ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވަމުން އަންނަ މިދަނޑިވަޅުގައި ވެސް މާލޭ ސަރަހައްދު ފުރަބަންދު ކުރުމަށް ނިންމާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކު މިފަދައިން ވިދާޅުވި ނަމަވެސް، މި މަހުގެ 25 ވާ އަންގާރަ ދުވަހު މާލެ ސަރަހައްދު ފުރަބަންދު ކުރަން ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފައިވާ ކަން “ވަގުތު” އަށް ވަނީ އެނގިފައެވެ.

އެނގިފައިވާ ގޮތުގައި މާލެ ފުރަބަންދު ކުރުމަށް ނިންމާފައިވަނީ ކޮވިޑް-19ގެ ވޭދަނަތަށް ބޮއްސުން ލާފައިވާ ދަނޑިވަޅެއްގައި ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.

ފާއިތުވި 24 ގަޑިއިރަށް ބަލާއިރު، މާލެ ސަރަހައްދުން އެކަނި ވެސް 1،698 މީހަކު ވަނީ ފައްސިވެފައެވެ.

މިވަގުތު ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން މާލޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، ހަވީރު 16:00 އިން ފެށިގެން ފަތިހު 4:00 އަށް ކާއިފު ވަނީ އިއުލާނު ކޮށްފައެވެ. އަދި މާލެ ސަރަހައްދުގެ ރެސްޓޯރެންޓްތައް ވެސް ބަންދު ކުރުމަށް އަންގާފައިވާއިރު، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވެސް މެދުކަނޑާލަން ވަނީ އަންގާފައެވެ.

މިފަދަ ފިޔަވަޅުތަކެއް މާލޭގައި އެޅި ނަމަވެސް، ބައެއް ފަރާތްތަކުން އެފިޔަވަޅުތަކަށް ތަބާނުވެ ބޭރުގައި އުޅޭކަން މީގެ ކުރިން ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ތަހުތު

  މަބޭ އަތައްގޮވަނީ މަބޭސަލަންބުނެފަދުރައްދޭ

  44
  4
 2. އިންޏަ

  ޙެޔޮ ނުވާނެ ދިވެހި ރައްޔިތުންނާ މެދު ވިސްނަންޔާ ފުރަބަންދުކޮށްދެއްވާ. 20000އަށް ވުރެން ގިނަ އެކްޓިވް ކޭސް ރާއްޖެއިން އެބާއޮތް މިވަގުތު ރިކޯޑް ކުރެވިފައި. ޙައި ރިސްކު މީހުންގެ ޒިންމާތައް އުފުއްލަނީ ލޯ ރިސްކު މީހުން.. މުސްކުޅި މަންމަ ނުވަތަ މާމަ ކާފަ ނޫނީ އެނޫން ގޮތަކުން ވެސް ބަލި މީހެއްގެ ޒިންމާ ނަގާނީ ދެން ހުންނަ މީހާ. ގެއެއްގައި އެތައް ބައިވަރު މީހުން އުޅޭ. މިހާރު ސަރުކާރު ބަންދުކޮށްފައިވެސް އޮންނަނީ ނަމެއްގައި. ކޮންމެ ދުވަހަކު ވަޒީފާއަށް ނިކުމެ ގެއަށް އައިސް ވަކިން ދިރިއުޅުމުވެ އިންތިޒާމް ހަމަޖެހިފައެއް ނުހުރޭ. ވަރަށް ހެލްޕްލަސް. ގޭގައި މަސައްކަތް ކުރާށޭ ބުނާއިރު ގިނަ އޮފީސްތަކުގައި އެ އިންތިޒާމް ހަމަޖެހިފައެއް ނުވޭ.

  85
  12
 3. ޖަލީލް

  ޕްލީޒް ގޯ ފޮ އަ ލޮކްޑައުން.

  24
  4
 4. ބޭބެ

  އިންޑިޔާއިން ކަން ކަން ކުރާގޮތަށް ކުރީމައަތަށް ގޮވަނީ ..އަބަދު ނޫސްތަ ކުން ލިޔާލިޔުންތައް ދިފާއު ކުރަން އުޅުއްވަނީ އެއްވެސް ގަޓެއް ނެތް ނެގިމަޑުވެފައި...

