21:00

ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން، ރާއްޖޭގައި ބައްޔަށް ޓެސްޓު ކުރެވޭ މިންވަރު އިތުރު ކުރުމަށް، ހަތަރު ސަރަހައްދުގައި ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި

20:55

ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެއިން ހަ ވަނަ މީހަކު ނިޔާވެއްޖެ

20:12

ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެއިން ފަސް ވަނަ މީހަކު ނިޔާވެއްޖެ

19:59

ރާއްޖޭގައި އުޅޭ ކޮވިޑް-19 ގެ ވައްތަރުތައް ބެލުމަށް ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ އަދިވެސް ނުލިބޭ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެ

19:48

ކޮވިޑް-19 ޖެހިގެން މިއަދު 4 ވަނަ މީހަކު ނިޔާވެއްޖެ

18:38

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާއާއި 17 ވަނަ ފަންގިފިލާގައި އެނދުމަތި ކުރާ ބަލި މީހުންގެ އަތުން ނަގަމުން އަންނަ ކަމަށް ސަރުކާރުން ހާމަކޮށްފި

18:21

ކޮވިޑް-19 ޖެހިވަޑައިގެން، ފަރުވާދެއްވަމުން ދަނިކޮށް ރާއްޖޭގެ ކުރީގެ އޮޑިޓާ ޖެނެރަލް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިސްމާއީލް ފަތުހީ އަވަހާރަވެއްޖެ

17:45

ރާއްޖޭގައި ކޮވިޑް-19ގެ ވޭދަނަތައް އާދަޔާއި ހިލާފަށް އިތުރުވަމުން ދާތީ މާލެ ފުރަބަންދު ކުރަން ސިއްހީ މާހިރުން ރައީސް އަށް ހުށަހެޅުއްވުމުން، ފުރަބަންދު ނުކުރަން ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަން އެނގިއްޖެ

17:44

ކޮވިޑު-19 ގެ ހާލަތު ރާއްޖޭގައި ގޯހުން ގޯހަށް ދާއިރު ވެރިން އެކަމާއި ކަންބޮޑުވެގެން އުޅޭ ތަން ނުފެންނަ ކަމަށް ޕްރޮފެސަރ އުގައިލް ވިދާޅުވެއްޖެ

17:05

ދު ފުރަބަންދުނުކޮށް ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި

16:02

ސޯޝަލް ސެންޓަރުގައި ކޮވިޑަށް ސުންކު ނަގާ ސެންޓަރެއް ގާއިމްކޮށްފި

15:42

ކޮވިޑް-19 ވެކްސިނުގެ ދެވަނަ ޑޯޒް ޖަހާތާ 12 މަސް ފަހުން ބޫސްޓް ޑޯޒް ޖަހަން ޖެހޭނެ ކަމަށް ފައިޒާ ކުންފުނީގެ ސީއީއޯ އަލްބާޓާއި އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީޒްގެ ޑިރެކްޓަރ، އެންތޮނީ ފައުޗީ ވިދާޅުވެއްޖެ

14:06

ކޮވިޑް-19ގެ ގިނަ ވޭދަނަތަކެއް ފެންނަމުންދާ ފ. އަތޮޅު ފީއަލީގައި ކާފިއު އިއުލާނުކޮށް، ފިޔަވަޅުތައް ވަރުގަދަކޮށްފި

13:50

ފ. އަތޮޅު ނިލަންދޫން އިތުރު 33 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

12:16

ކޮވިޑް-19 ފެތުރެމުން ދިއުމުގެެ ސަބަބުން މިހާތަނަށް މޮނިޓަރިން ހާލަތަށް ގެނައި ރަށްރަށުގެ އަދަދު 70 އަށް އަރައިފި.

11:31

ކޮވިޑް-19 ޖެހިގެން އިތުރު އަންހެނަކު ނިޔާވެއްޖެ.

10:36

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން 66 އަހަރުގެ ދިވެއްސަކު މިއަދު ނިޔާވެއްޖެ.

09:55

ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި މީހުން މަރުވާ ނިސްބަތް އިތުރުވެފައިވާ ދަނޑިވަޅުގައި ފެންނަނީ "ނިދާފައި އޮތް ދައުލަތެއް" ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ.

https://twitter.com/VaguthuOnline/status/1396328823587700739?s=20

09:03

ލ.ހިތަދޫން ކަރަންޓީނުގައި ނެތް މީހަކު ކޮވިޑަށް ފައްސިވެއްޖެ.

08:35

ކޮވިޑަށް ފަރުވާއެއް ކަމަށް ބުނެ ދިވެހި ބޭހެއް ވިއްކަން ފަށައިފި.

