އިތުރު 1559 މީހުން ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް އިއުލާން ކުރަމުން އަންނަނީ މީގެ އެތައް ދުވަހެއް ކުރިން ފެށިގެން ނަގާފައިވާ ސުންތަކާއިވެސް އެކުގައެވެ. އެހެންކަމުން މިއަދު ފައްސިވިކަން އިއުލާން ކުރި މީހުންގެ ތެރެއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފައްސިވީ ކިހައި އަދަދެއްގެ މީހުން ކަމެއް ސާފެއް ނުވެއެވެ.

މިރޭ ފައްސިވިކަން އިއުލާން ކުރި މީހުންގެ ތެރެއިން 1135 މީހުން ފައްސިވެފައި ވަނީ މާލެ އިންނެވެ. 401 މީހަކު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން، ރިސޯޓްތަކުން 20 މީހުން އަދި ސަފާރީތަކުން ތިން މީހަކު ވަނީ ފައްސިވެފައެވެ.

މިއަދު 1559 މީހަކު ފައްސިވެފައި ވަނީ 5834 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ. މިއަދަކީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން %26.72 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި 23464 މީހުން އެބަތިއްބެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ 290 މީހުންނަށެވެ. އިއްޔެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔައީ 294 މީހުންނަށެވެ. މިއަދު ކޮވިޑް ޖެހިގެން ހަމީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ މިއަދު 129 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 510 މީހަކު މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލުބާ

    ވަރަށް ދެރަވެއްޖެ. ސަރުކާރުން ރައްޔިތުންނާމެދު އެއްވެސް ވަރަކަށް ނުވިސްނާ. ކުރިން 20 ކޭސް ފެނުނު އިރު ލޮކްޑައުންކޮށްފި. ޢޭރު އިބޫ ވެސް ވަރަށް ވިސްނާކަމަށް ހެދިގެން ޓީވީއަށް އަރާ ރޮއެ. މިހާރު ފިޔަވަޅު އެންމެ ހަރުކަށި ކުރަންވީ ވަގުތު އެއްކަމެއްވެސް ކުރާކަށް ނުކެރުނު.

  2. ވެރޯނާ

    ކޮބާ.. އަޅާފައިވާ ފިޔަވަޅުތައް އެޅި ފަހުން މަހެއް ވަނީ އަދިވެސް ކޭސްތައް ދަނީ މައްޗަށް. ޢޭގެ މާނައަކީ އެޅިފައިވާ ފިޔަވަޅުތައް އެންމެ ރަނގަޅަށް ތަންފީޒުނުވޭއޭ، މޮނިޓަރ ނުކުރެވޭޔޭ، މަސައްކަތެއް ނުކުރެޔޭ، ބަލަ ވަރު ވަރުން ކިޔަވައިން އައިސް މިއުޅެ ސިޔާސީ މީހުންގެ ބަހަށް ސިއްހީ މާހިރުން ވެސް ނުހެއްލޭށޭ. ކަން ކުރަން ނޭނގެންޔާ އެހެން ޤައުމުތަކުގައި މިފަދައިން ދިމާވީމަ ކަން ކުރި ގޮތް ބަލާށޭ.

  3. ޙަދަނު

    މިއަދު 1559 މީހަކު ފައްސިވެފައި ވަނީ 5834 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ. މިއަދަކީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.
    4 ދުވަހޭ ނުލިޔެ ފާއިތުވި 2 ދުވަސްތެރޭގަ އޭ ލިޔެލިނަމަ އަދިމާމޮޅުވީސް. މޮޅުނޫސްވެރިކަމެއް...