  18
  1
 5. ޖާބެ

  މިވެރިކަން ނިމުނުހާ އަވަހަކައް ދައުލަތުން ކޮވިޑް ވައްކަންކުރި މީހުން އަދި ދައުލަތުގެ ވަސީލަތްތައް މިސް މެނޭޖް ކުރި މީހުންގެ މައްސަލަބަލާ އެކަމައް ފިޔަވޅުއަޅަންޖެހޭ.
  ޕްރޮޕަގެންޑާ ފެށީ މިހަރު އަނެއްކާ

  15
  1
 6. ޒީރޯ ޓޮލަރަންސް

  ހުރިހާކަމެއް ރައްޔިތުމީހާ ބޮަލަށް ޖަހާފަ، އެމީހުން ކުށްވެރި ކުރީމަ ރަގަޅުވާނެ. ތިޔަ އެޗްޕީއޭގެ ހޮޓްލައިނަށް ގުޅާ އެމެޖެންސީ ފަރުވާއަށް ނޯޓުކުރެވިފަވާތާ މިހާރު މިއަދަށް 3 ދުވަސް. އަދި ވާނުވާއެއްނޭގެ. ހެލްތް މިނިސްޓަރަށްނޭގެ ހެދޭނުހެދޭއެއް. އެވަޒީރަށް ނޭގެ ބުނެވޭ ނުބުނެވޭ އެއްޗެއް. ދެންހަދާނީ ކިހިނެއް. ސަރުކާރުގެ ގާބިލް ކަމާއި މެދު ރައްޔިތުމީހުން ސުވާލް އަޅެފަހެވާ ނުކުރާނެތަ.

  19
  2
 7. އައްމަޑޭ

  ނުނިއްމިޔަސް ކުރަން ވެެއްޖެކަމެއްތީ މިހާރު

  20
  1
 8. ރައްޔިތުމީހުން

  ލޮކްޑައުން އޭ ކިޔާ އިރަށް ހާދަ އަވަހޭ ޖަވާބު ލިބޭލެއް.. ސަރުކާރު ހުރިހާ ކަމެއްވެސް މިހެންވާނަމަ ދޯ..

  20
 9. އެމަންޖެ

  މާލެ ފުރަބަނދު ކުރާނެ އަތައް ރަނގަޅައް ގޮވީމަ ދޯ މަބްރޫކް.

  23
  2
 10. ކޮފި

  ބަންދުކޮށްދެއްވާ

  20
  1
 11. ރައްޔިތުން

  ރައްޔަތުން ފަނާވައިރުވެސް ޑޮލަރު ޑޮލަރު. ބޯޑަރު ބަންދު ކުރާކަށް ނުވޭތޯ. މިހާރު މިއޮތީ ނުކަތާފަ

  23
  2
 12. ޖާބެ

  އެމް.ޑީ.ޕީގެ އަދި ތިޔަ ކޯލިޝަންގެ ވެރިކަމެއް 2023 އަކު ނުފެންނާނެ ވ.ސާފު މިހާރު ކެވުނެ އެއްޗެއް ކާލާ ޒީރޯ ޓޮލަރަންސްގެ ދަށުން

  27
  1
 13. ޝިރޯ

  ކާކު އައިމާ ނުވަތަ ކާކު ދިޔައިމާ ލޮކްޑައުންކުރަން މޮޔަ އިބޫ ތިޔަވިސްނަނީ ނޫނީ ކަލޭ މަރާލަން ބޭނުންވާ ބަޔަކު އަދި ދުނިޔޭގައި ތިބީތަ ގަމާރު މުޅިގައުމު ލޮކްޑައުން ކުރިހަދާން ނެތީތަ ދެތިން މީހަކު ކޮވިޑް ޖެހުނީމައި ލޫޓުވާލާނެ ލާރިކޮޅެއް އަތަންއަރަންދެން އަދި މަޑުކުރަނީ ރައްޔިތުން ލޫޓުވާ ފޭރޭ ސަރުކާރު މީހުން ގަސްތުގައި މީހުން މަރާ ސަރުކާރު އިބޫ އަދި ގެރިމޮޔަ ބަލިނުޖެހޭތަ އަދި ޖެހޭނެ ތިޔަހެން ރައްޔިތުންނަށް އިޙްމާލުވެފައި ސަލާމަތެއް ﷲ އިބޫ ސަލާމަތެއް ނުކުރައްވާށި

