23:22

ޗައިނާގެ އެހީއަށް ނޭދި، ސަރުކާރުން އެދުނީ އިންޑިއާ އާއި ބަންގްލަދޭޝްގެ އެހީއަށް.

22:44

އިތުރު 1004 މީހުން ކޮވިޑަށް ފައްސިވެއްޖެ.

22:39

މިނިސްޓަރ ނަސީމް: އެންމެނަށް މިވަނީ ގިނަގުނަ ދަތިތަކެއް ކުރިމަތިވެފައި. މިއީ ހިތްވަރާއި ކެތްތެރިކަން އިސްކޮށް މަސައްކަތް ކުރަންވީ ވަގުތު.

22:35

ރައީސް: ސަރުކާރުން އެންމެ އިސްކަން ދެނީ މިބަލިމަޑުކަމުން އަރައިގަތުމަށް. ސަރުކާރުގެ ހުރިހާ ވަސީލަތެއް މިކަމަށް ބޭނުން ކުރާނަން. މިއަޅާ ފިޔަވަޅުތައް ތަންފީޒު ކުރެވިއްޖެނަމަ މާލަސްތަކެއް ނުވެ އާއްމު ހާލަތަކަށް ރުޖޫއަވެވޭނެ ކަމަށް އުއްމީދު ކުރެވޭ.

22:34

ކޮވިޑް ކޮންޓްރޯލުން ނެއްޓުނީ ސަރުކާރުން ދިން ލުއިތަކުގެ ސަބަބުންކަމަށް ރައީސް އިއުތިރާފުވެއްޖެ.

22:28

ރައީސް: ކޮވިޑް ފެތުރުން އިތުރުވި ސަބަބުތަކުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ހުރެދާނެ. އޭގެތެރޭގައި އޭޕްރީލް މަހުގެ ކުރީކޮޅު ދިން ލުއިތައް ހިމެނޭ. އަދި މިނޫނަސް އިތުރު ބައެއް ކަންކަން މިކަންކަމާއި ގުޅުން ހުރެދާނެ.

22:27

ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި. ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ އިތުރުން ހެލްތު މިނިސްޓަރ ނަސީމް އާއި ޑރ.ނަޒްލާ މުސްތަފާ ބައިވެރިވެ ވަޑައިގަންނަވާ.

22:18

22:00 ގައި ފަށަން ތާވަލް ކޮށްފައި އޮތް ރައީސް ސޯލިހްގެ ނޫސްވެރިންގެ ބައްދަލުވުން އަދިވެސް ނުފަށާ.

20:42

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާދަމާ އިން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާއިރު، ވެކްސިން ޖަހަން ބޭނުންވާ ފަރާތްތައް އެ ފުރުސަތު އޮންނާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެ

20:24

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން އެކުލަވާލި ތަހުގީގު ޓީމްގައި ހިމެނޭ ގިނަ ފުލުހުންތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެ

19:19

ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ މޮޑާނާ ވެކްސިންގެ ފަހުގެ ތަހުލީލުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭ މިންވަރު އިތުރު ވެފައިވާ ކަމަށް އެކުންފުނިން ބުނެފި

18:09

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކާއި ގުޅިގެން، މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)އިން މާލެ ސަރަހައްދުގައި ދެމުންގެންދާ ބަހުގެ ހިދުމަތް މެދުކަނޑާލަން ނިންމައިފި

18:08

އައްސުލްތާން ހަސަން ނޫރައްދީންގެ ދަރިކަލުން މުހައްމަދު ނޫރައްދީން އަވަހާރަވީ ކޮވިޑް19 އަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ކަން އެނގިއްޖެ.

16:41

މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19، ކެންސަރު ބަލި ގޮތަކަށް ބަލިމީހުން އެނދުމަތި ކުރަމުން އަންނަ ވޯޑުތައް ނަގަމުންދާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ފައިސަލް ނަސީމް ވިދާޅުވެއްޖެ

13:13

ކޮވިޑް-19 އާ ގުޅިގެން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ނިންމައިފި.

