ބޮން ފަދަ ހަތިޔާރު އުފެއްދި މައްސަލައެއްގައި މިހާރު ވެސް ޝަރީޢަތުގައި މައްސަލަ ކުރިއަށްދާ ތިން މީހަކު މިހާރު ފުލުހުން ހަރުކަށި ފިކުރާއި ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ފުލުހުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ހަތިޔާރު އުފެއްދި މައްސަލައެއްގައި މިހާރު ވެސް ޝަރީޢަތް ކުރިއަށްދާ ތިން މީހަކު ހައްޔަރުކުރީ އައްޑޫން ކަމަށެވެ.
އައްޑޫގައި ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުވަ މީހަކު ހައްޔަރުކޮށްފައި ވެއެވެ. އެމީހުން ހައްޔަރުކުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ހަރުކަށި ފިކުރާއި ދެކޮޅަށް ފުލުހުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގައި އައްޑޫގެ ބައެއް ތަންތަނުގެ އިތުރުން މާލެ އިން ވެސް ފަސް ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މިހާރު ވެސް މާލޭގައި ގެއެއް ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފާސްކުރި ތަންތަނުން ހަތިޔާރުގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެއް ފެނިފައެއް ނުވޭ. ނަމަވެސް އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކާއި ގުޅުންހުރި ހެކިތައް ހޯދުމަށް ބޭނުންވާނެ ޑިޖިޓަލް އެއްޗެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވޭ." ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިމަހުގެ 06 ވަނަ ދުވަހުގެ ރޭ ދިން ހަމަލާ އާއި ގުޅިގެން ފުލުހުން ވަނީ ހަރުކަށި ފިކުރު ފަތުރާ މީހުން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު މިއަދު ވިދާޅުވީ ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާއި ގުޅޭ މައުލޫމާތު ފުލުހުންނާއި ހިއްސާކުރުމަށް އާއްމުންގެ ކިބައިން އަދިވެސް ފުލުހުން އެދޭކަމަށެވެ. އެމައުލޫމާތުތައް ހިއްސާ ކުރާ ފަރާތްތަކުގެ ވަނަވަރު ސިއްރު ކޮށްދޭނެ ކަމުގެ ޔަގީންކަން މިއަދުވެސް ފުލުހުން ވަނީ ދީފައެވެ.
ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރާ ފަދައިން ދީނަށް ފުރައްސާރަ ކުރާ ލާދީނީ މީހުން ހައްޔަރު ނުކުރަނީ ކީއްވެ؟ މައުމޫނު ވެރިކަމުގަ އއ ހިމަންދޫ އިން ހަރުކަށި ފިކުރު މީހުން ހައްޔަރު ކުރުމުން އެކަމާ ދެކޮޅަށް ވަކާލާތު ކުރީ މޑޕ މީހުން. ހަރުކަށި ފިކުރާއި ލާދީނީ ފިކުރު ދިރުވާ އާލާުކުރީވެސް މޑޕ އިސްކޮށް ތިބި މެންބަރުން. އެމްޑީއެން އޭ ކިޔާ ލާދީނީ ބައިގަނޑު މިހާރު ތިބީ ސަރުކާރުގެ މަތީ މަގާމު ތަކުގަ.
ޢެންމެން ނަށް މިހާރު އިނގޭ މި ހަރުކަށްޓޭ ކިޔައިގެން އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ގާނޫނު ތެރެއިން ލާދީނީ ނުކިޔޭނެ ގާނުނު ތަކެއް ފާސް ކުރަން ވެގެން އަންނި ކުޅޭ ޑްރާމާ އެއްކަން. ގޮއްވާލި މީހާ ހުރީ ބޮޑު ކެމެރާ އެއްގެ ދަށުގަ ބަހައްޓާފަ. ސަޅި ޑްރާމާ އެއް.
ލާދީނީ އެއް ނު ކިޔޭނެ މުސްލިމަ ކާ ދިމާލަށް މޮޔަޔާ. ކިޔާފިއްޔާ އޮތީ ޖަލު!
ކޮބާ ކުޅޭ ބޭބެ؟ ފިލީތަ؟