ރާއްޖެ އިން އިތުރު 1187 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މީގެތެރެއިން 965 މީހުންނަކީ މާލެ އިން ކޮވިޑަށް ފައްސިވި މީހުންނެވެ. މީހުން ދިރިއުޅޭ ރަށްތަކުން 214 މީހުން، ރިސޯޓްތަކުން 06 މީހުން އަދި ސަފާރީތަކުން 02 މީހުން ފައްސިވިއެވެ.

ކޮވިޑް-19 ނަތީޖާ އިއުލާން ކުރުމަށް އަރާފައިވާ އޮޅުންބޮޅުންތައް އަދިވެސް އެޗްއީއޯސީއަށް ފިލުވާނުލެވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސުންކުތަކުގެ ތެރެއިން ކޮވިޑަށް ފައްސިވީ 438 މީހުންނެވެ. ނަމަވެސް މިއަދު ނެގި ސުންކުތަކުގެ ތެރެއިން އެތައް ބައެއްގެ ނަތީޖާ އަދިވެސް ސާފުނުވާތީ މާދަމާގެ ނަތީޖާތައް ލިބޭއިރު މިއަދު ނެގި ސުންކުތަކުން ފައްސިވި އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

މިއަދު އިއުލާން ކޮށްފައި ވަނީ 3771 މީހަކު ކޮވިޑަށް ޓެސްޓްކޮށްގެން ފައްސިވި މީހުންގެ އަދަދެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 558 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 18843 މީހަކު އެބަތިއްބެވެ. މީގެތެރެއިން 274 މީހުން ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަފޭ

  ރާއްޖޭގައި ދިރިއުޅޭ މަދު މީސްކޮޅު ކޮއިޑްގައި ނިމިގެން މިދަނީ މިސަރުކާރުގެ ފަރުވާ ކުޑަކަމުން

  13
  1
 2. ޢަލިބެ

  ކޮވިޑް އެންމެ ބާރަށްފެތުރެމުންދިޔަ އިންޑިއާއިން އެއްވެސްބެލުމެއްނެތި ރާއްޖެއަށް މީހުންއައުމަށް ހުޅުވާލާފައި ބާއްވައިގެން ބަލީގެ އަވަހަށް ފެތުރޭކަމަށްބުނާ ވޭރިއަންޓްތައްވެސް ރާއްޖެއަށް އެތެރެވުމަށް މަގުފަހިކުރީ ސަރުކާރުން. ރައްޔިތުންގެ ރައްކާތެރިކަމަށްވުރެ ބޮޑަށް އިންޑިއާއަށް ހުރިހާކަމެއް ފަހިކޮށްފައި ބޭއްވުމަށް އިސްކަންދިނީ. ނޫސްވެރިންގެ ބައްދަލުވުން ބާއްވައިގެން ތާއަބަދު ރައްޔިތުން ކުއްވެރިކުރުން ނޫންކަމެއްނެތް.

 3. ނާރު

  އެޗްޕީއޭ ހިންގުމަށް ފައިސާ ލިބެނީ މިހާރު ކަންކުރާ ގޮތަށް ކޮއްގެންނޭ މިގޮތުގެ ތެރެއިން
  1 މުސްކުޅިން ގިނައިން މަރުވުމުން އެމީހުންނަށް ކިބޭ 5ހާސް
  2 އާސަންދަ މަރުވާ ކޮންމެމީހެއްގެ 1ލައްކަ
  3 ގެސްޓްހައުސްތަކުން
  4 ރެސްޓޯރެންޓްތަކުން
  5 ފިހާރަތަކުން
  6 ވެހިކަލް ޖޫރިމަނާތަކުން
  7 މާސްކު ޖޫރުމަނާތަކުން
  މީ ހަމަ ހަގީގަތް

 4. ކިސަޑު

  އަލޭ އޮފީސްތައްވެސް ހުޅުވެނީތަ މިހާލަތުގައިވެސް އަހުންނަކީވެސް ސަރުކާރު ކުންފުންޏެއްގައި އުޅޭ މީހެއް ސަރުކާރުގެ އެންގުމަކަށް ބޮލެއް ނުލަބާ އެންމެން އޮފީހަށް ނެރޭ މާސްކެއްވެސް ނާޅާ އޮފީސްތެރޭ ތެޅިބާލަނީ

 5. ޙިންނަބެ

  އޮފީސްތައް ހުޅުވައިގެން ގަދަކަމުން މުވައްޒަފުން ނެރެގެން މަސައްކަތް ކުރުވާއިރު ގެއިން ނުނިކުމެ ތިބެވޭތަ؟ އަނގަ އރވިޔަކަސް ނުވާނެ. ޓީވީތަކަށް އަރާ މޮޅު ވާހަކަ ދައްކާފަ ހަދަނީ ހަދާނެ އެއްޗެއް.