ކޮވިޑް-19 ޖެހިގެން މިއަދު ތިން ވަަނަ މީހަކު ނިޔާވެއްޖެ އެވެ.

ކޮވިޑް ޖެހިގެން މިއަދު ފުރަތަމަ މީހަކު ނިޔާވެފައި ވަނީ އައްޑޫންނެވެ. އޭގެ ފަހުން މިއަދު މެންދުރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ވަނީ ނިޔާވެފައެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުގައި، މިއަދު ކޮވިޑް ބަލީގައި ނިޔާވި ތިން ވަނަ މީހާއަކީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެޗްޕީއޭ އިން ވިދާޅުވީ، އެ މީހާ ނިޔާވެފައި ވަނީ މިރޭ 7:22 ގައި ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 147 އަށް އަރާފައެވެ.

އޭގެ ތެރެއިން 99 މީހުން ނިޔާވެފައި ވަނީ މި އަހަރުއެވެ. މީގެ ތެރޭގައި ހިމެނެނީ 131 ދިވެހިންނާ 16 ބިދޭސީންނެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިއަދުން ފެށިގެން މާލެ ވަނީ ފުރަބަންދު ކޮށްފައެވެ. ހުއްދަ ނެތި މިހާރު މަގުމަތީގައި އެއްވެސް ގަޑިއަކު އުޅުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު