ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން ހަތަރުވަނަ މީހަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 93 އަހަރުގެ އަންހެނެކެވެ.

އޭނާ އަށް ފަރުވާ ދެމުން ގެންދިޔައީ ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މާލޭގައި ވަނީ ކާފިއުގެ ވަގުތު އިތުރުކޮށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެތެރޭގައި ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކޮށް ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުން ހިމެނެއެވެ. ނަމަވެސް އަދި އެފިޔަވަޅުތަކުގެ ސަބަބުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަކަށް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމަނާ

    މީ ފެންވަރުހުރިވަރަކީ. އެވަރުންވެސް ތަނެއްދޮރެއް ބަލާނެކަމެއްނެތް އިންޑިއާއިން ބޯތަށް އެތެރެކުރޭ އެތެރެކުރޭ.

    • ޢަލީ

      އެ ސަރަހައްދުން މީހުން އައުން މަނާ ކޮންފަ އޭ އިނީ މިހާރު 😑