09:46

މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގެ ކުލި ކުޑަކޮށްފި.

09:41

މޮނިޓަރިންއަށްލާ ހުރިހާ ރަށެއްގައި ކާފިއު ހިންގަން ނިންމައިފި.

09:04

އިންކަމް ސަޕޯޓު އެލަވެންސް ލިބުނު އެތައް ބައެއްގެ ޒާތީ މައުލޫމާތު ފައްޔާޒު ހާމަކުރައްވައިފި.ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ގިނަވެ ހޮސްޕިޓަލްތަކުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވަނަމަ ގިނަ ބަޔަކަށް ފަރުވާ ނުދެވި ނިޔާވާ މަންޒަރު ފެނިގެން ހިނގައިދާނެ ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވަމުން ގެންދެވި ހަނދާން ހުންނާނެއެވެ. މިއަދު މިއޮތީ އެވަގުތު އަޅުގަނޑުމެންނާއި ބައްދަލުކޮށްފައެވެ.

ފަރުވާ ނުދެވިގެން ބަޔަކު ނިޔާވަމުންދާކަން ސަރުކާރުން އިއުލާން ނުކުރި ނަމަވެސް ފެންނަ މަންޒަރުތަކާއި ލިބޭ މައުލޫމާތައް ބަލާއިރު ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އެންމެ އެކަށީގެންވާ ގޮތެއްގައި ބަލި މީހުންނަށް ފަރުވާ ދެވެމުންނެއް ނުދެއެވެ. މިއަދު ކޮވިޑްގައި 13 މީހުން ނިޔާވިއިރު އޭގެ ތެރެއިން ދިހަ މީހުން ނިޔާވެފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އަންނަ ބުދަ ދުވަހުން ފެށިގެން މާލެ ފުރަބަންދު ކުރަން ވަނީ ނިންމާފައެވެ. ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި މާލެ ފުރަބަންދެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި ފުރަބަންދަށް ސަރުކާރުން މިފަހަރު ދީފައިވާ ނަމަކީ ކާފިއުއެވެ. ބުދަ ދުވަހުން ފެށިގެން ހުއްދަ ނެތި މަގުމައްޗަށް ނިިކުތުން މަނާ ވާނެއެވެ.

މިހާރު ވެސް ހަވީރު 16:00 އިން ފަތިހު 04:00 އަށް ކާފިއު އިއުލާންކޮށްފައި އޮތްނަމަވެސް އަދިވެސް ކާފިއުއާއި ހިލާފުވާ މީހުންނަށް އެކަށީގެންވާ ފިޔަވަޅެއް އަޅަމުންނެއް ނުދެއެވެ. ނަތީޖާއަކަށް ވެފައި ވަނީ މިހާރު ވެސް ގިނަ ބަޔަކު އެކި ތަންތަނަށް ޖަމާވަމުން ދިއުމެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޚަްިލް

  ލޮކްޑައުން ކު ރިއަސް ހައި ރިސްކް މުވައްޒަ ފުން ވަޒީފާ ޔަށް ނެރެރެހރެރރެރނީ ކީއްވެތޯ؟ އެހެން ތާކަށް ނޫން މިދަނީ ، އެޗްއީއޯސީ އަށް މިނިސްޓް ރީ އިން އަންގައިގެން މިދަނީ.... މީދެން ކިހާ ބޭއިންސާ ފް ކަމެއް!!!! ހަައި ރިސްކް މުވައްޒަފުން އެޗްއީއޯސީއިން ފ ފީލްޑަށް މިހާލަތުގަ ފޮނުވުން މީ ކުރަން ހެޔޮވާވަ ރުގެ ކަމެއް ނޫން..... ނިކަމެތި މީހާޔަށް ނިކަމެތި ގޮތް، ކީއްކުރާނީ ވަޒީ ފ ފާ ގަ އުޅެން ބޭނުމިއްްޔާ އެޗްއީއޯސީ އަށް ދާން މިޖެހެނީ.... އެޗްއީއޯސީގަ ގައިދުރުކަމެއް ނެތް، މިނިސްޓްރީގަ މަސެއްކަތް ކުރާރާ ރަށް ވުރެ މާ ކައިރީގަ މާގާތް ގާތުގަ މަސެއްކަތް ކު ރަން މިޖެހެނީ .... އަދި ނުވީތަކަށް އެކުގަ މަސެއްކަތް ކު ބޭފުޅުންތަށް ތިއްބަވާނެ އައިސް އެހާ ކައިރީގަ... ހާދަ ބި ރެއްގަނެޔޭ!!!! ހައްލެއް ބޭނުން....