00:38

"ހުޅުމާލޭ ފެސިލިޓީން އިވެނީ ރުއިމާއި، އާދޭހުގެ އަޑު"

00:17

އެޗްޕީއޭގެ ކާފިއު މުއްދަތު ހަމަވުމުން، ދިއްދޫ ކައުންސިލުން ކާފިއު އިއުލާންކޮށްފި.ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދާއި، ނިޔާވާ މީހުންގެ އަދަދު ވެސް އިތުރު ރާއްޖޭގެ ހާލަތު އަންނަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ.

އިތުރު 1960 މީހުން ރާއްޖެ އިން ކޮވިޑް-19 އަށް މިއަދު ވަނީ ފައްސިވެފައެވެ. މިއަދު ފައްސިވި މީހުންގެ ތެރެއިން 1518 މީހުން ފައްސިވީ މާލެއިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 431 މީހުން އަދި ރިސޯޓްތަކުން އިތުރު 11 މީހަކު މިއަދު ވަނީ ފައްސިވެފައެވެ.

މިއަދަކީ 24 ގަޑިއިރުތެރޭގައި ނެގި ސުންކުތަކުން ކޮވިޑް-19 އަށް ރާއްޖެ އިން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑްއަށް ޓެސްޓް ކޮށްފައި ވަނީ 6333 މީހުންނެވެ. ކޮވިޑަށް ކުރި ޓެސްޓްތަކުގެ އަދަދާއި ފައްސިވި މީހުންގެ އަދަދަށް ބަލާއިރު ފައްސިވި މީހުންގެ ނިސްބަތް މިއަދު ވަނީ އިއްޔެއަށްވުރެ އިތުރު ވެފައެވެ. މިއަދު ކުރި ޓެސްޓްތަކުގެ %30.95 ވަނީ ފައްސިވެފައެވެ. އިއްޔެ ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ ތެރެއިން %25.36 މީހުންނެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ބަލި މީހުންގެ ގޮތުގައި 22421 މީހުން އެބަތިއްބެވެ. މީގެ ތެރެއިން 294 މީހުންނަށް އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އިއްޔެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 286 މީހުންނަށެވެ. އެހެންކަމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެޑްމިޓް ކޮށްފައިވާ މީހުންގެ ޖުމްލަ އަދަދަށް އަށް މީހުން ވަނީ އިތުރު ވެފައެވެ.

ހާލަތު ދުވަހަކަށްވުރެ ދުވަހަކު ގޯސްވަމުން ދާތީ މާލެ ފުރަބަންދު ކުރަން އިއްޔެ އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ނަމަވެސް އެނިންމުން އިއުލާން ކުރުން ލަސްވަމުން ދަނީ ރައީސް ސޯލިހް މާލެ ފުރަބަންދު ކުރުމަށް ދެކޮޅު ހައްދަވާތީ ކަމަށް ވެއެވެ.

ބަލިމަޑުކަމުގެ ހާލަތުގައި ފުރަބަންދު ކުރުމާއި ގުޅޭ ކަންކަން ނިންމުމުގެ ބާރު ގާނޫނުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގެންނެވި ނަމަވެސް ޑިރެކްޓަރ ޖެެނެރަލް އޮފް ޕަބްލިކް ހެލްތުގެ ބާރުތަކަށް ސަރުކާރުންނާއި ރައީސް ސޯލިހް ނުފޫޒު ފޯރުވަމުންދާކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ވިދާޅުވެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުމާ

    މިވަރުންވެސް މައިމޫނާ އިސްތިއުފާ ދޭކަށް ނުވޭތޯއެވެ.ބުނެ އުޅޭ ބަސްނުވިކޭ އޮނޑިޔެއްގެ ދިރުނބާ ކޮޅަށް ނާރާށޭ.ދެން ކީއްވެތޯ މައިމޫނާ އެހުންނަވަނީ؟މީޑިޔާ ކުރިމަތީގަ ކަންކަން ނިންމުމުގެ ބާރުނެތްކަމަށްބުނެ އިސްތިއުފާ ދޭންވީ ނޫންތޯ.ކަމަނާ މިހާރު ރައްދުވަމުންދާ ބަދު ބަސްތައް އެއިރަކުން ރައްދެއްނުވާނެނޫންތޯ.މަގާމުގެ ދަހިވެތިކަމުގަ ބަހެއްބުނެނުލާ ހުންނަވަނީތޯ؟މިހާލަތަށް ރާއްޖެ ވައްޓާލީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން.ކުޑަކާށި ބޮޑުކާށި އުސޫލުން ކަންތައް ނިންމުމުގެ ސަބަބުން.

  2. ރެފްރީ

    އަދަދުތައްމަތީގައި ޚިދުމަތްތައްތިރީގައި . މިގޮތަށްލިޔުނުނަމަ ފުރިހަމަވީ ސް.

  3. ރެފްރީ

    ވަޒީފާއެއްލިބުނީމަ ބަގުޑިބެއްދުމަކީ ދިވެހިންގެއާދައެއް!