ހުޅުމާލެ ސެންޓްރަލް ޕާކްގައި ތަރައްގީ ކުރާ މިސްކިތާއި، އިސްލާމިކް ސެންޓަރު ޑިޒައިން ކުރުމުގެ މުބާރާތުގައި ބައިވެރިވުމަށް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފިއެވެ.

ސެންޓްރަލް ޕާކްގައިި ތަރައްގީ ކުރާ އެ މިސްކިތަކީ ކޯޓްޔާޑާއި އެކު 2500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި އިސްލާމިކް ސެންޓަރުގައި ލައިބްރެރީއެއްގެ އިތުރުން މީޓިންގ ރޫމް ފަދަ ތަންތަން ހިމެނިފައިވެއެވެ.

އެޗްޑީސީން ވިދާޅުވީ، މި ޑިޒައިން މުބާރާތަކީ، ދިވެހި ސަގާފަތާއި ގުޅޭ އިހުގެ މިސްކިއްތަކުން މިސާލު ނަގައިގެން ޑިޒައިން ކުރުމުގެ ފުރުސަތު ދިވެހި އާކިޓެކްޓުންނަށް ދިނުމުގެ ބޭނުމުގައި ހިންގާ މުބާރާތެއް ކަަމަށެވެ.

އެޗްޑީސީން މިއަދު ކުރި މައުލޫމާތުގައި ވަނީ މިސްކިތާއި، މިސްކިތާއި އިންވެގެން ގާއިމް ކުރުމަށް ހަމަޖެހިފައިވާ އިސްލާމިކް ސެންޓަރުގެ ޑިޒައިންތައް ތައްޔާރުކޮށް، ހުށަހެޅުމުގެ ފުރުސަތު ދިވެހި އާކިޓެކްޓުންނަށް ފުރުސަތު އެބަ އޮތް ކަމަށެވެ.

އެޗްޑީސީގެ އިއުލާނުވާގޮތުން އެ މުބާރާތަކީ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. އަދި އެ މުބާރާތުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ރަޖިސްޓްރީވެފައިވާ ދިވެހި އާކިޓެކްޓުންނަށް ބައިވެރިވުމުގެކޮންމެ ޓީމަކުންވެސް ފުރުސަތު އޮންނަނީ އެކަކަށެވެ،

މި މުބާރާތުން އެއް ވަނައަށް ހޮވޭ ފަރާތަކަށް ނުވަތަ ޑިޒައިންނަކަށް އިނާމެއްގެ ގޮތުގައި 300،000 ދިވެހި ރުފިޔާ ކަނޑައަޅާފައި ވެއެވެ

މި މުބާރާތުގައި ބައިވެރިވުމަށް މެއި 27 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުމަށް އެ އިއުލާނުގައި ވެއެވެ.

އެޗްޑީސީން ދަނީ ހުޅުމާލޭގައި ހިންގޭ މަޝްރޫއުތަކަކީ ވިހާވެސް ގިނަ ރައްޔިތުންތަކެއްގެ ބައިވެރިވުމާއި ހިޔާލާއި އެކު ތަރައްގީ ކުރެވިގެން ދާނެ މަޝްރޫއުތަކަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

ހުޅުމާލޭ ފޭސް އެކެއްގައި ތަރައްގީ ކޮށްފައިވާ ސެންޓްރަލް ޕާކަކީ ހުޅުމާލޭގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ތަފާތު ގިނަ ހަރަކާތްތަކެއް އެކުލެވިގެންވާގޮތަށް ފަރުމާކުރެވި ތަރައްގީކުރަމުން އަންނަ ޕާކެކެވެ. ހާއްސަކޮށް ސެންޓްރަލް ޕާކަކީ ހުޅުމާލޭގެ ފެހިކަން އިތުރުކޮށް ހުޅުމާލޭގައި ދިރިއުޅޭ ކުދި ބޮޑު ހުރިހާ ފަރާތްތަކަށްވެސް ބޭނުން ހިފޭނެ ގޮތްތަކަށް ފަރުމާ ކުރެވި ތަރައްގީ ކުރުވެމުން އަންނަ ޕާކެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ....

  ލާރި ނުކެވިގެން ދޯ....ސެންޓްރަލް ޕާކް ވަށައިގެން އެހެރީ މިސްކިތްތައް...ދެންކީއްކުރަން ކުރާ ކަމެއްބާ...

  3
  5
 2. އިބްރާ

  ކޮންމެ މީހަކު ކުރެހިޔަސް ގިނަމީހުނަށް އަޅުކަން ކުރެވޭގޮތަށް ކުރަހާތި

 3. ބޭޗާރާ

  ދުނިޔޭގެ އެއްވެސް ތަނެއްގައި އެތަނެއްގެ މީހުން މުނިފޫހިފިލުވަން ކުޅިވަރުކުޅެ ހަދަން އުޅޭ ތަނެއްގައި މިސްކިތް ހަދައިއުޅޭތަ؟ އެނގޭ ކުއްޖަކު ހުރިއްޔާ ބުނެދީބަލަ.

  8
  2
 4. ޢަހޫ

  ތީ އަނެއްކާ އޮޅުވާލުމެއްތޯ. ތި ހެންކިޔާފަ މިދިޔަ އަރުވެސް އީޖާދީ މަންސަ ކިޔާފަ މުބަރާތެއްބޭއްވި...ނަތީޖާވީ ކަޅުވެންބަނޑުގަކަމެއް ސު ހޭލުބަނޑުގަކަމެއްވެސް ނޭގޭ.

 5. Anonymous

  ސެންޓްރަލް ޕާކަކީ މިސއކިތެއް އަޅަން އެންމެ ރަނގަޅު ތަނެއްނޫން

  2
  2
 6. އަނަސް

  ހެޔޮބަސް:
  ބަލަގަ މޮޔަފުޅުވީތަ. އިސްލާމީ މަރުކަޒު އެހުރީ ސަލްޓަންޕާކް ކައިރީގަ ނޫންތަ. ދެން ކޮންމެ ދެގެދޭތެރޭގައި މިސްކިތް ނޭޅިޔަސް ރަނގަޅުވާނެދޯ. އިސްރާފުކުރުމަކީ ބޮޑުފާފައެއްދޯ. ތިޔަ ފައިސާކޮޅު ފަލަސްދީނުގަ ހާލުގަޖެހިފައިވާ ނިކަމެތި މުސްލިމުންނަށް ޞަދަގާތްކުރަންވީނުން. ﷲ ސުބުހާނަހޫ ވަތަޢާލާ ވަހީކުރައްވަނީ ތިމަންސުވާމީންގެ ބައްލަވާ ވޮޑިގެންވަނީ ތިޔަބައިމީހުންގެ އެތެރެފުއްތަކަށް ކަމުގައި. އެކަލާންގެ ވަހީކުރެއްވިގޮތަށް ހުރިހާ މުސްލިމުންމެގެވެސް ހިތް ރަނަގޅުކުރެވޭތޯ ބަލާ އޭރުން ކަންކަން ކުރަންވީގޮތުގެ ރަނގަޅު ވިސްނުން އެކަލާންގ މިންވަރުކުރައްވާނެ. އިންޝާ ﷲ.