އައްޑޫސިޓީން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫން ފައްސިވެފައިވާ ހަތަރު މީހުންނަކީ ހިތަދޫއިން ފައްސިވެފައިވާ މީހުން ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ ބުނެފައެވެ.

އެސެންޓަރުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިތުރު ހަތަރު މީހަކު ފައްސި ޖުމްލަ އެރަށުން ފައްސިވި މީހުންގެ އަދަދު ވަނީ 274 އަށް އަރާފައެވެ. އެ ސިޓީގައި މިވަގުތު އެކްޓިވް ވޭދަނައިގެ ގޮތުގައި ތިބީ 179 މީހެކެވެ.

މިވަގުތު ހިތަދޫގައި 123 ވޭދަނަ އުޅޭއިރު، މަރަދޫގައި 11، މަރަދޫ ފޭދޫގައި އެކެއް، ފޭދޫއިން 9، މީދޫއިން 8، ހުޅުދޫއިން 24 އަދި ކައިރި ރިސޯޓުތަކުން 3 ވޭދަނަ ހިމެނެއެވެ.

އައްޑޫއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 93 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި އެ ސިޓީން ދެ މީހަކު ވަނީ ނިޔާވެފައެވެ. އެއީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ ދެ ދިވެހިންނެވެ.

އައްޑޫސިޓީގައި ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުން އަންނާތީ އެޗްޕީއޭއިން ވަނީ ހަވީރު 16:00 އިން ފެށިގެން ފަތިހު 4:00 އަށް އެސިޓީގައި ކާފިއު އިއުލާނުކޮށް، ބައެއް ފިޔަވަޅުތައް އަޅާފައެވެ.

އެސިޓިގައި މީގެ ކުރިން ކާފިއު ހިންގާފައިވަނީ ހަވީރު 18:00 އިން ފެށިގެން ފަތިހު 4:00 އަށެވެ.