  15
  4
 14. Anonymous

  ކަރަންޓީނަށް ލާފަ ހުންނަ ގޭގޭ މީހުން ބޭރުތެރޭ ވަރަށް އެބައުޅޭ. މާސް ކުވެސް ނާޅާ އުޅެނީ ބައެއް މީހުން. ކޮންތާ ކު މިޖެހެނީ ދެން. ކޮންމެވެސް ވަރަ ކަށް ޒިންމާދާރުވާންވެސް އެބަޖެހޭ.

  15
  2
 15. ޓަކި

  އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތީ 65 އަހަރުން މަތީ ހުރިހާ މީހުން މަރުވެގެންދާ މަންޒަރު ބަލާފަ އުފާކުރަނީ ފުރަބަންދެއް ކުރާނެހެނެެއް ހީއެއްނުވޭ އެންމެން މަރުވެ ހުސްވީމަ ނޫނީ ހާދަ ދެރައޭ ހާދަދެރައޭ ހާދަހާ ދެރައޭ

  19
  1
 16. ޢާދަނު

  ދެން އަންނަ ސަރު ކާރެއްގަ ރައްޔިތުންނާމެދު އިހްމާލު ވާތީވެ ދައުވާ ކުރެވޭނެ..އިންޝާﷲ..

  21
  1
 17. ޞޮނިބެ

  ޢަޅުގަނޑު ކަރަންޓީނުގަ ހުންނަތާ 25 ދުވަސް ތިކކކއެޗުއޯސީން ޖަވާބެއްނުލިބޭ ދެން ކިހިނެއްހަދާނީ

  1
  1
 18. ކޮވިޑް ރިލީފް

  މާލެ ފުރަބަންދުކުރީމާ އޭގެ ގެއްލުންވާނީ ވިޔަޔާރިވެރިންނަށެވެ. މީގެތެރެއިން ބޮޑެތި އަދި މެދުފަންތީގެ ވިޔަފާރިއާއި ކަންމަތީ ފިހާރަތަށް އަދި ހޮޓާރެސްޓޯރަންތަކަށް ގެއްލުންވާނެއެވެ.
  ޓޫރިޒަމްއަށް ބަރޯސާވެފައިވާ މިގައުމު ފުރަބަންދަށް ހިފަހައްޓައެއްނުލާނެއެވެ.

  ވީމާ، ފުރަބަންްދު ކުރެވޭނީ މިހުރިހާކަމަކަށް ވިސްނާާފައެއްނޫތޯ ރައްޔިތުންނޭ!

  މިގައުމާދޭތެރޭ އެބަޖެހޭ ވިސްނަން...

 19. ގާދިރު

  ސަރުކާރަށް އަދިވެސް ވާނުވާ ނޭގެނީބާ؟ ނޫނީ ފުރަންޓްލައިނޭކިޔައިގެން ހަމަ ލާރި ނަގާލާ ތިބެން ވިސްނަނީބާ! އެހެން ޤައުމުތައް ކޮންޓްރޯލް ކުރާގޮއި ނޭގެނީބާ؟ ބޭރު ޤައުމު ތަކިގެ ހަބަރު ނުބަލަނީ ކަންނޭގެ

 20. މުހައްމަދު ޝާހް، ރ.ވާދޫ

  "އަދި ނިންމާފައެއްނުވޭ" ތިވަރު އަހަރުންނަށްވެސް އެނގެޔޭ. 25 އަންނަން އަދި ދުވަސްކޮޅެއް އެބައޮތް. މިބަލަނީ ބަންދުކުރާނެކަމަށް. ކަލޭގެ އަނގައިން އެކަން އަންގަންވާނީ. ބަޔަކު ކުރިމެރީމަ މަތިޖަހަން "އަދި ނިންމާފައެއްނެތް" ސަޅި.

