ކާފިއު އިއުލާންކޮށްފައި ވަނިކޮށް އއ. އުކުޅަހުގައި ބޯޅަކުޅެން ދިޔަ ބަޔަކު ޖޫރިމަނާކޮށްގެން ދައުލަތަށް 115،000 ރުފިޔާ ހޯދައިފިއެވެ.

އުކުޅަހު ކައުންސިލް ރައީސް ޝައުގަތު އިބްރާހިމް "ވަގުތު" އަށް ވިދާޅުވީ ކާފިއު ވަގުތުގައި ބޯޅަކުޅެންދިޔަ އެެންމެން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެވަގުތު ބޯޅަކުޅެންް ދިޔައީ 23 މީހަކު ކަމަށް އޭނާ ވިދާޅުވިއެެވެ.

މި އެންމެން ގަވައިދާ ހިލާފަށް ބޭރަށް ނިކުމެފައި ވަނީ އިއްޔެެ ހަވީރު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެންމެން ޖޫރިމަނާކޮށްފައި ވަނީ 5000 ރުފިޔާއިންނެވެ. އެ މީހުން ޖޫރިމަނާކޮށްގެން ދައުލަތަށް ވަނީ 115،000 ރުފިޔާ ހޯދާފައެެވެ.

މި މީހުން ޖޫރިމަނާ ކުރުމުން، ރަށުގައި މިއަދު މުޒާހަރާވެސް ކޮށްފައި ވެއެވެ.

އުކުޅަހުން ކަރަންޓީނުގައި ނެތް ބަޔަކު ފައްސިވުމާއި ގުޅިގެން އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެރަށު ހެލްތް ސެންޓަރުން ވަނީ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރެމުންދާ ކަން ހާމަކޮށްފައި ވެއެވެ

މި ހާލަތުގައި ކަމާއި ބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ބޯލަނބައި ހުރިހާ ރައްޔިތުން ވެސް ފަރުދީ ޒިންމާ އަދާ ކުރުމަށް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިހާތަނަށް އެރަށުން 21 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކާއި ހިލާފުވާ ފަރާތަކީ އަމިއްލަ ފަރުދެއް ނަމަ ކަމުގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 5،000 ރުފިޔާއާ 10،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވިގެން ދާނެ ކަމަށެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކަށް ހިލާފުވާ ފަރާތަކީ ގާނޫނީ ޝަހުސެއް ނަމަ ކަމުގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 10،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވިގެން ދާނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޫއުކުޅަސް ބޭފުޅެއް

  ފޮޓޯގައޭނީ މަގޭ މުފީދާ ޅިޔަނާއި ސުނޭނާ ޅިޔަނު..😏

 2. ޖާބެ

  މިއީ ދައުލަތް ލޫޓުވާމީހުންނައް ފައިސާ ހޯދައިދިނުމުގަ ވަގުން އިއްޒަތުގަ ޤާނޫން ވަކިބަޔަކައް ، ގަވައިދު ވަކިބަޔަކައް . މާފިއާ ސްޓޭޓަަަކަށް ވެނިމިއްޖެ. ގިނަ ފައިސާއިން ވައްކަން ކުރާމިހުންނަކި ޢާޒީއިންް

  13
  4
 3. އަމަން

  ތި ފައިސާ ހަލާލު ކުރެވޭނީ ކ ކިހިނެއްބާ..

  12
  4
 4. އަބްދު

  ދެންވެސް ބުނާނީ ދައުލަތުގެ އިހުމާލޭ.. ރައްކާތެރިވާން ބުނާކަމެއް ކޮށްގެން ނުވޭ އަދި ބަލިޖެހިގެންވެސް ނުވޭ

  21
  4
 5. އެބަ އިނގޭ؟

  ހޯދަފިޔޭ؟؟ ދައުލަތަކަށް އަދި އެއް ނުލިބޭނެ.. ތީން އެންމެ ލާރިއެއްވެސް ނުދައްކާނެ! ކޮންމެވެސް ހިސާބަކުން އެ ޖޫރިމަނާ ވެސް މާފުކުރާނެ.. ޖޫރިމާނާ ކުރީމާ މުޒަހާރާ ކުރަންވީ؟ ގައިޑްލައިނާ އެއްގޮތަށް އުޅެލީމާ މިކަމުން އަރަި ގަނެވޭނީ.. ޖޫރިމަނާ އަކީ ހައްލު ނަމަ މި ދުނިޔޭގައި ޓްރެފިކް މައްސަލަ ހައްލުވީސް... ޖޫރިމަނާގެ އިތުރުން ހަރުކަށި ފިޔަވަޅު އެޅިނަމަ މިއަދު މިހާލުގައި އުޅޭކަށް ނުޖެހުނީސް.... ވ.ވާހަކަ

  11
 6. ޅޮލް

  ތިފައިސާ ހޯދައިފިޔޭ ނުކިޔަބަލަ.

  3
  1
 7. ސަޓޯ

  ރަގަޅު