  10
  1
 2. ޖާބެ

  ކޮބާހޭ ވެންޓިލޭޓަރުތައް ވަގުންތަކާ؟؟

  19
 3. ރައްޔިތުން

  ވެކްސިނެއް ނެތް ‏😭ވެންޓިލޭޓަރެއް ނެތް ‏😭ފަރުވާދޭނެ އެނދެއް ނެތް 😭‏އައިސީޔޫގައި ޖާގައެއް ނެތް ‏😭ޓެސްޓު ކުރެވޭނެ ގޮތެއް ނެތް‏😭ސިއްހީހިދުމަތްތެރިންނެެއްނެތް‏😭އިހުމާލުގައި ޒިންމާވާނެ ވެރިއެއް ނެތް😭
  ‏ރައްޔިތުން ގޭބަންދުވެ ހަދާނެ ގޮތެއް ނެތް😭
  ސަރުކާރު އޮތީ ފޭލް ވެފަ. ވެރިމީހާ އޮތީ ފިލާ. ހިތް މިނިސްޓަރު ގެއްލިޖެ. ގައުމުގެ ހާލަތާއި މީ

  27
 4. މާމިގިލީ މީހާ

  ކޮބާ 2ވަނަ އިންޑިޔާއަށް ވީ. އަހަރެއް މިހާލަތު އައުމުގެ ކުރިން ވަގުތު ނުހައް، ކޮމަންޓް ކުރިން. ރާއްޖެއިން މަތި މައްޗަށް މީހުން މަރުވާނެ ކަމައް. ދެން އަދި ދުވާލަކު މީހުން މިބަލީ މަރުވާލެއް މާ ގިނަ ވާނެ.15 އިން މަތިން މަރުވާނެ. ފުރަތަމަ ކޮވިޑް ބައްޔޭ ގޮވާލި އިރަށް، ސަރުކާރުން އުޅުނީ ސަރުކާރުގެ ބޮޑެތި މީހުންގެ އަނބޮޑިޔަށް ގިނަކުރާން. ދެން ސިއްހީ ދާއިރާގެ މީހުންގެ ފުށުންވެސް ފެނުނީ އެ މަންޒަރު. އެޗްޕީއޭ ހަދައިގެ، އަނބޮޑިޔައް. ގިނަކުރުން. މިބަލި ކޮންޓްރޯލް ކުރާކަށް ނޫން ބެލީ.

  17
  4
  • ކޮވިޑް

   ކަލޯ މީ އަޑު އިވޭ ލޮލަށް ފެންނަ ވެރިއަކު ހުރި ސަރުކާރެއތޯނު ސުވާލުކުރަންވީ؟ނޫނީ އަޑޫއިވި ލޮލަށް މަންޒަރު ފެނި ނީވޭ ނުފެނޭ ކަމަށް ހަދައިގެން ތިބީތޯނު ސުވާލު ކުރަންވީ؟ އިންޑިއާ އިން މީހުން ގެނެސް ވަޒީފާ ދިނުންތޯ ދިވެހި ރައްޔަތުން ގެ ފުރާނަތޯ ނު އަހަން ވީ ރައީސް މީހާ ކައިރީ؟ ޑޮލަރުތޯ ދިވެހި ރައްޔަތުން ފުރާނަ ތޯ ނޫންތަ އަހަން ވީ ރައީސް މީހާ ކައިރީ؟

