މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެމީހާ ހޯދަން އިއުލާން ކުރީ އެ މައްސަލައިގެ ތަހުގީގަށް ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.

މައްސަލާގައި ހޯދަމުން ދަނީ ކ. ކާށިދޫ، އަލުންތިލަ، އުމުރުން 24 އަހްމަދު ސުމާއުއެވެ. ސުމާއު ހާޒިރުވާން ޖެހެނީ މި މަހުގެ 29 ވަނަ ދުވަހުގެ 10:00 އަށް ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށެވެ.

މި މިހާ ތަހުގީގަށް ހާޒިރުވާން އަންގާފައިވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

ކިޔުންތެރިންގެ ހިޔާލު