ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ދިވެހި ފިރިހެނެކެވެ. އޭނާ އަށް ފަރުވާ ދެމުން ގެންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ. ނިޔާވެފައި ވަނީ 77 އަހަރުގެ މީހެކެވެ.
އޭނާ ނިޔާވީ ރޭ ފަތިހު، 04:06 ގައެވެ.
މިއީ މިމަހުގެ ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި 44 ވަނަ މީހާއެވެ. ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 117 އަށް އަރާފައެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މާލޭގައި ވަނީ ކާފިއުގެ ވަގުތު އިތުރުކޮށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެތެރޭގައި ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކޮށް ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުން ހިމެނެއެވެ. ނަމަވެސް އަދި އެފިޔަވަޅުތަކުގެ ސަބަބުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަކަށް ނުދައްކައެވެ.
ރޭގަވެސް ނިޔާވި މީހަކު ވީ ވަރަށް ގާތް މީހަކަށް. ނިޔާވާ މީހުން ނަމާއިއެކު ޚަބަރުގައި ގެނެސް ދެއްވުމަށް އެދެން.
ލޮކްޑައުން ނުކޮށް މިވޭވްއަކުން ސަލާމަތެއް ނެތް.. ބޯހަލާކު
ވަރަށް ދެރަވޭ ކޮންމެ ދުވަހަކު އެތައް މީހުންނެއް މަރުވޭ.. ސަރުކާރުގައި ލޮކްޑައުން ކުރުމުގެ ވިސްނުމެއް ނެތް.
ފުކެއް ބޮޑުވަރު، މިދަނޑިވަޅުގައި ތިކަހަލަ ވާހަކަ ދައްކަން ލަދު ގަންނަން ވާނެ، ތިއީ ޤައުމުގެ ވެރިން، ތި ވަޒީފާއާއި ހަވާލުވި އިރު ޙިތަށް އެރީ ކަލޭމެން ބުނިހާ ގޮތެއް މީހުން ހަދާނެއޭތަ؟ ކޮންމެ ކަމެއް ފަރުދީ ޒިންމާއަކަށް ވަންޏާ ކަލޭމެން ތިތާ ވަޒީރުކަމުގައި ބޭއްތިބުމުގެ ބޭނުމެއް ނެތް. ފަރުދީ ޒިންމާއަކީ ވެސް އޮންނަ އެއްޗެއް އެހެން ނަމަވެސް އެވާހަކަ ދައްކައިގެން ހައްލު ނުވިއްޔާ އެހެން ގޮތެއް ހޯދުމަކީ ދައުލަތުގެ ވެރިންގެ ޒިންމާއެއް. ދެންވެސް ސިއްހީ ހިދުމަތްދޭ މީހުންގެ އަޑުއަހާ.