ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވި 350 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފިއެެވެ.

އެ ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެެ ތަރުޖަމާނު މަބްރޫކް އަޒީޒްް ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރުގެެ ތެރޭގައި މާސްކު ނާޅާ ބޭރުގައި ބޭރުގައި އުޅެގެން 135 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އަދި ކާފިއު އިއުލާަންކޮށްފައިވާ ވަގުތުތަކުގައި ހުއްދަނެތި ބޭރުގައި އުޅެގެން 217 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެެވެ. މި ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ރައްކާތެެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވެ ތިން ތަނެއް ޖޫރިމަނާކޮށްފައިވާ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލެ އާއި ބައެއް ރަށްރަށުގައި ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މާލޭގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް އަންނަނީ ކާފިއު ހިންގަމުންނެވެ. އަދި ކޮވިޑް-19 ގަދައަށް ފެތުރެމުން އަންނަ އަތޮޅުތެރޭ ރަށްރަށުގައިވެސް އަންނަނީ ކާފިއު ހިންގަމުންނެވެ.

މީގެއިތުރުން ހުއްދަ ނޫން ވަގުތުތަކުގައި ބޭރުގައި އުޅޭ މީހުންނާއި މާސްކު ނާޅާ ބޭރުގައި އުޅޭ މީހުން ވެސް އަންނަނީ ޖޫރިމަނާ ކުރަމުންނެވެ. ފިޔަވަޅުތަކާ ހިލާފުވެގެން ޖޫރިމަނާ ކުރަނީ ނަސޭހަތް ދިނުމަށް ފަހު ވެސް ކުށް ތަކުރާރުކުރާ މީހުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަައީމް

    ބަލަ މިހާރު އެގޭ ތި މާފުކުރާކަން ދެން ތިކުރަނީ ހަމަޖެހޭގޮތަހައްތަ ތިކަން ވަގުތުން ނަގާބަލަ ނުވަތަ ފުރަތަމަ ވަންނަ ފިހާރަޔަކަށް ދައްކަބަލަ އެންމެ ރަގަޅުވާނީ ވަގުތުންހިފަހައްޓާފާ ގެންދިއުން މިކަންކޮއްބަލަ ކަމެއްކުރަނީއޭކިޔާފަ ކަމެއްކުރިޔަކަސް ކަމަކުނުދާނެ ނިކަން ރަނގަޅަށްކޮއްބަލަ