ކޮވިޑް ބަލީގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައި ވަނީ މިއަދު މެންދުރު 12 ޖަހާކަން ހާއިރު ކަމަށެވެ.
https://twitter.com/HPA_MV/status/1396015207588110339?s=20
މިއާ އެކު، ރާއްޖެ އިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 121 އަށް އަރައިފައެވެ.
ރާއްޖެ އިން ފަހަކަށް އައިސް ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް އެ ބަލި ޖެހިގެން ހަތަރު މީހަކު ވަނީ ނިޔާވެފައެވެ. އެއީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހުންނެވެ.
ރާއްޖެއިން މި ބަލީގައި ނިޔާވި ދިވެހިންގެ އަދަދު މިހާރު ވަނީ 106 އަށް އަރައިފައެވެ. އަދި މި ބަލި ޖެހިގެން 15 ބިދޭސީއަކު ވަނީ ނިޔާވެފައެވެ.
ކޮވިޑް ބަލީގައި އެންމެ ގިނަ ބަޔަކު ނިޔާވެފައި ވަނީ މި މަހުގެ ތެރޭގައެވެ. މި މަހުގެ މިހާތަނަށް 48 މީހަކު ވަނީ ކޮވިޑް ޖެހިގެން ނިޔާވެފައެވެ. އޭގެ ތެރެއިން ފަސް މީހުންނަކީ ކޮވިޑްގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.
ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިބަލިން ރައްކާތެރިވުމަށް ބޭނުންކުރަމުން އަންނަ ވެކްސިން ފުރިހަމަ ނުކުރާ މީހުން ގިނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ހާމަކުރެއެވެ. އެގޮތުން މި ބަލީގައި ނިޔާވާ ގިނަ މީހުންނަކީ ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަ ނުކުރާ މީހުން ކަމަށް އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ.
ރާއްޖެ އިން މިހާތަނަށް ބައި ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރެއިން 31،000 އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވެފައިވާ އިރު، 21،000 އަށް ވުރެ ގިނަ މީހުން ދަނީ ފަރުވާ ހޯދަމުންނެވެ.
މިވަގުތު ކޮވިޑް ޖެހިގެން އެޑްމިޓްކޮށްފައި ތިބީ 286 މީހުންނެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ އާއި ބައެއް ރަށްރަށުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އޭގެ ތެރޭގައި ކާފިއު ގަޑިތަކެއް ހަމަޖެއްސުމާއި ރެސްޓޯރަންޓާއި ކެފޭ ފަދަ ތަންތަން ބަންދުކޮށްގެން ޑެލިވެރީގެ ހިދުމަތް ދިނުން ހިމެނެއެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދޭ ގޮތް މޮނިޓަކުރަން ގޮވާލަން
ޙުޅުމާލެ ފެސިލިޓީގަ ހަމައެ ކަނި
އޮ ކްސިޖަން ދެވޭށޯ ހުންނަނީ ވެންޓިލޭޓަރ ނުހުރެޔޯ . ޥެންޓި ލޭޓަރ ބޭނުންނަމަ ދަރުމަވަންތަ އަށޯ ގެންނަން ޖެހެނީ އެތަނުން އާދައިގެ މީހަ ކަށް ޗާންސެއް ނުލިބެޔޯ . ޢިއްޔެ ނިޔާވިމީހެއްގެ އާއިލާއިން ނޫހަށްދީފައިވާ ބަޔާނަ ކުން ނެގީ.
މައްޔިތާއަށް ރަޙްމަތް ލައްވާންދޭވެ. ވަރަށް ދެރަ ކަމެއްމިއީ. ކޮވިޑް ފެތުރިފައިވަނީ އިންތިހާއަށް.
