ފަތުރުވެެރިކަމުގެެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ 65 އިންސައްތަ މުވައްޒަފުން މިހާތަނަށް ކޮވިޑް-19 ވެކްްސިން ފުރިހަމަކޮށްފައިވާކަމަށް ޓޫރިޒަމް މިނިިސްޓްރީން ހާމަކޮށްފިއެެވެ.

އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްްގައި ވިދާޅުވެފައި ވަނީ ފަތުރުވެރިކަމުުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ 95 އިންސައްތަ މުވައްޒަފުން މިހާތަނަށް ކޮވިޑް-19 ވެކްސިނުގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާކަމަށެވެެ. އަދި މިހާތަނަށް 65 އިންސައްތަ މުވައްޒަފުން ދެވަނަ ޑޯޒް ވެސް ޖަހައި ވެެކްސިން ފުރިހަމަކޮށްފައިވާކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިއާއެކު ރާއްޖެ ވަނީ ފަތުރުވެެރިންނަށް ރައްކާތެރި މަންޒިލަކަށް ވެފައި ކަމަށާއި ވެެކްސިން ޖަހަން ފެށުމުގެެ ކުރިންވެސް ދުނިޔޭގެެ ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން ދެމުން އަންނަ "ސޭފްޓީ ސްޓޭމްޕު" ރާއްޖެއަށް ލިބިފައިވާކަމަށް އެމިނިިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެ އަކީ އެހެން ފަތުރުވެރިކަމުގެެ މަންޒިލްތަކާ ހިލާފަށް ވަކި ރަށްތަކެއްގެެ މައްޗަށް ބެހިގެންވާ ގައުމެއް ކަމުން ރާއްޖެެ ހިމެނެނީ މި ބަލިމަޑުކަމުގެ ތެރެއިންވެސް ރައްކާތެރި ގައުމުތަކުުގެ ތެެރޭގައެވެެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެެ ތެރެއިން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އެތަންތަނުން ބޭރުވުމުގެެ ހުއްދައެއް އަދި ދީފައެއް ނުވެއެވެެ.

މުޅި ރާއްޖެއިން މިހާތަނަށް 309،022 މީހަކު ވަނީ ވެކްސިން ފުރަތަމަ ޑޯޒް ޖަހާފައެެވެ. ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަކޮށްފައި ވަނީ 164،013 މީހުންނެވެެ.

ރާއްޖޭގެ ގިނަ ބަޔަކު ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައި ވީނަމަވެސް އެންމެ ގިނައިން ބައްޔަށް ހުށަހެޅޭ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު އަދިވެސް ވެކްސިން ނުޖަހައެވެ. އެހެންކަމުން އެފަރާތްތަކުން އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް ސަރުކާރުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު