ނުރައްކާތެރި އިންފެކްޝަނެއް ކަމަށްވާ މިޔުކޯމައިކޮސިސް ނުވަތަ "ކަޅު ފަންގަސް" އަށް ޝައްކު ކުރެވިގެން ޓެސްޓް ހެދި ދިވެހި މީހާއަށް ކަޅު ފަަސްގަން ޖެހިފައި ނުވާކަމަށް ސަރުކާރުން މިރޭ ވިދާޅުވެއްޖެއެވެ.

ކަޅު ފަންގަސް ޖެހިފައި ހުރިކަމަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި މީހާގެ ނަތީޖާ އާއި ގުޅޭ މައުލޫމާތު ސަރުކާރުން ހާމަނުކުރާނީ ނޫސްވެރިން މިރޭ ކަންބޮޑުވުން ފާޅުކުރަން ފެށުމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ނޫސްވެރިންގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ކަޅު ފަންގަސް އަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި މީހާއަށް ކަޅު ފަންގަސް ޖެހިފައި ނެތްކަން ޓެސްޓްގެ ނަތީޖާ އިން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ހަކުރުބަލި، ކެންސަރު، ބޯންމެރޯހަދާފައި، ސުޓެރޮއިޑްފަދަ ބޭހުން ދިފާޢީނިޒާމު ދަށްނަމަ މިބަލިޖެހުމަށް މަގުފަހިވާ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި ޖަރާސީމު ދެނެގަނެވޭނެ ގޮތެއް ރާއްޖޭގައި ނެތެވެ. އަދި މިބައްޔަށް ހާއްސަ ބޭހެއް ވެސް ރާއްޖޭގައި ނެތެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މި ބައްޔަކީ ފުރާނަ އަށް ނުރައްކާވާ ވަރުގެ އިންފެކްޝަނެކެވެ. މި އިންފެކްޝަންގެ އަސަރު ކުރާ މީހުންގެ 54 އިންސައްތަ މީހުން މަރުވާ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.

މިއިންފެކްޝަން އަވައްޓެރި އިންޑިއާގައި އަންނަނީ ހަލުވިކަމާއިއެކު ފެތުރެމުންނެވެ. އިންޑިއާގައި މިއިންފެކްޝަން ފެތުރެން މެދުވެރިވާ އެއް ސަބަބަކީ އިންޑިއާ މީހުން ގެރީގެ ނަޖިސް ހަށިގަނޑުގައި އުނގުޅުން ކަމަށް އިންޑިއާގެ ބައެއް ތަޖުރިބާކާރުންނާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނެފައި ވެއެވެ.

ކަޅު ފަންގަސް އަކީ ވެސް ކޮވިޑް-19 އާއި ދާދި އެއްގޮތަކަށް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރާ ބައްޔެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. Anonymous

  ވަރަށް ބޮޑަށް ތަޙްޤީޤް ކުރައްވާފާ ނޫނީ އެފަދަ ޚަބަރުތަށް ޢާންމު ނުކުރުމަށް ގޮވާލަން. އެހެން ހަދާނަމަ ޢާންމު ރައްޔިތުންނަށް ވަރަށް އޮޅުންއަރާ ކަންބޮޑުވުނަ އިތުރު ވާނެ.

  • ރައްޔިތުމީހުން

   އޭގެ ވާހަކަ ދެއްކީ ޑޮކްޓަރުން..
   ކޮރޯނާގެ ވާހަކަ ވެސް މާކުރިންސުރެ ޑޮކްޓަރުން ދެއްކި.. ސަރުކާރުން ހެދީ ދޮގު އޭރު ވެސް.. ދެން ކިހިނެއް ސަރުކާރުން ބުނާއެއްޗެއް ގަބޫލު ކުރާނީ

 2. އިންޑީއާ ބުލެކު ފަންގަސް

  އިންޑިއާ އެމްބަސީ ދެކެ ބިރުގަތީ ދޯ؟ ކިތަންމެ ނުރުހުނަސް އެއީ އިންޑިއާގެ ބުލެކް ފަންގަސް

 3. ހުސެން

  ދެން ކޮބާތޯ މިހާރު ރާއްޖެގަ މިއުލޭ ވޭރިއަންޓްގެ ނަތީޖާ؟

 4. ޙހހހ

  މަބުރޫކު ކުއްލިއަކަށް ޑރ.އަކަށްވީތޯ

  1
  1
 5. ޒަހޫ

  ކޮންކަމެއްތަ މިގައުމުގައި ވާން ހުރީ. ޕެނަޑޯލް ގުޅައެއްވެސް ނެތް. ސޯލިހު އިސްތިއުފާ

 6. ސްކިޕަރ

  އަލްޙަމްދުލިއްﷲ

  1
  1
 7. ޢލަި

  އެެއީ ހުދުފަންގަސް

 8. ދަރަނި ދަންތުރަ

  ހާދަ ވަރުގަދަ އުސް އިމާރާތެކޭ ރައީސްޔާމީނުގެ ތަރައްގީދޯ ، ސޯލިބޭ މިތަން " ދުންހޮޅި " ވެސް މޯގޭޖުކޮށްފި އެތަން މިލިޔަން ޑޮލަރ ކާލައިފި އިބޫ އިސްތިއުފާ...