 21. ބީރުމީހާ

  އަބަތަ މި ގައުމު ހިންގަނީ ހިންގަންތިބި މީހުން ތިބީ ނިދާފަތަ އެންސްޕަރ އައި އާސަންދަ އަށް ލުއިވަނީ މުސްކުޅިން މަރުވީމާ ސަރުކާރަށް ފައިސާލިބޭ ޖޫރިމަނާއި ހުޅުމާލެއިން މާލެއަށް ބޭނުމަކު ދިޔުމަށްވެސް 15 މިނިޓް އެބުރި ގެޔަށް އަންނައިރަށް ސަރުކާރަށް 1000ރ

 22. އަހްމަދު

  މަބްރޫކު މަބްރޫކަށްއެގޭނީބަންދުކުރީމަބަންދުކުރިކަން އެއީއަހަރުމެންނައްވެސް ހަމައެނގޭވަރަށް މިސަރުކާރުންކުރާގިނަކަންކަން އެނގޭނީއެކަންކޮށްނިމުނީމަ

 23. ދަނބޭ

  ހަދާންކުރާތި މިމައްސަލަތަށް ބަލާނެ ދުވަހެއް އަންނާނެ އަދި އެދުވަހަކުން ރައްޔަތުންނާމެދު އިހުމާލުވި މީހުންނަށް މީގެ އުގީބާތް ފެންނާނެ

  6
  1
 24. މަތީނު

  އިބުރާހިމާ ކަލޭ ތިހުރީ ކަންފަތް ބީރުވެފަތަ ދެ ލޯ ކަނުވެފަތަ. ނޫނީ ކަލޭގެ ނިޔަތަކީ އެންމެން ދުއްވާލުންތަ؟ ކަންކަމުގެ ޒިންމާ ނުއުފުލެންޔާ އިސްތިއުފާ ދީފަ ރައްކާވޭ.

  5
  1
 25. ސަޓޯ

  ބޮޑު ނޮހޮރޮއްޕާނެއްނު މަބުރޫކޫ

 26. އެއްލޯޖޯބެ

  ބޮންބެ އަންނިއަށް ބޮޑުވަޒީރުކަންދީ އޭރުން ކޮރޯނާ މަރުވާނެ

 27. ބަލާމީހަ

  ކޮބާތޯ ފުރަބަންދު ނުވެ މިހާރުވެސް މިތިބީ ބަންދުގައި ސަރުކާރުގެ އެއްވެސް އެހީއެއްނެތި އުޅޭތާ ދޮޅުއަހަރުވަނީ މާސްކް އެއްހިސާބް ދިއްކޮއްނުލާ

 28. ލޮކް

  މާރައްޔިތުންނަށް ހެޔޮއެދޭކަމަށް ހެދިގެން ނޫސްވރިންގެ ބައްދލުވުމަށް އަރައި އަނގަގަދަ ކުރާނެ ބޭނުމެއްނެތް ޑޮކްޓަރުން އެވަރަށް އާދެސްކޮށް ބަންދުކުރާށޭގޮވާއިރުވސް އެކަމަށްދެނީ ބީރު ކަންފަތް ނޫޏްތަ

 29. ޥިސްނާ

  މިހާރު އެއްގޮތަކަށް ވެސް ވާގޮތެއްނޭންގޭ، 10 ދުވަހުގެ ސާމްޕަލް ރެޒަލްޓް އިއްޔެހަޔަކުން މިއަދު ހަޔަކަށް ޕޮޒިޓިވް ވީ ކޭސްތަކޭ ވިދާޅުވެފަ އިލާން ކުރެއްވީމާ ބަލީގެ ހާލަތަށް އަންނަ ބަދަލެއް ބަލާމީހުނަކަށް ނޭނގޭ، އެހެންނަހައްދަވާ ކުރީގާހެން އެދުވަހެއްގެ ރެޒަލްޓް ޓްރެންޑް ގްރާފާއި އެކު ގެނެސްދެއްވާ

 30. ުއުމަރު

  މަބުރޫކު ހުރެގެން ތިކަ މެއް ނުވާނެ ރަނގަޅެއް

  2
  1