ކުއްލިޚަބަރުގެގޮތުގަ މިޚަބަރުނުޖަހަންފެނޭ
.. މިއީދެންމިހާރުއާންމު ކޮށްހިނގާ ކަމެއްވީމަ
ނޫން ކުއްލި ހަބަރެއް ގޮތުގައި ޖަހަންޖެހޭކަމެއް މިއީ. މިމަހުގެ މިހާތަނަށް 48 މަރުވީމަ އެއީ ކުއްލި ހަބަރަކަށް ނުވާނެ ގޮތެއް އެއީ ނެތް ގޮތެއް. މިއީ ހަމައެކަނި ނަންބަރު ތަކެއް ނޫން.
ކޮވިޑް ފެސިލިޓީން ނަމެއްގަ ދޭ ފަރުވާއައްވުރެން ގޭގަ ބަލިމީހާ އައްލިބިބޭ ފަރުވާ ރަގަޅުވާނެކަމައް މިދެކެނީ
ފެސިލިޓީ ރަގަޅު ޚިދުމަތް ނުދެވެނީ ޚިދުމަތްތެރިން މަދުވީމާ ރާއްޖޭގެ ނަރުހުންނާ ޑރ ރަޖިސްޓާގަ ތިބި ކުރީގެ މީހުންވެސް މިހާރު ނެރެންވެއްޖެ 20 ބަލި މީހަކަށް 1 ނަރުސް ކިހިނެއް ބަލާނީ އާދޭސްކޮއްފަ މި އެދެނީ ކުރީގެ ތަޖްރިބާކާރުން ކޮމިޔުނިޓީ ހެލްތުވޯކަރުން އަމިއްލައަށްވެސް ނުކުންނަންވެއްޖެ
ކޮވިޝީލްޑް އާއިމެދު ސުވާލު އުފެދޭވަރަށް ބަލިގިނަވެއްޖެ
އާދޭސްކޮއްފަ މި އެދެނީ ކުރީގެ ތަޖްރިބާކާރުން ކޮމިޔުނިޓީ ހެލްތުވޯކަރުން އަމިއްލައަށްވެސް ނުކުންނަންވެއްޖެ
ދިވެހީން މަރަނީ ގައުމާއިގެން ދިވެހިން ކޮލެރާއިން ސަލާމަތްކުރިގޮތަށް އެންމެން އަތުގުޅައިގެން ނުކުންނަމާ ހިނގާ މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާލުމަށްފަހު ރައްޔިތުންނަށްޓަކާ ނިކުމޭ ރަޢީސް މީހާ އަންގަންދެއް މަޑުނުކުރޭ މައިމޫނާ އަވަހަށް އެމީހުންނަށް ގޮވާލާ ރައްޔިތުން ހަނާވަނީ
ފެސިލިޓީއަށް ގެންދާ ގިނަބަޔަ ކު މަރުވާމައްސަލަ ވަރަށް ސީރިއަސް ކޮށް ބަލަންއެބަޖެހޭ! އެތަނަށް ގެންގޮސް އަޅާނުލާ މަރުވާން ދޫ ކޮށްލަނީ! ނުބެލެންޏާ ތިތަނަށް ނުގެންދަންވިނު!!
ކުރީންބުނި އާބާދީގެ 3 ބައި ކުޅަ އެއް ބަޔަށް ވެކްސިން ޖަހާފަ އެވެ. ދެން ވެކްސިން ޖެހި ބައެއް ބަލަން ވެއް ޖެ އެވެ.
ބަލި ގިނަވަމުން މިދަނީ ސަބަބަކާ ނުލައެއް ނޫން. 21000 އެކްޓިވް ކޭސަސްް ރިކޯޑް ކުރެވިފައިވުމުގެ މާނައަކީ މުޖުތަމައުތެރޭ ބަލި ޖެހިފައި ތިބި މީހުން ވަރަށް ގިނައޭ. ފުރަބަންދަކަށް ނުގޮސް މިއެއް ނުހިފެހެއްޓޭނެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީ އަކީމީހުންމަ ރަން ގެންދާތަނެއް.މިކަންތަހުގީގުކު ރުމަށް ސިފައިން ދާންޖެހޭ.ފުލުހުންނަކީ މިސަ ރުކާ ރުފަދަ އަނިޔާވެ ރިބައެއް.