 5. ފަރުދީ ޒިންމާ

  ބޮޑުމުސާރަ ދީފަ ގޭގަ އޮންލަިންކޮށް މަސައްކަތް ކުރަން ބައިތިއްބާފަ ތިބި ސިވިލްސާވަންޓުން ނާއި ގޭގަ މުސާރަ އާއެކު ތިބި ނަރުހުން ނެރެން މިވަގުތު މުހިންމު. ސިއްހީ ދާއިރާގަ ގުރުބާން ވާ ފަރާތް ތަކަކީވެވެސް އިންސާނުން އެމީހުން އެވާ ގުރުބާނީ އާ އެކުރާ ޖިހާދުގަ އެމީހުނަށް ބަރަކާތް ލައްވާށި..

  11
 6. ރިިޓަޔާޑް ޔާމީން

  ބޭކާރު ވާހަކަ ނުދައްކާދެއް. މިވަރު މިވީ ސަރުކާރުން އަމަލުކުރި ގޮތުން. މިހާރު ދެން ކިތައްމެ ބޭނުންވިޔަސް މާލެއެއް ނުބެެލެހެއްޓޭނެ. ސިފައިންނާއި ފުލުހުންގެ ތެރެއިންވެސް އެތައް ބަޔަކަށް ކޮވިޑްޖެހިފަ. ކާކު ނިކުންނަނީ މަގުތައް ބަލަހައްޓަށް. ދެއްވެސް ސިފައިންނާއި މިކަށް ހަވާލު ކޮށްފަ މަބްރޫކުމެއްދޭ ގެޔަން ނިދަން. ވަރަށް ވެދުން

  4
  1
 7. އިންޑިއާ އައުޓް

  ސަރުކާރުން ބުނަމުންދިޔައީ އެންމެ ނުރައްކާ ހާލަތައްވެސް ތައްޔާރޭ އެންމެ ފަހުން ބުނަމުންފަނީ ރައްޔިތުން ފަރުދީ ޒިންމާ އަދާ ނުކުރަނީޔޯ ރައްޔިތުން ހަތަރު އުދަރެސް ފެނުޖެހިފަ ސަރުކާރު އެކިތަންތަނުން އެހީ ހޯދުމުގަ ލިބޭ އެހިއަކަށް ވާނުވާއެއް ރައްޔިތުންނަކަށް ނޭނގޭ ﷲ އަކްބަރު

 8. މާކުން

  ބޮޑުމުސާރަ ނަގައިގެން ގޭގަތިބި ނަރުހުންނާ ޑޮކްޓަރުން މަސައްކަތައްނެރެންވީ.ގޭގަ ބައިތިއްބައިގެން މުސާރަދޭނެކަމެއްނެތް.ހައިއްކަ އަށެއްކަމީހުންލައިގެން މިކަމެއްނުކުރެވޭނެ.އެއީވެސް އިންސާނުން.އެމީހުންނަށްވެސް ރެސްޓް ދޭންވާނެ.ފުރަންޓްލައިން އެލަންވަންސޭ ކިޔައިގެން އެއިންވެސް ވައްކަންކުރީ.ވެންޓިލޭޓަރ އިންވައްކަން.ކޮވިޑް ފެސިލިޓީއިން ވައްކަން.ޔާމީން ސަރުކާރޭ ކިޔައިގެން އަނގަ ހުޅުވަން ކައިރިވެސް ނުވޭ.މިސަރުކާރުގަ އަލިފުން ޔާޔަށް ފެއިލް ވެފަ.މިގައުމު ދެކުނު އެންމެ ކަރަޕްޓް ސަރުކާރު.