ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން އިތުރު ތިން މީހަކު ނިޔާވެ، ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ހައަކަށް އަރައިފިއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން އެންމެ ފަހުން ނިޔާވި ތިން މީހުން ވެސް ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީންނެވެ.
އެއީ ދިވެހި އަންހެނަކާއި ދިވެހި ފިރިހެނެއްގެ އިތުރުން އިންޑިއާ ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.
އޭގެތެރެއިން އިންޑިއާ މީހަކީ 51 އަހަރުގެ މީހެއް ކަމަށާއި އޭނާ ނިޔާވީ މިއަދު ހެނދުނު 08:44 ގައި ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. ނިޔާވި އަންހެން މީހާ އަކީ 63 އަހަރުގެ މީހެކެވެ. އޭނާ ނިޔާވީ 08:30 ގައެވެ. ތިން ވަނަ މީހަކީ 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ 09:48 ގައެވެ.
ކޮވިޑް ޖެހިގެން މިއަދު ފުރަތަމަ ދެމީހުން ނިޔާވީ ލ.އަތޮޅުންނެވެ. އެއީ އަންހެނަކާއި ފިރިހެކެވެ. މިއަދު ތިން ވަނަ މީހަކު ނިޔާވީ މާލެ އިންނެވެ. އެއީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ މީހެކެވެ.
ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 111 އަށް އަރާފައެވެ.
ކޮވިޑަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިހާރު ރާއްޖޭގައި 18200 އަށްވުރެ ގިނަ ކޮވިޑް ބަލި މީހުން އެބަތިއްބެވެ. އިއްޔެ އިރުއޮއްސުމާއި ހަމައަށް 268 ކޮވިޑް ބަލި މީހަކަށް ހޮސްޕިޓަލްގައި އައީ ފަރުވާ ދެމުންނެވެ.
މިހުރިހާ މީހުންގެ މަރުގެ ޒިންމާ ކައުންސިލް އިންތިހާބަށް ރާއްޖެ ހުޅުވާލި މީހުން ނަގަންޖެހޭނެ
ހާދަހާ ދެރައޭ😞😞
ޢަޅޭ މިވަރު ވާއިރު ހެލްތް މިނިސްޓަރ ކޮބައިތަ
ހެލްތު މިނިސްޓަރު ބަލާނީ އިޒްރޭލް ހިމާޔަތް ކުރެވޭތޯވިއްޔާ ! މި ސަރުކާރު އައި ފަހުން ރައްޔިތުންނަށް ހިންދަމާލައިގެން އުޅޭވަރެއް ނުވޭ ،
ރައީސް އިބޫގެ ކަމަކީ 100 ދުވަހު ޕްލޭނެއް ހެދުން ދެން އޮތީ ކޮންމެ ކަމަކަށް ކޮމެޓީ އެއް އުފެއްދުން ، ތިމާ މިހާއަށް މިކަން ނުވަންޏާ އިސްތިއުފާ ދީފަ ވައްކަން ކުރި ރުފިޔާ ތައް ހިފައިގެން ހިންނަވަރަށް ދިޔައީމަ އެ ނިމުނީންނު
ބަޔަކު އުޅުނީ މީހުންއެއްކޮގެން ވަގު ހިމާޔަތް ކުރަން. މިހާރު ފަޅޮލޭ ކިޔާނެކަމެއްނެތް.
މިވަރުވާއިރުވެސް ކަމެއްވާހެން ވެސް މިވެރިންނަކަށް ހީއެއްނުވޭ!މިއީ ކިހިނެއްވެފައިތިބި ބައެއްތަ؟
ރައްޔިތުންނަށްވުރެ ބޮޑަށްވިސްނަނީ އެމްއެމްޕީއާރސީގެ ލިސްޓަށް ތަނެއްދޮރެއްނުބަލައި މީހުން އިތުރުކުރެވޭތޯ ރައްޔިތުން މަރުވިއަސް ރަގަނޅޯ ބުނާކަހަލަ މަޖިލީހަކީ ކޯޓެއްބާ
ކަލޭނޭ ހުލުމާލެ ފެސިލިޓީ ޗެކްކުރަންވެއްޖެ އެއްނު އެތަނުން ފަރުވާ ހޯދަނީ ނިކަމެތިން ބޮޑުން ދަރުމަވަންތާގަ ބަލަ ދަރުމަވަންތަހެދީ ބޮޑުންނަށްއެކަނިނޫނޭ އަހަރުމެންގެ ލާރިއޭ އެވެސް ރައީސްމީހާ އަދި ނަިމޫނާ މިކަމާ ޖަވާބެއްދީބަލަ ފެސިލިޓީ މީހުން މަރަށް ގެންދާތަނެއްތަ ވެންޓިލޭޓަރުގަނޑެއްވެސް އެތާ ނުހުއްނަނީތަ
ޢިންޑިއާ މީހުން ގަލްފަށް ފުރުމުގެ ކުރިން އެމީހުން ގެ ކަރަނަޓީނު ފެސިލިޓީ އަކީ ދިވެހި ރާއްޖެ ކަމަށް ހަދައި އެންމެ ގިނަ ޓޫރިސްޓުން ދިވެހި ރާއްޖެއަށް ޒިޔާރަށް ކުރަނީ އިންޑިއާއިން ނޭ ކިޔާފަ ކުރި ތައުރީފުގެ ނަތީޖާ މިއަދު މިފެންނަނީ ވަރަށް ދެރަ ހިތާމަ ހުރިކަމެއް..
ކޮވިޑް 19 ގެވެކްސިނޭ ކިޔާފަ ޖެހި އެއްޗެއްގެ އަސަރެއް ނުކުރޭ، ވެކްސިންގ ގެ 2ޑޯޒް ޖެހި މެދު ޢުމުރުގެ މީހުންވެސް ކޮވިޑްޖެހި ޙާލު ސީރިއަސްވެ ހުޅުމާލެ ފެސިލިޓީގަ ، ފަރުވާދެނީއޭ ބުންޏަކަށް އެތަނަށް ވެއްދުމަށްފަހު އަޅައެއް ނުލެވޭ، ބަލިމީހާގެ ޙާލަތު އިތުރަށް ގޯސްވެ މިދުނިޔެއާ އަލްވަދާޢު ކިޔުން ފިޔަވާ އިތުރުކަމެއް އެތަނަށް ވައްދާ މީހުންނަކަށް ނެތް،
ހުޅުމާލެ ފެސިލިޓީއަށްފަރުވާދޭން ވައްދާ މީހުން ނެރެ ލާންޖެހެނީ ސަންދޯކަށް،
ހިތާމަހުރި،
ލޯބިވާ ރައްޔިތުންނޭ،
ކޮންމެވެސް ގޮތެއް މިކަމަށް ހޯދަން އެބަޖެހޭ، ރައްޔިތުން އެއްބައިވެގެން ތަންކޮޅެއް ފުންކޮށް ވިސްނާ ހަމަކޮންމެވެސް ގޮތެއް ހޯދަންޖެހޭ،
ހުރިހާ ދެރައެއް މި ލިބެނީ އަހަރެމެން ނިކަމެތި ރައްޔިތުންނަށް، ބޮޑުންނެއް މިކަމަކާ އަޅައެއްނުލާނެ، އެމީހުން ބަލަނީ ޤައުމުގެ ހުރިހާ ފައިސާއެއް އަންބޮނޑިއަށް ލެވޭތޯ،