒު ވިދާޅުވީ އާ ކައުންސިލްގެ ކިބައިން އެދިވަޑައިގަންނަވާނީ އެއްވެސް ތަފާތުކުރުމެއް ނެތި ރައްޔިތުންގެ މެދުގައި ހަމަހަމައަށް ހިދުމަތްތައް ދިނުމަށް ކަމަށެވެ. އެ ކަން އެ ގޮތުގެ މަތިން ހިނގަމުންދާތޯ މޭޔަރުގެ ހައިސިއްޔަތުން ބައްލަވަމން ގެންދަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ސިޔާސީ ޖަގަހައެއްގެ ގޮތުގައި ސިޓީ ކައުންސިލް ނުވާނެ، ސިޓީ ކައުންސިލް ހިންގާނީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ގޯއްޗެއްގެ ގޮތުގައި،" މޭޔަރު މުއިއްޒު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މުއިއްޒު ވަނީ މާލޭގެ ގެދޮރުވެރިކަމާ ގުޅޭ ގޮތުން މުހިންމު ނުކުތާއެއް ފާހަގަކޮށްދެއްވައިފައެވެ. މި ގޮތުން ގުޅީފަޅުގައި ޕޯޓް އެޅުމުގެ މަޝްރޫއު ތިލަފުށްޓަށް ބަދަލުކޮށް ގުޅިފަޅަކީ މާލޭގެ ރައްޔިތުންގެ ގެދޮރުވެރިކަމަށް ޚާއްސަ ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ މުއިއްޒުގެ އިންތިޚާބީ ވައުދެކެވެ. ރައްޔިތުން އެ ގޮތަށް ބޭނުންވާ ކަން އިންތީޚާބުން ފެނުނުކަން ފާހަގަކުރައްވައި އެ ގޮތަށް ގެންދަން ސަރުކާރަށް ގޮވާލެއްވިއެވެ.
މުއިއްޒަކީ މާލޭގެ ފުރަތަމަ އިންތިޚާބީ މޭޔަރެވެ. މިއީ ސިޓީ މޭޔަރުން ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރި ފުރަތަމަ ފަހަރެވެ. މުއިއްޒަކީ ދެ ސަރުކާރެއްގައި އެންމެ ދިގު މުއްދަތަކަށް ވަޒީރެއްގެ ޚިދުމަތް ވެސް ދެއްވި ހަމައެކަނި ބޭފުޅާއެވެ. ކުރީގެ ރައީސް މުޙައްމަދު ވަޙީދުގެ ވެރިކަމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަޤާމު ފުރުއްވިއެވެ. އެއީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ސާބަހޭ މުއީޒު ތީ ރައީސްޔާމީންގެ ވިސްނުންތެރިއެއް ރައީސް ޔާމީންގެ މަސްވަރާގެ މަތިން ކަންކަން ރާވާހިންގާނީ އޭރުން މުސްތަގުބަލް އުޖާލާވާނެ
ނިއުޔޯކު ސިޓީއަށް މާލެ ވެފައިއޮތް އިރުވެސް އަދިވެސް މި ސަރަހައްދަށް ހުރިހާ ތަރައްގީއެއް ފުނިޖަހާތި އެހެންތަވާނީ މާލޭ މީހުން މަގުމަތީތަ.
އެނިދަނީ
މުއިއްޒުގެ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށިއެވެ.
ވިލިގިލި 10 ބުރި އަށް ނަގާ އިރު މާލޭގެ ބުރީގެ ވާހަކަ އެއް ނެތް!
ތި މަޤާމު ނިމޭއިރު ކިތައް ބުރީގެ ގެއެއް ބާ ނިންމާ ނާލާނީ